އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޭ އިބިލީހުން ސަލާމަތްވުމަށް 11 ޒުވާނުން ތިބީ މިސްކިތުގަ

ރޭ އިބިލީހުން ސަލާމަތްވުމަށް 11 ޒުވާނުން ތިބީ މިސްކިތުގަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 42 ސިކުންތު

ރެއަކީ އިބިލީސް އެންމެ އުފާކުރާނެ ރޭ ކަމަށް އަމިއްލައަށް ކަނޑައަޅައި އިބިލީހުގެ ކިބައިން ސަލާމަތް ވުމަށް 11 ޒުވާނަކު ރޭ މިސްކިތްތަކުގައި ވަގުތުތައް ހޭދަކޮށްފިއެވެ.

މިސްކިތުގައި ރޭގެ ވަގުތުތައް ހޭދަކުރި ޒުވާނުން ބުނީ ރޭގެ އިޝާ ނަމާދަށް އެމީހުން ދިއައީ ކައިގެން އަދި ފެން ފުޅިއާއި ލުއިކާނާވެސް ހިފައިގެން ކަމަށެވެ.

"އަހަރެމެން އެރީ 3 މިސްކިތަކަށް. އެއީ އެއް މިސްކިތެއްގަ ތިބެއްޖެނަމަ ބައަކު އެކަމަށް ސަމާލުކަންދީ ސުވާލުތައް ކޮށްފާނެތީ. އަހަރެމެން މާކުރިންވެސް ވިސްނައިގެން ތިބި ގޮތަށް ކަންތައްތައް ވެގެން އެދިއައީ. އެފަދަ ކަމެއްގެ ތެރެއަށް ވަދެވިދާނެ ކަމުގެ ބިރަށް އަހަރެމެން ކުރިންވެސް އައީ ރޭ މިސްކިތުގައި މަޑުކުރަން ތައްޔާރުވަމުން."

އެނާ ބުނީ އެފަދަ ވިސްނުމެއް އެމީހުންނަށް މާތް ﷲ މިންވަރުފުޅު ކުރައްވަވައި އެކަން ތަންފީޒުކުރުމުގެ ކުޅަދާނަކަން މާތް ﷲ ދެއްވެވިކަމަށްޓަކައި މާތް ﷲ އަށް ޝުކުރުވެރިވުމުގެ ގޮތުން 11 ޒުވާނުންވެސް މިއަދު ތިބީ ރޯދައަށް ކަމަށެވެ.

އޭނާ ބުނީ މިވާހަކަ ހިއްސާކުރީ އެންމެ ބޭނުމަކު ކަމަށެވެ. "އަހަރެމެން މިއަދު މިތިބީ ވަރަށް ބޮޑަށް ހިތް ހަމަޖެހިގެން. މާތް ﷲ ވާގިފުޅާއިއެކު އަހަރެމެން ތިބޭނީވެސް ހިތް ހަމަޖެހިގެން. ޝައިޠަނާއަށް ހެއްލި ރޭ އުފާކުރި އެންމެން މިހާރު ތިބޭނީ ރޭ ހިނގި ކަންކަމަށް ލަދުން. އެމީހުންނަކީ މާތް ﷲ އަށް ބިރުވެތިވާ ބައެއް ނަމަ މިހާރު ދެރަވެސް ވާނެ އެފަދަ ކަމެއްގައި ބައިވެރިވެވުނުކަމަށްޓަކާ. ނުއެނގި ނަމަވެސް އެއޮތީ އެކަމުގަ ބައިވެރިވެވިފަ. އެހެންވީމާ މާތް ﷲ ނުރުއްސަވާ ކަންކަމުގަ ބައިވެރިނުވަންވީ. މާތް ﷲ އާއި ކައިރިވުމަށްވުރެ ބޮޑު ހިތްހަމަޖެހުމެއް ނުލިބޭނެ. އެކަން މިއަދު އަހަރެމެން މިގެންދަނީ އިހްޞާޞްކުރަމުން. އެކަން އެހެން ޒުވާނުންނަށް އަންގާލަން ބޭނުންވަނީ." ކަމަށްވެސް އޭނާ ބުނެފައިވެއެވެ.

އޭނާ ބުނީ މިއަދުނޫހާއި މައުލޫމާތު ހިއްޞާކުރީ މިއަދުނޫހުގައި ޝާއިއުކުރާ ދީނީ ލިޔުންތައް ކޮންމެ ދުވަހަކު ކިޔާތީ ލިބޭ މައުލޫމާތުން އިސްލާމް ދީނުގައި ސާބިތުވެ ތިބުމަށް އިތުރު ހިތްވަރު ލިބި ދީނުގެ ކަންކަން އިތުރަށް އޮޅުންފިލަމުންދާތީ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Rifa 2018-01-01 15:50:08

جزاك الله خيرا


އަބްދުއްލަތީފް