އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އަނބިން ޝަކުވާކުރާތީ ރުޅި އަންނައިރު, ޝަކުވާކުރާނެ އިތުރު މީހެއް ދައްކަން ޖެހޭނެ: މުފްތީ މެންކް

އަނބިން ޝަކުވާކުރާތީ ރުޅި އަންނައިރު, ޝަކުވާކުރާނެ އިތުރު މީހެއް ދައްކަން ޖެހޭނެ: މުފްތީ މެންކް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ބައެއް މީހުންނަކީ އަނބިން ކަންކަމުގައި ޝަކުވާ ކުރުމުން އިންތިހާއަށް ރުޅި އަންނަ ބައެކެވެ. އެފަދަ މީހުންނަށް، އެމީހުންގެ އަނބިން ޝަކުވާކުރާނެ އިތުރު މީހަކު ދެއްކިދާނެ ހެއްޔެވެ؟ އޭނާގެ ހުރިހާ ކަމެއްގެ ޒިންމާ ތިބާގެ ކޮނޑުގައި އެޅިފައިވާއިރުވެސް މެއެވެ.

ތިބާއަކީ އެންމެ ރަނގަޅު މީހާކަމަށް ވުމަށް ތިބާ އެދެމުއެވެ. އެންމެ ރަނގަޅު މީހާއަކީ ތިމާގެ އަނބިމީހާ އެންމެ ރަނގަޅު ނުވަތަ އެންމެ ހެޔޮ މީހާކަން ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅުތަކުން އެނގެން އެބައޮތެވެ. ވީއިރު އަނބިމީހާ އަށް ލޯބިކުރުމުގެ ބަދަލުގައި ރުޅިގަދަކުރަމުން ތިބާއަކީ އެންމެ ރަނގަޅު މީހާކަމަށް ވުމަށް އެދެވޭނީ ކިހިނަކުން ހެއްޔެވެ؟

ދުނިޔޭގައި ހިނގާ ކަންކަމުން ގިނަ ފަހަރަށް އެނގެން އޮންނަނީ މޮޅުވި މީހާގެ ވާހަކަތަކެވެ. ދެރަވި މިހާގެ ވާހަކަތައް ހާމައެއް ނުކުރެއެވެ.

އެހެންކަމުން އަނބިމީހާއަށް އަނިޔާވެރިވެފައި ތިބާ ހުރިހާ ވާހަކައެއް ދައްކައި މޮޅު ހޯދިނަމަވެސް އެއީ ހަޤީޤީ މޮޅުވުމެއް ނޫނެވެ. ބަހެއް ނުބުނެ، ވާހަކަތައް ނުފަތުރައި ކެތްތެރިވެގެން ހުރި އަނބިމީހާގެ މޮޅުކަން މާ ބޮޑެވެ.

މާތް ﷲ ވަޙީކުރައްވަވާފައިވަނީ މިސްތަކުންގެ ލޯބި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށް ލިބިވަޑައިގަންނަވަނީ އިތުރު މާތް ނަބިއްޔާގެ ހިތްޕުޅުގެ މަޑުމައިތިރިކަމާއި އޯގާތެރިކަމުން ކަމަށެވެ. އެހެން ނޫން ނަމަ އެނބުރި ދުރަށް ހިނގައިދާނެ ކަމަށެވެ.

މިއީ ވަރަށް މުހިންމު އާޔަތެކެވެ. އަޅުގަނޑުމެންނަކީ "ހިތް ހަރު" ބައަކަށް ވެއްޖެނަމަ އަޅުގަނޑުމެންނާއި ދުރަށް އެންމެންވެސް ދާނެއެވެ. އަނބިންވެސްމެއެވެ. އެހެން މީހުންވެސް މެއެވެ.

ރުޅިގަދަ މީހުންނާއި ބައްދަލުކުރަން އެކަކުވެސް ބޭނުމެއް ނުވާނެއެވެ. ފެންނަން ވެސް ބޭނުމެއް ނުވާނެއެވެ. ތިބާ އާއި ބައްދަލުކުރާނީ ވެސް އަދި ތިބާއަށް ގަދަކަމުން ނަމަވެސް ހިނިތުންވެލާނީވެސް ކޮންމެވެސް މަޖުބޫރުކަމެއް އޮވެގެންނެވެ.

އަމިއްލަ ހަޔާތުގައި މިކަންކަމަށް ވިސްނައިލަބަލާށެވެ. ރުޅިގަދަވާ ވަގުތު އަނބިންނާއިމެދު ހިތުހުރި ގޮތަކަށް އަމަލުކުރާ ފިރިންނާއި ލޯބިން ބައްދަލުކުރަން ބޭނުންވާނީ ކޮން އަންބެއް ހެއްޔެވެ؟ އަނބިންގެ އުފާވެރި ހިނިތުންވުން ލިބޭނީ ވެސް ކިހިނަކުން ހެއްޔެވެ؟

(ޝައިޚް މުފްތީ މެންކުގެ ދަރުސަކުން)

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް