އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވިޔަފާރިކުރާ ބޭރުގެފަރާތްތަކަކީ، މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކެއްތޯ ބެލުމަށް އިލްތިމާސްކޮށްފި

ވިޔަފާރިކުރާ ބޭރުގެފަރާތްތަކަކީ، މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތްތަކެއްތޯ ބެލުމަށް އިލްތިމާސްކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 50 ސިކުންތު

ދިވެހިރާއްޖޭގަ ވިޔަފާރިކުރާ ބޭރުގެ ފަރާތްތަކަކީ، ޓެކްސް ޤާނޫނުގެ ދަށުން މީރާގައިރަޖިސްޓަރީކޮށްފައިވާ ފަރާތްތަކެއްތޯ ބެލުމަށްމީރާއިން އިލްތިމާސްކޮށްފިއެވެ.

މި ސަރކިއުލަރގައި ބަޔާންކޮށްފައިވާގޮތުން ވިޔަފާރީގެ ފައިދާއިން ޓެކްސް ނެގުމުގެ ޤާނޫނުގެ ބޭނުމަށް ދިވެހިރާއްޖޭގައި ވަޒަންވެރިވެފައިވާ ފަރާތްތަކާއި، ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވިޔަސް، ދާއިމީ މަރުކަޒެއް މެދުވެރިކޮށްދިވެހިރާއްޖޭގައި ވިޔަފާރިކުރާ ފަރާތްތަކަކީ ޓެކްސް ނެގުމާބެހޭ އިދާރީ ޤާނޫނުގެ ދަށުން މީރާގައި ރަޖިސްޓަރީކޮށް، ޓެކްސްގެ ޤާނޫނުތަކުގެދަށުން އަދާކުރަންޖެހޭ އެންމެހައި އިލްތިޒާމްތައް ފުރިހަމައަށް އަދާކުރަންޖެހޭ ފަރާތްތަކެކެވެ.

ދިވެހިރާއްޖޭގައި ހިންގާ އެކި މަސައްކަތްތައް، ބޭރުގެ ފަރާތްތަކާ ހަވާލުކުރެއްވުމުގެ ކުރިން ނުވަތަ އެފަދަ ފަރާތަކުން އެނޫންވެސް ޚިދުމަތެއް ދިވެހިރާއްޖޭގައި ހޯއްދެވުމުގެ ކުރިން، އެ ފަރާތަކީ މީރާގައި ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަން ކަށަވަރުކުރެއްވުމަށް މީރާއިން އިލްތިމާސްކުރެއެވެ. އަދި، އެ މަސައްކަތުގެ އަގަކީ ނުވަތަ ޚިދުމަތުގެ އަގަކީ 1 މިލިއަން ރުފިޔާއަށްވުރެ އިތުރު އަދަދެއްކަމުގައި ވާނަމަ، އެމުދަލާއި ޚިދުމަތް ފޯރުކޮށްދޭ ފަރާތަކީ މީރާގައި ޖީ.އެސް.ޓީއަށް ރަޖިސްޓަރީކޮށްފައިވާ ފަރާތެއްކަން ކަށަވަރުކުރެއްވުމަށް ވެސްމީރާއިން ވަނީ އަންގައިފައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު