އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުދީ ނަރުހުންތަކެއް ތުއްތު ކުއްޖެއްގެ މޫނަށް ރަހުމްކުޑަ ގޮތަކަށް ފިތި ވީޑިއޯ އެއް އާންމު ވެއްޖެ

ސައުދީ ނަރުހުންތަކެއް ތުއްތު ކުއްޖެއްގެ މޫނަށް ރަހުމްކުޑަ ގޮތަކަށް ފިތި ވީޑިއޯ އެއް އާންމު ވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު

ސައުދީ އަރަބިއާގެ ހޮސްޕިޓަލެއްގައި އިންފެކްޗަނެއް ޖެހިގެން ބާއްވާފައި އޮތް ތުއތްު ކުއްޖެއްގެ މޫނަށް ވަރަށް ރަޙުމު ކުޑަ ގޮތަކަށް އެހޮސްޕިޓަލުގެ ދެ ނަރުހުންތަކެއް ފިތި މަންޒަރު ދައްކުވައިދޭ ވީޑިއޯ އެއް އާންމު ވެއްޖެއެވެ.

މި ވީޑިއޯ ކޮށްފައިވަނީ ވެސް އެ ދެ ނަރުހުންނެވެ. އެކުއްޖާގެ މޫނަށް ފިތަމުން އެމީހުން ހެމުން ގެންދިޔަ އަޑުވެސް ވީޑިއޯ އިން އިވެއެވެ. ވީޑިއޯ އިން ފެންނަ ގޮތުގައި އޭގެން އެއް ނަރުހަކު އެކުއްޖާގެ ކަރުގައި އެއް އަތުން ހިފާ، އަނެއް އަތުން ނިތް ކުރީގައި ހިފާ ތިރިއަށް ފިއްތަމުން ގެންދިޔައެވެ. ދެން ހުރި ނަރުސް މީހާ ހުރީ އެމަންޒަރުތައް ވީޑިއޯ ކުރާށެވެ.

މިކަން ތުއްތު ކުއްޖާގެ މައިންބަފައިންނަށް އެނގުމުން، އެމައްސަލަ ކަމާއިބެހޭ ފަރާތްތަކަށް ވަނީ ހުށަހަޅާފައެވެ. އަދި އެ ދެ ނަރުހުން މިހާރު ވަޒީފާއިން ވެސް ވަނީ ވަކިކޮށްފައެވެ.

މީގެ އިތުރުން އެމީހުންގެ އަތުން ނަރުސްކަމުގެ ލައިސެންސް އަތުލާ، ސިއްޙީ ހުރިހާ ޑިޕާޓްމެންޓަކުން ވެސް އެ ދެމީހުން ވަނީ ބޭރުކޮށްލާ، ސިއްޙީ ޚިދުމަތްދޭ ހުރިހާތަނެއްގައި ހަރަކާތްތެރިވުން ވެސް މަނާކޮށްފައެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ