އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސަލްމާންއަށް ބޮލީވުޑް ބޮކްސް އޮފީހުގެ އާ ރެކޯޑެއް

ސަލްމާންއަށް ބޮލީވުޑް ބޮކްސް އޮފީހުގެ އާ ރެކޯޑެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

ބޮލީވުޑް ބޮކްސް އޮފީހުގައި 300 ކުރޯޑް ރުޕީސްއަށްވުރެ މަތީ އާމްދަނީއެއް ލިބުނު އެންމެ ގިނަ ފިލްމު ކުޅެފައިވާ ބޮލީވުޑްގެ ތަރިއަކަށް ސަލްމާން ޚާން ވެއްޖެއެވެ.

ސަލްމާން ޚާންއާއި ކެޓްރީނާ ކެއިފް ލީޑު ރޯލުން ފެންނަ 'ޓައިގާ ޒިންދާ ހޭ' އެޅުވިތާ ފުރަތަމަ 16 ދުވަހުގެ ތެރޭގައި ބޮކްސް އޮފީހުގައި 300 ކުރޯޑް ރުޕީސްގެ އާމްދަނީއެއް އެ ފިލްމަށް ހަމަވުމާ ގުޅިގެން، ސަލްމާންގެ ތިން ފިލްމަކަށް 300 ކުރޯޑްއަށްވުރެ ގިނަ ރުޕީސް ލިބުނީއެވެ.

ސަލްމާންގެ ފިލްމުތަކުގެ ތެރެއިން އެންމެ ފުރަތަމަ 300 ކުރޯޑް ރުޕީސް ހަމަވި ފިލްމަކީ 2015 ވަނަ އަހަރު ނުކުތް 'ބަޖްރަންޖީ ބައިޖާން' އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި 320 ކުރޯޑް ރުޕީސް ލިބިފައިވެއެވެ. މި ފިލްމުގައި ސަލްމާނާއެކު ލީޑު ރޯލުގައި ފެނިގެން ގޮސްފައިވާ ބަޠަލާއަކީ ކަރީނާ ކަޕޫރުއެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ ކަބީރު ޚާންއެވެ.

300 ކްރޯޑް ރުޕީސް ހަމަވި ސަލްމާންގެ ދެވަނަ ފިލްމަކީ 2016 ވަނަ އަހަރު ނުކުތް 'ސުލްތާން' އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ލިބިފައިވަނީ 300.4 ކްރޯޑް ރުޕީސްއެވެ. މި ފިލްމުގައި ސަލްމާނާއެކު ފެނިގެން ގޮސްފައިވަނީ އަނުޝްކާ ޝަރުމާއެވެ. މިއީ މި ދެ ތަރިން އެކުގައި މިހާތަނަށް މަސައްކަތްކުރި ހަމައެކަނި ފިލްމެވެ. މި ފިލްމު ޑައިރެެކްޓްކޮށްފައިވަނީ 'ޓައިގާ ޒިންދާ ހޭ' ގެ ވެސް ޑައިރެކްޓަރު ޢަލީ އައްބާސް ޒާފަރުއެވެ.

ބޮލީވުޑް ބޮކްސް އޮފީހުގައި 300 ކްރޯޑް ރުޕީސްއަށްވުރެ މަތީ އާމްދަނީއެއް ލިބިފައިވަނީ އެންމެ ފަސް ފިލްމަށެވެ. 300 ކްރޯޑް ރުޕީސް ހަމަވި އަނެއް ދެ ފިލްމަކީ އާމިރު ޚާން ލީޑު ރޯލުން ފެންނަ ދެ ފިލްމެވެ. އެއީ 'ޕީކޭ' އަދި 'ޑަންގަލް' އެވެ.

ބޮލީވުޑްގެ މި ރެކޯޑް އޮތް އަންހެން ތަރިއަކީ އަނުޝްކާ ޝަރުމާއެވެ. އަނުޝްކާގެ ދެ ފިލްމަކަށް 300 ކްރޯޑް ރުޕީސްއަށްވުރެ މަތީ އާމްދަނީ ލިބިފައިވެއެވެ. އެއީ އާމިރު ޚާންއާއެކު 'ޕީކޭ' އަދި ސަލްމާން ޚާންއާއެކު 'ސުލްތާން' އެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް