އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހޮޮލީވުޑްގެ ތަރިންވެސް ބޭނުންވަނީ އިސްލާމީ އަޚްލާޤް-

ހޮޮލީވުޑްގެ ތަރިންވެސް ބޭނުންވަނީ އިސްލާމީ އަޚްލާޤް-


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 58 ސިކުންތު


ހޮލީވުޑްގެ ތަރިންވެސް ބޭނުންވަނީ އިސްލާމީ އަޚްލާޤް ކަމަށް ބުނަން ފަށައިފިއެވެ. ބައެއް ތަރިން މިމޭރުމުން ބުނެފައިވަނީ އަހަރީ އެވޯޑް ދިނުމުގެ ހަފްލާގައެވެ.

ލޮސް އެންޖަލަސްގައި އާދީއްތަ ދުވަހުގެ ރޭ ބޭއްވި ގޯލްޑަން ގްލޯބް ހަފްލާގައި ބައެއް ތަރިން ބުނީ ފިލްމީ ކޮންމެ ތަރިއަކީ ހަށިގަނޑުން ސޭލް އަޅުވައިގެން އުޅޭ އަންހެނެއް ނޫން ކަމަށާއި ސުލޫކީ މިންގަނޑުތަކެއް ހިފަހައްޓަން ބޭނުންވާ ކަމަށެވެ.

"އަހަރެމެންނަށްވެސް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ޖިންސީ ޝިކާރައަކަށް ވެގެންދާކަން. ގިނަ ފަހަރަށް ހާލަތު އެބަ މަޖުބޫރުކުރުވާ. މި ޘަޤާފަތް ނައްތާލަން ޖެހޭނެ. އަހަރެމެންނަކީވެސް ދިރިއުޅެން މަސައްކަތެއް ކުރާ ބައެއް. ހަށި ވިއްކަން ބޭނުންނަމަ ތިބޭނީ އެކަން ކުރާ ތަންތަނުގަ. އަހަރެމެން ޝޫޓިންގތަކަށާ ސްޓޫޑިއޯތަކަށާ ހަފްލާތަކަށް ދަނީ ބައެއްގެ ޝިކާރައަކަށްވާކަށް ނޫން."

ބައެއް ތަރިން ފައުޅުގައި ބުނީ އިސްލާމީ އަޚްލާޤްގައި ރަނގަޅު ސިފަތަކެއް އެބަހުރި ކަމަށާއި އެ ރަނގަޅުކަންތައްތަކާއި އާދަތައް ހޮލީވުޑްގައިވެސް ތައާރަފްކުރަންޖެހޭ ކަމަށެވެ.

ތަރިންގެ މިވާހަކަތަކުން އިސްލާމް ދީނަށް ކުރިއެރުން ލިބޭތީ ގިނަ މީޑިއާތަކުން ޚަބަރު ގެނެސްފައިވަނީ ބަދަލުތައް ގެނެސްގެންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް