އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކީރިތި ޤްރްއާން ހިމާޔަތް ނުކޮށް އިސްލާމް ދީން ހިމާޔަތްކުރެވޭނެތަ؟

ކީރިތި ޤްރްއާން ހިމާޔަތް ނުކޮށް އިސްލާމް ދީން ހިމާޔަތްކުރެވޭނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 7 ސިކުންތު

ރާއްޖޭގައި އިސްލާމް ދީން ނޫން އެހެން ދީންތަކަށް ޖާގަ ނުދިނުމުގެ ވާހަކަ ދައްކާއަޑު ސިޔާސީ ޕޯޑިއަމްތަކުން އަބަދުވެސް ދަނީ އިވެމުންނެވެ. ރާއްޖޭގައި އިސްލާމް ދީން ޙިމާޔަތްކޮށް ނަގަހައްޓާނެކަމުގެ ވާހަކަތަކަކީ ފާއިތުވި 15 ވަރަކަށް އަހަރު އިވެމުންދާ އަޑުތަކެވެ.

އިސްލާމް ދީން މަތިވެރިކުރުމަކީ ހަމައެކަނި އެކަމުގެ ވާހަކަ ދައްކައިގެން ކުރެވޭނެ ކަމެއް ކަމާއިމެދު ގިނަ ބައަކު ދަނީ ސުވާލު އުފައްދަމުންނެވެ. ހަމައެކަނި އެވާހަކަ ދައްކައިގެން ކުރެވޭނެ އެއްވެސް ކަމެއް އޮތް ނަމަ އެކަން އޮންނާނީ ރާއްޖޭގައި ކުރެވި ނިމިފައި ކަމަށްވެސް ގިނަ ބައަކު ޤަބޫލުކުރެއެވެ.



އިސްލާމް ދީން ދިފާޢުކުރުމާއި ނެގެހެއްޓުމަށް އަދި އެހެން ދީންތަކަށް ފުރުޞަތު ނުދިނުމަށް ކުރަންޖެހޭ އެންމެ މުހިންމު އެއްކަމަކީ އިސްލާމް ދީނަށް ނިކަމެތި އަމަލުތައް ކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުމެވެ. އިސްލާމް ދީނުގައި ބަޔާންވެގެންވާ އުޞޫލުތަކުންނެވެ.

ނިމިގެން މިދާ 2017 ވަނަ އަހަރަށް ބަލައިފިނަމަ އިސްލާމް ދީނަށް އެންމެ ބޮޑު ނިކަމެތި ކަމެއް ލިބިފައިވަނީ ކީރިތި ޤްރްއާނަށް އިހާނެތިކޮށް ހިތުމުންނެވެ. އެގޮތުން ހިންގި އެންމެ އަސަރުގަދަ އެއް ކަމަކީ ކީރިތި ޤްރްއާނުގެ މުޞްހަފްތަކެއް ލޮރީއަކަށް އަރުވައި ކުނި އުފުލާ އުޞޫލުން މާލޭގެ މަގުތަކުގައި ދުއްވުމެވެ. ދެވަނަ ކަމަކީ ކީރިތި ޤްރްއާނުގެ ތަރުޖަމާތައް ތިލަފުށްޓަށް ގެންގޮސް އުކައިލުމެވެ.



ލޮރީއަށް އަރުވައި ކުނި އުފުލާ އުޞޫލުން ކީރިތި ޤްރްއާން އުފުލި މައްސަލަ ފުލުހުންނަށްވެސް ހުށަހެޅުނެވެ. ހުށަހެޅިތާ 5 މަސް ދުވަސްވީއިރުވެސް އެ މައްސަލައަށް ވީގޮތެއް ނުއެނގެއެވެ. ފުލުހުންނާއި ގުޅުމުން މީޑިއާ އޮފިޝަލް ވިދާޅުވަނީ މައްސަލަ ބަލަމުން ގެންދާ ކަމަށެވެ. 6 ވަނަ މަހު ގުޅުމުން ފަހުން ޖަވާބެއް ދޭނެ ކަމަށް ބުނެފައި އެޖަވާބު އަދިވެސް ނުލިބެއެވެ.

އިސްލާމިކް މިނިސްޓްރީން މިކަމުގައި އެޅި ފިޔަވަޅެއްވެސް އަދި މިހައިތަނަށް އެނގިފައެއް ނުވެއެވެ. މީޑިއާއަށް ހާމަނުކުރާތީއެވެ.

އިސްލާމް ދީން ހިމާޔަތްކުރުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށް ބުނާ އަޑު ކިތަންމެ ގަދަ ނަމަވެސް ކީރިތި ޤްރްއާނަށް އިހައިނެތިކޮށް ހިތުމުގެ އަމަލުތައް ކުރުމުން އެޅޭ ފިޔަވަޅު ޢާންމުންނަށް ނުއެނގޭނަމަ އެއްވެސް ފިޔަވަޅެއް އެޅުނު ކަމަށް ޤަބޫލުކުރަން ރައްޔިތުންނަށް ފަސޭހައެއް ނުވާނެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް