އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަރުވި ޒުވާނަކު ވަޅުލިތާ 3 ގަޑިއިރު ފަހުން ކޮނެ ބެލިއިރު ސިފަ ބަދަލުވެ ކަށިތައް މުގުރިފަ

މަރުވި ޒުވާނަކު ވަޅުލިތާ 3 ގަޑިއިރު ފަހުން ކޮނެ ބެލިއިރު ސިފަ ބަދަލުވެ ކަށިތައް މުގުރިފަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 35 ސިކުންތު

އޮމާންގެ ހޮސްޕިޓަލުގައި މަރުވި 18 އަހަރުގެ ޒުވާނަކު ވަޅުލިތާ 3 ގަޑިއިރު ފަހުން މަހާނަ ކޮނުނެވެ. އެއީ އޭނާ މަރުވި ސަބަބު ކަމަށް ޑޮކްޓަރުން ބުނި ބަލި ޒުވާނާގެ ބައްޕަ ޤަބޫލުނުކުރުމުން ޕޯސްޓްމޯޓޮމް ހެދުމަށެވެ.

ފެނުނީ އެންމެން ހައިރާން ކުރުވި މަންޒަރެކެވެ. 3 ގަޑިއިރުގެ ތެރޭގައި ޒުވާނާގެ ކުލަ ވަނީ އަޅިކުލައަށް ބަދަލުވެފައެވެ. ޒުވާނާ ފެންނަނީ މުސްކުޅިއެއްގެ ގޮތުގައެވެ. ގައިގެ ކަށިތައް ވަނީ އެތައް މިތަނުން ބިނދިފައެވެ. މާކަށިތައް ވަނީ ބިނދި ހިމުން ވެފައެވެ.

ހުޅުވިފައިވާ ލޮލުން ފެންނަނީ ސަލާމަތްކަމެއް ނެތް މާޔޫސް ކަމެވެ. ހަށިގަނޑުގެ އެތައް މިތަނުން އައިސްފައިހުރިލޭ ފެންނަނީ ބައަކު އެއްވެސް ރަޙުމެއް ނެތި އަނިޔާކޮށްފައިވާ މީހެއްގެ ހަށިގަނޑުން ފެންނާނެ ގޮތުގައެވެ.

އެކަންކަން ފެނުމުން ބިރުން ހަށިގަނޑު ނަގާކަށް ނުކެރުނެވެ. އަލުން ފަސްއަޅައި ފޮރުވައިލީއެވެ. ޢާއިލާއިން ބުނި ގޮތުގައި އެ ޒުވާނާއަކީ މުސްލިމެއް ނަމަވެސް ނަމާދުކުރި ޒުވާނެއް ނޫނެވެ. ހިތަށް އެރިހައި ކަމެއް ކުރަމުން ހަޔާތް ހޭދަކުރި ޒުވާނެކެވެ.

މަހާނަކޮނެ ހަށިގަނޑު ނަގައި ޕޯސްޓްމޯޓޮމް ހެދުމަކީ އާންމު ކަމެކެވެ. ކޮންމެ ހަށިގަނޑަކުން އެއްވެސް ޢަލާމާތެއް ނުފެނި ވަޅުލި ގޮތަށް އޮތުމަކީ ވެސް މާތް ﷲ ގެ ކުޅަދުންވަންތަ ކަމެވެ. މިފަދަ ކަންކަން މާތް ﷲ މީސްތަކުންގެ ލޯތަކަށް ދައްކަވަނީ ވަރަށް މަދު ފަހަރަކުއެވެ. ދިރިތިބި މީހުންނަށް ޢިބްރަތަކަށެވެ.

މަރުވުމަށްފަހު އަޒާބު ހައްޤު މީހުންނަށް އަޒާބު ލިބެމުންދަނީ އެމިހާގެ ހަށިގަނޑަކަށް ނޫނެވެ. ހަށިގަނޑުގެ މަސްތައް ކުނިވެ ދާދި އަވަހަށް ވީރާނާވެގެންދެއެވެ. ފަނާވެގެންދެއެވެ. ނަމަވެސް ޤިޔާމަތް ދުވަހާއި ހަމައަށް ގަދަފަދަ އަޒާބު ދެމިހުރެއެވެ. އެކަމުން އަންގައިދެނީ އަޒާބު ލިބެނީ ހަށިގަނޑަށް ނޫން ކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް