އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް މޮޑަރން އިންޓީރިއަރ ގެ ފަރާތުން ވަރަށް ޚާއްސަ ޕްރޮމޯޝަނެއް

ހުޅުމާލެއަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް މޮޑަރން އިންޓީރިއަރ ގެ ފަރާތުން ވަރަށް ޚާއްސަ ޕްރޮމޯޝަނެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު

ހުޅުމާލެއިން ގޯތިގެދޮރާއި ފްލެޓް ލިބި، އެތަނަށް ދިރިއުޅުން ބަދަލުކުރާ ފަރާތްތަކަށް "މޮޑަރން އިންޓީރިއާރ" ގެ ފަރާތުން ވަރަށް ޚާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ދޮރުފޮތީގެ ވިޔަފާރި ކުރާ މިފަރާތްތަކުން ހުޅުވާލި މިޕްރޮމޯޝަންގައި ވަރަށް ވެސް ހެޔޮ ޑިސްކައުންޓަކާއިއެކު ދޮރުފޮތި ވިއްކާނެ ކަމަށް މައުލޫމާތު ލިބިފައިވެއެވެ.





މިޕްރޮމޯޝަން އާއި ބެހޭ ގޮތުން މައުލޫމާތު ދެއްވަމުން މޮޑަރން އިންޓީރިއާ ގެ މެނޭޖަރ އާދަމް މުއީން (އައްޑަ) ބުނިގޮތުގައި ހުޅުމާލެއަށް މިޕްރޮމޯޝަންގެ ދަށުން ހެޔޮ އަގުތަކާއިއެކު ދޮރުފޮތި ވިއްކުމުގެ އިތުރުން މިން ނަގައި ދިނުމާއި ދޮރުފޮތި އަޅުވާ ދިނުމުގެ ޚިދުމަތް މުޅިން ހިލޭ ދެވޭނެ ކަމަށެވެ.





"މިފަދަ ޕްރޮމޯޝަނެއް ބޭއްވުމުގެ މަޤްސަދަކީ ހުޅުމާލެ ގައި ދިރިއުޅުއްވާ ބޭފުޅުންނަށް ވީހާވެސް ހަރަދު ކުޑަކޮށް މިކަންވުން. އެއީ ފްލެޓަށް ވަންނަން ބޮޑު ޚަރަދެއް ކުރަން ޖެހޭއިރު، ދޮރު ފޮއްޗަކީވެސް ވަރަށް މުހިންމު އެއްޗަކަށްވާނެތީ" އައްޑަ މައުލޫމާތު ދެއްވިއެވެ.

މިހާރުވެސް ފެށިގެން ކުރިއަށްދާ މިޕްރޮމޯޝަން އަންނަ ފެބްރުއަރީ މަހުގެ 15 އާއި ހަމައަށް ކުރިއަށްދާއިރު، މުޅި ފްލެޓްގެ ދޮރުފޮއްޗަށް 2000 ރުފިޔާ ނުވަތަ 3000 ރުފިޔާ އަރާއިރު 1500 ރުފިޔާ ކެނޑިގެންދާނެ ކަމަށް ވެސް އައްޑަ މައުލޫމާތު ދެއްވައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ