އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މިއަދުގެ ޚުޠުބާއިން މަދުވާ މުހިންމު ބައިތައް

މިއަދުގެ ޚުޠުބާއިން މަދުވާ މުހިންމު ބައިތައް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 52 ސިކުންތު

"ލޮބުވެތި ބެލެނިވެރިންނޭވެ. ދަރިންނަށް 7 އަހަރުވުމުން ނަމާދުކުރުމަށް ބާރުއަޅަންޖެހެއެވެ. 10 އަހަރުވުމުން ނަމާދު ނުކުރާނަމަ ކުއްޖާއަށް ޖިސްމާނީ އަނިޔާއަކަށްނުވާ ގޮތަށް އަދަބުދީގެންވެސް ނަމާދުކުރުވަންޖެހެއެވެ.

މިއީ އެއްވެސް ޝައްކެއް އޮތް ކަމެއްނޫނެވެ. އެހެނީ އެއީ އެކަމަކަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އެންމެ ބާރު އަޅުއްވަވައި އަމުރުފުޅު ކުރައްވަވާފައިވާ އެއްކަންތަކެވެ.



ނަމާދުކުރުވަން އާދަނުކުރުވާނަމަ ދަރިއަކަށް ދޭންޖެހޭ ތައުލީމާއި ތަރުބިއްޔަތު ދިނުމުގައި އެވަނީ ފެއިލްވެފައެވެ. އެކަމަށް މާތް ﷲ ގެ ހަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެއެވެ.

ދަރިއަކަށް ކޮށްދެވޭނެ އެންމެ ބޮޑު ހެޔޮކަމަކީ އިސްލާމީ ތަރުބިއްޔަތު ދިނުން ކަމަށްވާއިރު އެ ތަރުބިއްޔަތުގެ ތަޅުދަނޑިއަކީ ނަމާދެވެ. އެހެން ހުރިހާ ކަންކަމެއް އަންނާނީ ނަމާދުގެ ފަހަތުންނެވެ.

ނަމާދުގެ ވަގުތުތައް ގެއްލޭ ގޮތަށް ކުދިން އިތުރު ހަރަކާތްތަކަށް ނުނެރޭށެވެ. ފަތަން ދަސްކޮށްދޭން އިރުއަރާއިރަށް އެބަގެންދަމުއެވެ. ގެންދިއުމުގެކުރިން ފަތިސްނަމާދުކުރުވާށެވެ.

ލޮބުވެތި ބެލެނިވެރިންނޭވެ. ދަރިންނަށް ފެތުމާއި އިސްލާމް ދީން ހުއްދަކުރާ ކުޅިވަރު ދަސްކޮށްދިނުމަކީ ވެސް ކުރަންޖެހޭ ކަމެކެވެ. ނަމަވެސް އެންމެ ފުރަތަމަ އޮތީ ނަމާދުކުރަން ދަސްކޮށްދިނުމާއި ނަމާދުކުރުވުމެވެ. ނަމާދުކުރުމަށް އަހުލުވެރިކުރުވުމެވެ.

މިކަންކަން ކުރެވޭނީ ބެލެނިވެރިންނަކީ ވެސް ނަމާދުކުރާބައަކަށްވެގެންނެވެ. ދަރިންގެ ހިތްތަކުގައި ނަމާދުކުރުމަށް ޝައުޤުވެރިކަން އުފެއްދުވޭނީ އަދި އެކަމަށް ހިތް ޖެއްސުވޭނީ މައިން ބަފައިންނަކީ ނަމާދުކުރާ ބައަކަށް ވެގެންނެވެ.

ލޮބުވެތި ބެލެނިވެރިންނޭވެ. އަންހެން ދަރިން ބުރުގާ އަޅުވައިގެން ޤްރްއާން ކްލާސްތަކަށް ގޮވައިގެންދާ ބައެއް މައިން ދަރިންގެ އަތުގައި ހިފައިގެން މަގުމަތީގައި ހިނގާފައިދަނީ ސޯޓުބުރިއެއް ލައިގެންނެވެ. މިފެށޭ ދިރާސީ އަހަރަކީ މުޖުތަމައުގައި ހިނގަމުންދާ މިފަދަ އިސްލާމް ދީނާއި ޚިލާފް އަމަލުތައް އިޞްލާޙްކުރާ އަހަރަކަށް ހަދަމާތޯއެވެ!

ލޮބުވެތި ދަރިވަރުންނޭވެ! ޤާނޫނުގައި ކުޑަކުދިންގެ އުމުރަކީ 18 އަހަރުން ދަށް ކަމުގައި ލިޔެފައި އޮތް ނަމަވެސް މާތް ﷲ ގެ ހަޟްރަތުގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ. ބާލިޣްވުމާއި ހަމައިން އިސްލާމް ދީނުގެ ޙުކުމްފުޅުތައް ކުއްޖާގެ މައްޗަށް ހިނގަންފަށައެވެ. ނަމާދު ނުކުރުމުން އަދަބު ލިބެން ފަށަފައެވެ. މާތް ﷲ ނަހީ ކުރެއްެވެވި ކަންތައްތައް ކުރުމުން އަދަބު ލިބެން ފަށައެވެ.

އެހެންކަމުން ކޮންމެ ދަރިވަރަކުވެސް އެންމެ ބޮޑު ސަމާލުކަމެއް ދޭންވީ ނަމާދުކުރުމަށެވެ. މާތްﷲ އަންގަވާފައިވާ ގޮތުގައި ސާބިތުވެ ތިބުމަށެވެ.

މިސްކިތަށް ދެވޭނެ މަގުފަހިވެފައިވާ ކުދިން ބަންގި ގޮވުމުން ފުރަތަމަ ކަމަކަށް ކުރަންޖެހޭނެ ކަމަކީ ނަމާދަށް ދިއުމެވެ. މިސްކިތަށް ދިއުމަށް މަގުފަހިނުވާ ކުދިންނަށް އޮތީ ގޭގައި ތިބެގެން ނަމާދުކުރުމެވެ. އަންހެން ކުދިންނަށް މޮޅު އިތުރުވެގެންވަނީ ގޭގައި ނަމާދުކުރުމެވެ.

ސަރުކާރުން މިހާރު ވަނީ ކޮންމެ ސްކޫލެއްގައިވެސް ނަމާދުކުރާނެ ތަނެއް ހަމަޖައްސައިފައެވެ. ނަމާދުވަގުތުވުމުން މުދައްރިސުންގެ ހުއްދަ ހޯދައިގެން އަވަހަށް ގޮސް ނަމާދުކުރާށެވެ. އުނގެނުމަށް ތިއަކުދިން ކުރާ މަސައްކަތްތަކުގައި މާތް ﷲ ގެ ބަރަކާތް އިތުރުވާނީ އެއިރުންނެވެ.

ލޮބުވެތި މުދައްރިސުންނޭވެ! ބަންގި ގޮވުމުން އޮތީ ކްލާސް ފުރިހަމަކުރުމެއް ނޫނެވެ. އަވަހަށް ނަމާދުކުރުމެވެ. އެކަން ތިއަ މުދައްރިސުން ނުކުރާނަމަ އެކަމަށް މާތް ﷲ ގެ ޙަޟްރަތުގައި ޖަވާބުދާރީވާންޖެހޭނެއެވެ.

ލޮބުވެތި ޕްރިންސިޕަލުންނޭވެ! ބަންގީގެ 10 މިނިޓްވަރު ކުރިން ކިޔަވައިދިނުން މެދުކަނޑައިލުން ކީއްތޯއެވެ. ވުޟޫއުކޮށް ނަމާދުކުރުމަށެވެ. ނަމާދު ނިމުމުން ކިޔަވައިދޭން ފެށުން ކީއްތޯއެވެ! ހަމައެފަދައިން ސްކޫލްތަކުގައި އިތުރު ހަރަކާތްތައް ރާވައި ކުރިއަށް ގެންދާއިރުވެސް މި އުޞޫލުން ކަންކަން އިންތިޒާމުކުރުން ކީއްތޯއެވެ!

ނަމާދުކުރުމަކީ އިޚްތިޔަރީ ކަމެއްގެ ގޮތުގައި ދޫކޮށް ނުލައްވަވާށެވެ! އެއީ އެއްވެސް އިޚްތިޔާރެއް އޮތް ކަމެއް ނޫނެވެ. ނަމާދުގު ވަގުތެއްގައި ސްކޫލުގައި ދަރިވަރުން ތިބޭނަމަ ހުރިހާ ދަރިވަރުން ލައްވައި ނަމާދުކުރުވުމަކީ ޕްރިންސިޕަލުގެ އެންމެ ބޮޑު ޒިންމާ ކަމުގައި ނޫނީ ނުވާނެއެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފެށޭ ދިރާސީ އައު އަހަރަކީ ނަމާދުކުރުމަށް ދޭ ސަމާލުކަން އިތުރުކުރަން މަސައްކަތްކޮށް ކާމިޔާބު ހޯދާ އަހަރަކަށް ހަދަން އެންމެން ގުޅިގެން މަސައްކަތްކުރާ އަހަރަކަށް ހަދަމާތޯއެވެ! ސަރުކާރުން ކުރިއަށް ގެންދާ ތަރިކަ މަޝްރޫ ވެސް ކާމިޔާބުކުރެވޭނީ ނަމާދު ކުރުމަށް އެންމެންގެ ސަމާލުކަން އިތުރުވީ މިންވަރަކުންނެވެ.

މިއަދުގެ ޚުޠުބާ ނިންމާލަމުން ވަނީ ކުދިންނަށް ނަމާދުކުރަން ދަސްކޮށްދީ އެކަމަށް އާދަކުރުވުމާއިއެކު ކީރިތި ޤްރްއާން ކިޔަވައި ދިނުމަށް މި ދެ ފަރާތުން (ބެލެނިވެރިންނާއި މުދައްރިސުން) ބާރު އެޅުމަށް އިލްތިމާސްކޮށްފައެވެ.

އެހެން ނަމަވެސް މިއަދު ރާއްޖޭގައި މިކަންކަމުގެ ހާލަތު އޮތް ހިސާބަކުން މިއީ އެންމެ ޖުމުލައަކުން ކޮށްލާ އިލްތިމާސަކުން ނަތިޖާ ނެރެވޭނެ ކަމެއް ކަމަކަށް ގިނަ ބައަކު ޤަބޫލެއް ނުކުރެއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







މުޙައްމަދ 2018-01-12 19:37:48

މިއަދުގެ ޚުޠުބާ އިން ބލެނިވެރިންނަށްވެސް ގިނަދަރުސް ތަކެއްލިބިގެންދިޔަކަމުގައިދެކެމެވެ. އެހެނަސް ދެރަކަމަކީ ޓީޗަރުން ދީނުގައި ކަންއޮންނަގޮތާ , ނަމާދު އަދާކުރަން ވާނެކަމާ މިކަންކަން ކުދިންނަށް ކިޔާދީ ހަނދާންކޮށްދިނަސް އެކުދިންގޭގައި އުޅޭވަގުތުބެލެނިވެރިންގެ އެއްބާރުލުމެއްނުލިބި އެކުދިންލައްވާ ދީނީ ކަންތައްތައްނުކުރުވުމެވެ. ނަމާދުވަގުތަކުގައިވެސް ބައްޕަ މަންމަ ގިނަފަހަރަށް ތިބޭނީ ފިލްމުބަލަން ނުވަތަ ނިދާފަ. ބައްއްޓީޗަރުން ނަމާދުކުރަން ކުދިންކާރީބުނުމުން ކުދިންނަމާދުކުރަތީ , ޚާއްސަކޮށް ފަތިސްނަމާދަށް <br /> ތެދުވެ ނަމާދުކުރާތީ އެކަންބޮޑުވެގެން ސަރުކާރުގެ ހަރުކުަލއިބޭފުޅުން އެވާހަކަސްކޫލްގެ ވެރިންނަށް ދައްނަވައިގެން އެކަހަލަކަންތަށް ކުރަން ނައަންގަން ސްކޫލްތަކުގެވެރިންވަނީ ޓީޗަރުންއަރިހުން އެދިފަ. މިހިރީ ކަންހިނގާމަގު. ފުރަތަމަ ނަސޭހަތްދީ ރަނގަލުކުރަންވީ ބެލެނިވެރިން.

Ali 2018-01-12 23:51:06

Varah furihama article eh


އަބްދުއްލަތީފް