އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ ފުރަތަމަ ޕްރިޔާންކާގެ ފޭނެއް، މިހާރު ރައްޓެއްސެއް؟؟ ސުނީތާއަށް ސާބަސް ދޭވަރުވޭ!

އެންމެ ފުރަތަމަ ޕްރިޔާންކާގެ ފޭނެއް، މިހާރު ރައްޓެއްސެއް؟؟ ސުނީތާއަށް ސާބަސް ދޭވަރުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 59 ސިކުންތު

ބޮލީވުޑް އާއި ހޮލީވުޑް ގައި ވެސް ފިޔަޖަހަމުން އަންނަ މަޝްހޫރު ފިލްމީތަރި ޕްރިޔާންކާ ޗޯޕްރާގެ އެންމެ ބޮޑު ފޭނަކީ ކާކުތޯ ސުވާލު ކޮށްފިނަމަ، އެންމެންގެ ދޫތަކަށް ވެސް ހަމަޔަގީނުން ވެސް އަންނާނެ ނަމަކީ ސުނީތާ އަލީ އެވެ.

ޕްރިޔާންކާ ހެދުން އަޅާ ގޮތަށް ހެދުން އަޅަން ފެށުމުން، އެންމެ ފުރަތަމަ ބެލުންތެރިންގެ ސަމާލުކަމާއި، ގިނަ އަދަދަކަށް ފާޑު ކިޔުން އަމާޒުވި ސުނީތާ، އޭނާގެ "އައިޑޮލް" ޕްރިޔާންކާއަށްޓަކައި ވަނީ ގިނަ އަދަދެއްގެ ޓްރިބިއުޓްތަކެއް ވެސް ދީފައެވެ.

ޕްރިޔާންކާ އަށް މާބޮޑަށް ސަޕޯޓްކޮށް، "ޓީމް ޕްރިޔާންކާ" ގެ ނަމުން އޭނާގެ ފުޓްސަލް ޓީމަށް ވެސް ނަން ދިނުންވީ ބެލުންތެރިންގެ އިތުރުން ޚުދު ބައެއް ދިވެހި ފިލްމީ ތަރިން ވެސް ސުނީތާއާއި ދިމާލަށް ފާޑުކީ ކަމަކަށެވެ. އެކަން ހާމަވި އޯޑިއޯ ރިކޯޑިންގ ތަކެއްވެސް މީގެ ދެތިން އަހަރު ކުރިން ވަނީ އާންމުވެފައެވެ.

ނަމަވެސް ފާޑުކީ އެންމެންގެ އަނގަތައް ސުނީތާ ބައްދާލީ، އިންޑިއާއަށް ގޮސް ޕްރިޔާންކާ އާއި ބައްދަލު ކޮށްފައެވެ. އޭގެ ފަހުން 2015 ވަނަ އަހަރުގެ އާއަހަރު ފެށުމުގެ ރަސްމިއްޔާތައް ޕްރިޔާންކާ މާލެ އައުމުން ވެސް ސުނީތާއާއި ވަނީ ބައްދަލުކޮށްފައެވެ.

މިދެފަންނާނުންގެ ބައްދަލުވުން މިހިސާބުން ނިމުނީކީ ނޫނެވެ. ޕްރިޔާންކާގެ ޚާއްސަ ދައުވަތަކަށް މިހާރު ސުނީތާވަނީ ނިއު ދިއްލީއަށް ގޮސް، އޭނާގެ އެންމެ މަޤްބޫލު ތަރިއާއި ތިންވަނަ ފަހަރަށް ވެސް ބައްދަލު ކޮށްފައެވެ.

އެކަން ހާމަ ކޮށްދެމުން ފޭސްބުކްގައި އެދެމީހުން އެއްކޮށް ނަގާފައި އިން ފޮޓޯއެއް ސުނީތާ އާންމުކޮށްފައިވެއެވެ. އެފޮޓޯގެ ކެޕްޝަނަކަށް ލިޔެފައިވަނީ "އާޕް ފޭން ސޭ ދޯސްތު ބަންގައީ، ކިޔާ ކަހޫން، ކޮއި މާނޭ ނާމާނޭ ޕްރިޔާންކާ ޗޯޕްރާ ޔޫ އާރ ދަ ބެސްޓް އިން ދަ ވޯލްޑް" ހިންދީބަހުން ސުނީތާ ލިޔެފައި އެވަނީ، "ފޭނަކުން މިހާރު ރައްޓެހިންނަސް ވީއެވެ. އަހަރެން ދެން އިތުރަށް ބުނާނީ ކީކޭ ހެއްޔެވެ؟ މީހަކު ޤަބޫލު ކުރިޔަސް ނުކުރިޔަސް ޕްރިޔާންކާ ޗޯޕްރާ ތިއީ މުޅި ދުނިޔެއިން ވެސް އެންމެ މޮޅު މީހާއެވެ."

ސުނީތާ އުޅޭ ގޮތާއިމެދު ގިނަ ދިވެހިން އޭނާއަށް ފާޑު ކިޔާ އޭނާއަކީ މޮޔައެއް ކަމުގައި ބުނި ކަމުގައި ވިޔަސް، އޭނާގެ "އައިޑޮލް" ޕްރިޔާންކާ ބުނަނީ ސުނީތާއަކީ އޭނާގެ އެންމެ ބޮޑު ފޭން ކަމަށާއި އެއީ "ރޮކްސްޓާރ" އެއް ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ