އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހަރަމްފުޅުގެ އެތެރެ ފެނުމުގެ ނަޞީބު ލިބެނީ މަދު ބައަކަށް- ބައްލަވާލައްވާ!

ހަރަމްފުޅުގެ އެތެރެ ފެނުމުގެ ނަޞީބު ލިބެނީ މަދު ބައަކަށް- ބައްލަވާލައްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 17 ސިކުންތު

މައްކާގެ ޙަރަމްފުޅު ނުވަތަ ކަޢުބަތުﷲ ގެފުޅަށް ކޮންމެ އަހަރަކު އެތައް މިލިއަން މީހުން ޒިޔާރަތްކުރެއެވެ. އެއިގެ ތެރެއިން ވަރަށް މަދު މީހަކަށް ނޫނީ ޙަރަމްފުޅުގެ އެތެރެ ފެނުމުގެ ނަޞީބެއް ނުލިބެއެވެ.

އެ ފުރުޞަތު ލިބެނީ ޙަރަމްފުޅުގެ އެތެރެ ދޮވެ ސާފުކުރުމުގައި ބައިވެރިވުމުގެ ފުރުޞަތު ލިބޭ މަދު މީހަކަށެވެ.



ޙަރަމްފުޅު ޢާންމުކޮށް ހުޅުވައިނުލާ ސަބަބުތައް ވަރަށް ގިނައެވެ. އެންމެ ބޮޑު އެއްސަބަބަކީ އިމާރާތުގެ ދޮށިކަމުން އެހައި ގިނަ ބައަކު ވަދެ ނުކުމެވާނަމަ ތަނަށް ލިބިދާނެ ގެއްލުން ފާހަގަކުރެވެއެވެ. ހަމަ އެއާއިއެކު މުސްލިމުންގެ އަދާވާތްތެރިން ހަރަމްފުޅަށް ގެއްލުން ދޭން ބޭނުންވެފައި ތިބިވަރުން ދީފާނެ ގެއްލުމަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭކަން ވެސް ފާހަގަކުރެވެއެވެ.

ޙަރަމްފުޅު އެއިގެ ސައިޒަށް ބަލައިފިނަމަ ވަރަށް ކުޑައެވެ. ނަމަވެސް އެތަނުގައި ހިނގާފައިވާ ކަންކަމަށް ބަލައިފިނަމަ ސިހިގެންދެއެވެ.



ކާފަރުން މިއަދު ޤަބޫލުކުރަން ބޭނުންނުވި ނަމަވެސް ޖަހާލަތުގެ އަނދިރިކަމުގައި ވަނިކޮށް ދުނިޔެއަށް އަލިކަން ގެނެސްދިން ވޮށް ނުވަތަ ނޫރު ފައުޅުވެ ފުޅައުވެގެން ދިއުމުގައި ޙަރަމްފުޅު އަދާކުރި މުހިންމު ދައުރު އަދާކުރި އެހެން ބިނާއެއް ދުނިޔެއަކު ނެތެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް