އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އައިޖީއެމްއެޗްގެ ކޮންމެ މުވައްޒަފަކު އަހަރަކު 1 ގަޑިއިރު ހިލޭ ސާބަހަށް ޚިދުމަތްކުރަނީ

އައިޖީއެމްއެޗްގެ ކޮންމެ މުވައްޒަފަކު އަހަރަކު 1 ގަޑިއިރު ހިލޭ ސާބަހަށް ޚިދުމަތްކުރަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 5 ސިކުންތު

އައިޖީއެމްެޗް ގްރޫޕުގައި ޚިދުމަތްކުރާ ކޮންމެ މުވައްޒަފަކު އަހަރަކު 1 ގަޑިއިރު އިޖުތިމާޢީ ޚިދުމަތެއްގެގޮތުން 1 ގަޑިއިރު އެ މުވައްޒިފަކު ޚިދުމަތްކުރާ ދާއިރާއަކުން ހިލޭ ސާބަހަށް ޚިދުމަތްދޭން ނިންމައިފިއެވެ. މީގެ އިތުރުން އެއް އަހަރުވަންދެން ކޮންމެ މަހަކު 1 ރުފިޔާ ހަދިޔާ ކުރަންވެސް ވަނީ ނިންމައިފިއެވެ.

ނިމިގެންދިއަ 2017 ވަނަ އަހަރަށް ބަލައިފިނަމަ ރާއްޖޭގެ އާބާދީއަށްވުރެ ގިނަ އަދަދެއްގެ މީހުންނަށް ހަމައެކަނި އައިޖީއެޗުން ފަރުވާ ދިނެވެ.

ސީއީއޯ ބްރިގޭޑިއަރ ޖެނެރަލް ފަރްޙަތު ޝަހީރު މިއަދު ވިދާޅުވީ މިދިއަ އަހަރު ހަމައެކަނި އަޖީއެމްއެޗުންވެސް 380،000 އަށްވުރެ ގިނަ މީހުންނަށް ފަރުވާދެވުނު ކަމަށެވެ. އަދި 14،000 އަށްވުރެ ގިނަ މީހުން އެނދުމަތިކޮށް ފަރުވާ ދެވުނު ކަމަށާއި 291،000 އަށްވުރެ ގިނަ މީހުންނަށް ލެބޯޓްރީގެ ޚިދުމަތް ދެވުނު ކަމަށެވެ.

ފަރުހަޠު ޝަހީރު ވިދާޅުވީ މިހައި ގިނަ ބައަކަށް އައިޖީއެމްއެޗްގައި ތިބި މަދު މުވައްޒިފުންކޮޅަށް ޚިދުމަތް ދެވުނީ ލިބޭ މުސާރައަށް ނުބަލައި އިންސާނިއްޔަތަށް ޚިދުމަތްކުރުމުގެ ރޫޙުގައި މަސައްކަތް ކުރުމުން ކަމަށެވެ.

ފަރުޙަތު ޝަހީރު ވިދާޅުވީ އައިޖީއެމްއެޗް މިހާރު ތަރައްޤީކުރެވިފައިވާ ފެންވަރުގައި ޚިދުމަތް ފޯރުކޮށްދެމުން ގެންދާއިރުވެސް ފުރިހަމަ ނުވެ ކަންތައްތަކެއް އެބަހުރި ކަމަށެވެ. ޚިދުމަތް ހޯއްދަވާ ފަރާތްތަކަށް ފާހަގަކުރެއްވޭ ކަންކަން އައިޖީއެމްއެޗްގެ ސަމާލުކަމަށް ގެނެސްދެއްވުމުން ކަންކަން ރަނގަޅު ކުރައްވަމުން ގެންދަވާނެ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް