އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުއްޕާމޭގެ ކެންސަރު ތަޙައްމަލު ކުރަމުންދާ މަޖީދުގެ ފަރުވާއަށް 8000 ޑޮލަރު ޚަރަދުވޭ، އެހީތެރިވެދެއްވާ!

ފުއްޕާމޭގެ ކެންސަރު ތަޙައްމަލު ކުރަމުންދާ މަޖީދުގެ ފަރުވާއަށް 8000 ޑޮލަރު ޚަރަދުވޭ، އެހީތެރިވެދެއްވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 4 މިނެޓް, 26 ސިކުންތު

ތިމާއަށާއި ތިމާގެ އާއިލާއަށް ދުޅަހެޔޮ ރަނގަޅޫ ސިއްޙަތެއް ލިބުމަކީ ކޮންމެ މީހަކުމެ އެދޭނެ ކަމެކެވެ. އެފަދަ ނަސީބެއް ލިބިފައި ނެތް މީހުންނަށް އެހީތެރިވެދިނުމަކީ ނުހަނު ގިނަ ސަވާބާއި ދަރުމަ ލިބޭ ކަމަކަށްވީ ހިނދު، މިރަނގަޅު އާދަ އަޅުގަނޑުމެންގެ ތެރެއިން ގިނަ މީހުންގެ ކިބައިގާ އަށަގެންފައި ހުރުމަކީ ނިހާޔަތަށް އުފާކުރާ ކަމެކެވެ.



ދިރިއުޅުމުގައި އަބަދުވެސް އަމިއްލައަށް ބުރަ މަސައްކަތް ކޮށްގެން އާމްދަނީ ހޯދަމުން ދިޔަ ތ. ތިމަރަފުށި/ ދިލާވަރުގެ އަބްދުލް މަޖީދު މާހިރު (58އ.)، މިހާރު ދަނީ ފުއްޕާމޭގެ ކެންސަރު ތަޙައްމަލު ކުރަމުންނެވެ. ޑޮކްޓަރުން ބުނެފައިވަނީ މިހާރު އޭނާހުރީ އެބަލީގެ ތިން ވަނަ ސްޓޭޖުގައެވެ. އަދި ކީމޯތެރަޕީ ދިނުމަށްފަހު ޓިއުމަރ އޮޕަރޭޝަން ކުރެވޭނެ ކަމަށް ވެސް ޑޮކްޓަރުން ބުނެފައިވެއެވެ.



"މިއަދުނޫހަށް" ދިން ޚާއްސަ ބަސްދީގަތުމެއްގައި މަޖީދުގެ ދޮށީ އަންހެން ދަރިފުޅޫ ނަސްވާ ޢަބްދުލް މަޖީދު ބުނެފައިވަނީ އޭނާގެ ބައްޕަ ކެންސަރު ބަލި ތަޙައްމަލު ކުރަމުން ގެންދާކަން އެނގުނީ މިދިޔަ އަހަރުގެ ރަމަޟާން މަހު ކަމަށެވެ. އެއިރު ނަސްވާ ދިރިއުޅެމުން ދިޔައީ އޭނާގެ ފިރިމީހާގެ ރަށް ކަމުގައިވާ ލ. ފޮނަދޫ ގައެވެ. އަދި އޭނާގެ ބައްޕަ ދިރިއުޅެމުން ގެންދިޔައީ ތިމަރަފުށީ ގައެވެ.



"މިއަދުނޫހަށް" ދިންޚާއްސަ ބަސްދީގަތުމެއްގައި މަޖީދުގެ ދޮށީ އަންހެންދަރިފުޅު ނަސްވާ ޢަބްދުލްމަޖީދު ވަނީ އޭނާގެ ބައްޕަގެ އެބައްޔާއި ބެހޭގޮތުން މައުލޫމާތު ޙިއްސާކޮށްފައެވެ.

"ބައްޕައަކީ ރަށުގެ ހޮޓަލެއްގައި މަސައްކަތް ކުރި މީހެއް. އެތަނުގައި ހުއްޓާ ބައްޕަ އެއްދުވަހު އަނބުރައި ގަނެގެން ވެއްޓުނީ. ސިއްޙީ މަރުކަޒަށް ގެންދިޔުމުން އެތަނުން ބުނީ ވޭމަންޑޫ ހޮސްޕިޓަލަށް ގެންދަން. ވޭމަންޑޫ ހޮސްޕިޓަލުން އެކްރޭ އެއް ނަގާފަ ބުނީ ފުއްޕާމޭގަ އެއްޗެއް އިންހެން ހީވެޔޭ އެހެންވެ ލަސްނުކޮށް މާލެ ދިޔުމަށް. އެއިރު އަޅުގަނޑު ރަށުގަ ނެތީމަ ބައްޕަ ގޮވައިގެން މާލެ ދިޔައީ މަންމަ. މާލެ ގެންގޮސް ހުޅުމާލެ ހޮސްޕިޓަލުން ވެސް އެކްސް-ރޭ ހެދިއިރު ވެސް ބައްޕަގެ ފުއްޕާމޭގައި އެއްޗެއް އިން. އެހެންވެ ސީޓީ ސްކޭނެއް ހެދަން ޖެހިގެން ދެން ދިޔައީ އޭޑީކޭ އަށް. އެތަނުން ސްކޭން ހެދުމަށްފަހު ބުނީ ފުއްޕާމޭގެ ޑޮކްޓަރަކަށް ދައްކަން. އެޑޮކްޓަރު ވިދާޅުވި ޓިއުމަރ އެއް ހެންނޭ ހީވަނީ ބަޔޮޕްސީ ހަދަންށޭ ޖެހޭނީ." ނަސްވާ ކިޔާދިނެވެ.

ބައްޕަގެ ބަޔޮޕްސީ ހަދަން އެފަހަރު ނަސްވާ ލާރި ފޮނުވިއެވެ. ނަމަވެސް ނަސްވާއަކީ ވެސް ހަތް ދަރިން ބަލަމުން ގެންދާ މީހަކަށްވުމުން، ކޮންމެ ފަހަރަކު އެގޮތަށް ފައިސާ ފޮނުވަން އޭނާއަށް ވެސް ދަތިވިއެވެ.



އޭޑީކޭގެ އައިސީޔޫގައި މަޖީދު އެޑްމިޓް ކުރެވުނެވެ. ކެންސަރު ބަލީގެ ޑޮކްޓަރަކަށް ދައްކަން ބުނުމުން ނަސްވާ މާލެ އައިސް އެކަން ކުރިއެވެ. ކެންސަރު ބަލީގެ ޑޮކްޓަރަކަށް ދެއްކުމުން އެޑޮކްޓަރު ބުނީ މަޖީދުއަށް ހުރީ ފުއްޕާމޭގެ ކެންސަރު ޖެހިފައި ކަމަށާއި ހުރީ ހަތަރު ވަނަ ސްޓޭޖުގައި ކަމަށެވެ. ނަމަވެސް މިހާރު އާސަންދައިގެ އެހީތެރިކަމުންނާއި އެތަކެއް ބޭސްފަރުވާއަށްފަހު މަޖީދުގެ ބަލި ހުރީ ތިންވަނަ ސްޓޭޖުގައެވެ.

މިހާރު މަޖީދުއަށް ބޭނުންވަނީ އަށް ހާސް ޑޮލަރެވެ. އެއީ ތިން ވަނަ ސްޓޭޖުގައި ހުރުމުން ކީމޯ ދިނުމަށްފަހު ޓިއުމަރުގެ އޮޕަރޭޝަން ކުރެވޭނެ ކަމަށް އިންޑިއާގެ ޑޮކްޓަރުން ބުނެފައިވުމުގެ އިތުރުން ރޭޑިއޭޝަން ކީމޯ ދިނުމަށާއި ބޭސްފަރުވާއަށް ހަ މަސް ދުވަސް ވަންދެން އިންޑިއާ ގައި ތިބެންޖެހޭތީ އެހުރިހާ ޚަރަދަކަށް 8000 ޑޮލަރު ބޭނުން ވާތީއެވެ.



"އަޅުގަނޑުމެން ބޭނުންވަނީ ބައްޕަގެ ބައްޔަށް ފުރިހަމައަށް ރަނގަޅަށް ފަރުވާ ކުރުމަށް އެހީތެރިކަމެއް. ނިކަމެއްޗަކަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލުމަކީ ތިމާއަށް ގެއްލިގެންދާނެ އެއްޗެއް ނޫން. އަޅުނގަޑުގެ ބައްޕައަށް އެހީތެރުވެ ދިނުމަށް އެންހެމާ ރައްޔިތުން ކިބައިން އެދެން." ނަސްވާ ބުންޏެވެ.

ނަސްވާގެ ބައްޕައަށް އެހީތެރިވެދޭން ބޭނުންވާ ފަރާތްތަކުން ބީއެމްއެލް އެކައުންޓް ނަންބަރު 7730000133664 (އަލީ ފަރުހާން- ނަސްވާގެ ދޮށީ ފިރިހެން ދަރިފުޅު) އަށް ފައިސާ ޖަމާކޮށްދިނުން އެދެމެވެ. އިތުރު މައުލޫމާތު 9968215 ނަންބަރު ފޯނާއި ގުޅާލާ ހިއްސާ ކޮށްލައްވާށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ