އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

'ބައްތީ ގުލް މީޓަރު ޗާލޫ' ގެ ބަޠަލާއިންނަށް ޝްރައްދާއާއި ޔަމީ

'ބައްތީ ގުލް މީޓަރު ޗާލޫ' ގެ ބަޠަލާއިންނަށް ޝްރައްދާއާއި ޔަމީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 7 ސިކުންތު



ޝާހިދު ކަޕޫރު ބަޠަލެއްގެ ރޯލުން ފެނިގެންދާ 'ބައްތީ ގުލް މީޓަރު ޗާލޫ' ފިލްމުގައި، އޭނާއާއެކު ބަޠާލާއިންގެ ގޮތުގައި ފެނިގެންދާނީ ޝްރައްދާ ކަޕޫރާއި ޔަމީ ގޯތަމްކަން ކަށަވަރުވެއްޖެއެވެ.

މި ފިލްމުގެ ކާސްޓާ ގުޅުނުކަން ޔަމީ ވަނީ ރޭ ކުރި ޓްވީޓަކުން ހާމަކޮށްފައެވެ. އަދި އެ ފިލްމުގެ ކާސްޓަށް އޭނާ ހޮވީތީ އެކަމަށް ފިލްމުގެ ޓީމަށް ޝުކުރު އަދާކޮށްފައި ވެސްވެއެވެ. އަދި ޔަމީ ކުރި ޓްވީޓްގައި ފިލްމުގެ ލީޑު ރޯލުން ފެނިގެންދާ އަނެއް ދެ ތަރިންކަމަށްވާ ޝާހިދާއި ޝްރައްދާ ވަނީ ޓެގްކޮށްފައެެވެ.

މިއީ ޔަމީއާއި ޝާހިދު އެކުގައި ފެނިގެންދާނެ ފުރަތަމަ ފަހަރުކަމަށްވީއިރު، ޝްރައްދާއާއެކު ޝާހިދު ކުޅޭ މިއީ ދެވަނަ ފިލްމެވެ. މީގެ ކުރިން މި ދެ ތަރިން ވަނީ 2014 ވަނަ އަހަރު ނުކުތް ހައިބަރު ފިލްމުގައި މަސައްކަތްކޮށްފައެވެ.

މިދިޔަ އަހަރުގެ އެންމެ ކާމިޔާބު އެއް ފިލްމުކަމަށްވާ 'ޓޮއިލެޓް އޭކް ޕްރޭމް ކަތާ' ޑައިރެކްޓްކުރި ސްރީ ނާރަޔަން ސިންގް ޑައިރެކްޓްކުރާ މި ފިލްމަކީ އިންޑިއާގެ ބޮޑުވެފައިވާ ކަރަންޓުގެ މައްސަލައަށް އަލިއަޅުވާލައި އުފައްދާ ފިލްމެކެވެ.

މި ފިލްމުގެ ޝޫޓިން އަންނަ ފެބުރުއަރީ މަހު ފަށަން ހަމަޖެހިފައިވާއިރު، މި ފިލްމު ނެރެން ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ އޮގަސްޓް މަހުގެ ތެރޭގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް