އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"މިއޮތީ ރަސީދު" ކެމްޕޭންގެ ޑިސެންބަރު މަހުގެ އިނާމުތައް ހަވާލުކޮށްފި

"މިއޮތީ ރަސީދު" ކެމްޕޭންގެ ޑިސެންބަރު މަހުގެ އިނާމުތައް ހަވާލުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 19 ސިކުންތު

މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހިންގަމުންދާ "މިއޮތީ ރަސީދު" ކެމްޕޭނަށްޑިސެންބަރު މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނު ފަރާތަށާއި، އެންމެ ގިނަ ތަންތަނުގެ ރަސީދު ފޮނުވި ފަރާތަށް ދޭ ފައިސާގެ އިނާމު ހަވާލުކޮށްފިއެވެ.

މިގޮތުން ޑިސެންބަރު މަހު ރަސީދު ފޮނުވި ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވުނީމުޙައްމަދު ރަޝީދުއެވެ. އަދި އެންމެ ގިނަ ތަންތަނުން ރަސީދު ފޮނުވައިގެން އިނާމު ހާސިލުކޮށްފައިވަނީ މުޙައްމަދު އިބްރާހިމްއެވެ. މީރާގައި ބޭއްވި ހާއްސަ ހަފްލާއެއްގައި މި ފަރާތްތަކަށް ފައިސާގެ އިނާމްތައް ހަވާލުކޮށްދެއްވީއެސިސްޓަންޓްކޮމިޝަނަރ ޖެނެރަލް އަހުމަދު އަލީއެވެ.

5 ސެޕްޓެންބަރު އިން ފެށިގެން 28ފެބުރުވަރީ 2018 ގެ ނިޔަލަށް ހިންގަމުންދާ މި ކެމްޕެއިންގައި ކޮންމެ މަހަކު ދެވޭ އިނާމުތަކުގެ ތެރޭގައި މައުލޫމާތު ފުރިހަމަނުވާ ރަސީދު ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ ފަރާތަކަށް 1,500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާ އަދި އެންމެ ގިނަ ރަސީދު ހުށަހަޅާ ފަރާތަކަށް 1,500 (އެއް ހާސް ފަސްސަތޭކަ) ރުފިޔާގެ ފައިސާގެ އިނާމު ހިމެނެއެވެ. މީގެ އިތުރުން މުޅި ކެމްޕޭންގެ މުއްދަތުގައި އެންމެ ގިނަ ތަންތަނުން ރަސީދު ހުށަހަޅާ ފަރާތަކަށް 32,000(ތިރީސް ދެ ހާސް) ރުފިޔާގެ ފައިސާގެ އިނާމެއް ދިނުމަށް ހަމަޖެހިފައިވާކަމަށް މީރާއިން މައުލޫމާތު ދެއެވެ.

މި ކެމްޕޭންގައި އަލަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އަދިވެސް ފުރުސަތު އޮތްކަން ފާހަނގަކޮށް އަދި މި ފަރާތްތަކުން ހޯދާ ރަސީދުގައި އެ ފަރާތެއްގެ ފޯނު ނަންބަރު ލިޔުމަށްފަހު އެ ރަސީދުގެ ފޮޓޯއެއް 9551415 އަށް ވައިބަރ ކުރުމަށް އެ އޮތޯރިޓީން އެދިލައްވައެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު