އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ތިބާ ނުކުރާ ފާފަތައް ތިބާގެ ފަތުގައި ލިޔެވޭކަން އެނގޭތަ؟

ތިބާ ނުކުރާ ފާފަތައް ތިބާގެ ފަތުގައި ލިޔެވޭކަން އެނގޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 1 ސިކުންތު

ތިބާ ނުކުރާ ފާފަތައް ތިބާގެ ފަތުގައި ލިޔެވޭކަން އެނގޭހެއްޔެވެ؟ އެފާފަތަކުގެ ބުރަ އުފުލަން ތިބާއަށް ޖެހޭނެކަން އެނގޭ ހެއްޔެވެ؟ ޤިޔާމަތް ދުވަހު ތިބާގެ ފަތް ހިސާބު ބެއްލެވުމަށް ހުށަހެޅޭ ވަގުތުގައެވެ.

މީސްތަކުން ޤިޔާމަތް ދުވަހު ދެރަވެ ނިކަމެތިވެ ހިތާމަ ކުރާނެ 6 ކަމެއްވެއެވެ.

ފުރަތަމަ ކަމަކީ ބަޤަރާ ސޫރަތް ނުކިޔެވުނު ކަމެވެ. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރައްވަވާފައިވަނީ ބަޤަރާ ސޫރަތަކީ ބަރަކާތެއް ކަމަށެވެ. ހަމައެއާއިއެކު ބަޤަރާ ސޫރަތް ކިޔަވާ މީހެއްގެ މައްޗަށް ސިހުރުހާހޫރައަށް ގަދައެއް ނުވެވޭނެއެވެ.

ދެވަނައަށް މިހާ ނިކަމެތިވެ ހިތާމަކުރަންޖެހޭނީ އެއްވުންތަކުގައި މާތް ﷲ ގެ މަތިން ހަނދާން ނުކުރެވުނު ނަމައެވެ. އެއީ ޢާއިލީ އެއްވުމެއް ނަމަވެސް ރަޙްމަތްތެރިކަމުގެ އެއްވުމެއް ނަމަވެސް އަދި އޮންލައިންކޮށް ބާއްވާ އެއްވުމެއްގައި ނަމަވެސް މެއެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ ހަދީޘްފުޅުން އެނގޭ ގޮތުގައި އެއްވެސް އެއްވުމެއްގައި މާތް ﷲ ގެ މަތިން ހަނދުމަ ނުކުރާނަމަ އެމީހުން އެތިބީ މަރުވެފައިވާ ހިމާރެއްގެ ވަށާލައިގެން ފަދައެވެ. އަދި އެކަމުގެ ސަބަބުން ޤިޔާމަތް ދުވަހު ހިތާމަކުރަންޖެހޭނެއެވެ.

ތިންވަނައަށް ހިތާމަކުރަންޖެހޭނެ ބައަކީ އެމީހުންނަށް ޙައްޤު ނޫން މަޤާމުތައް ހޯދަން މަސައްކަތްކުރާމީހުންނެވެ. އެހެން މީހުންގެ ތައުރީފަށް އެދިގެން އުޅޭ މީހުންނެވެ.

ހަތަރުވަނަ ބައަކީ ދެއްކުންތެރިކަމާއެކު އަޅުކަންކުރާ މީހުންނެވެ. އެބައި މީހުންގެ އެއްވެސް އަމަލެއް މާތްﷲ ޤަބޫލުފުޅެއް ނުކުރައްވަވާނެއެވެ. ބުރަ އުފުލައިގެން ކުރި އެއްވެސް އަމަލެއްގެ އެއްވެސް ފައިދާއެއް ނުކުރާނެއެވެ.

ފަސްވަނައީ ތިބާ ކުރި ހެޔޮ އަމަލުތައް އެހެން މީހުންނަށް ދޭން މަޖުބޫރުވުމެވެ. ހަމައެއާއިއެކު އެފަދަ ބައެއް މީހުންނަކީ އެމީހަކު ނުކުރާ ކަންކަމުގެ ފާފަތައްވެސް އުފުލަންޖެހޭނެ ބައެކެވެ. ވިސްނައިލަ ބަލާށެވެ. ތިބާ ކުރި ފާފައެއްވެސް ނޫނެވެ. ފާފަކުރީ އެހެން މީހެކެވެ. ނަމަވެސް އެމީހާ ކުރި ފާފައިގެ އަޒާބު އުފުލަން ތިބާއަށް އެބަޖެހެއެވެ. އެހެން މީހުންގެ ހައްޤުތަކަށް އަރައިގެންފައިވާތީ ބަދަލެއްގެ ގޮތުންނެވެ.

ވިސްނައިލާށެވެ. 3000 ނަމާދުކޮށްފައި އެއިގެ ސަވާބު ދޫކޮށްލަން އެބަޖެހެއެވެ. 2000 ޞަލަވާތްފުޅު އެބަ ދޫކޮށްލަން ޖެހެއެވެ. 10 އަހަރު ހިފި ރޯދައާއި ކުރިހައި އަޅުކަމެއް ދޫކޮށްލަން އެބަޖެހެއެވެ. ޙައްޤު ނޫން ގޮތުގައި އެހެން މީހުންނަށް ކުރެވިފައިވާ ކަންކަމުގެ ސަބަބުންނެވެ.
ތިބާގެ ފަތް ތިބާއަށް ލިބޭއިރު އެހެން މީހުން ކުރި ފާފަތައް އެފަތުގައި އެބަ ހިމެނެއެވެ. ތިބާއަށް މީސްތަކުންގެ ޙައްޤުތަކަށް އަރައިގަނެވިފައިވާތީއެވެ.

މިއީ ތިބާއަށް އެންމެ ބޮޑު ހިތްދަތިކަމެއް ލިބޭނެ ވަގުތެވެ. މީހުންގެ ހައްގުތައް ނުދީ ހިފަހައްޓާ މީހުން މިކަންކަމަށް ސަމާލުވާށެވެ. މީސްތަކުން ލައްވައި މަސައްކަތްކުރުވާފައި އަގު އަދާނުކުރާ މީހުން ވެސް ވިސްނައިލާށެވެ. އަގު އަދާކުރަންޖެހޭނެ ދުވަސް އޮތީ ކުރިއަށެވެ.

ހަވަނައަށް އެންމެ ހިތާމަކުރަންޖެހޭނެ ބައަކީ ދުނިޔޭގައި ހޭދަކުރި ދުވަސްތައް ބޭކަރު ގޮތުގައި ހޭދަކުރި މީހުންނެވެ. އާޚިރަތް ދުވަހަށްޓަކައި ތައްޔާރު ނުވި މީހުންނެވެ. ކޮންމެ ހުކުރު ދުވަހެއްގެ ޚުޠުބާތައް ތިބާއަށް މިކަންކަމުގެ އިންޒާރުތައް ދެއެވެ. އެނޫން ގޮތް ގޮތުންވެސް ތިބާއަށް ދަނީ ނަޞީޙަތްތެރިވެވެމުންނެވެ. ނަމަވެސް ތިބާ އެއިން އެއްވެސް ކަމަކަށް ސަމާލުކަމެއް ނުދެއެވެ. ހިތުހުރި ގޮތަކަށް ހަޔާތް ހޭދަކޮށްލީއެވެ.
ޤިޔާމަތް ދުވަހު ތިބާއަށް ކުރަންޖެހޭނެ ހިތާމައެއްގެ ބޮޑު ކަމާއެވެ.

އަދި ވަގުތު އެބައޮތެވެ. ތައުބާވާށެވެ. ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދުޢާކުރާށެވެ. ސަލާމަތް ކަމެއް އޮތީ އެގޮތންނެވެ.

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް