އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފޯޓީ ޕްލަސް ގެ ޝޫޓިންގ ގެ ބޮޑު ބައެއް ނިންމާލާ ތަރިން މާލެ އަންނަނީ

ފޯޓީ ޕްލަސް ގެ ޝޫޓިންގ ގެ ބޮޑު ބައެއް ނިންމާލާ ތަރިން މާލެ އަންނަނީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 22 ސިކުންތު

މިދިޔަ އަހަރު ނިކުތް ގިނަ ފިލްމުތަކުގެ ތެރެއިން، ހުރިހާ ބެލުންތެރިންނަށް ވެސް އެންމެ ކަމުދިޔަ އެއް ފިލްމަކީ، ގިނަ ތަރިންތަކަކާއިއެކު ޔޫއްޕެ ޕްރޮޑަކްޝަންސް އާއި އެންވިޝަން އެންޓަރޓެއިންމެންޓުން އުފެއްދި "ނޯޓީ ފޯޓީ" އެވެ.

އެފިލްމުގެ ދެވަނަ ބައި ކަމުގައިވާ "ފޯޓީ ޕްލަސް" ގެ ޝޫޓިންގ ތ. ބުރުނީ ގައި ފެށިގެން ކުރިއަށްދާއިރު، ފިލްމުގެ ޝޫޓިންގ ގެ ބޮޑު ބައެއް މިހާރު ނިމިފައިވާ ކަމަށާއި މިމަހުގެ 20 ވަނަ ދުވަހު ހުރިހާ އެނބުރި މާލެ އަންނާނެ ކަމަށް ފިލްމުގެ ޑައިރެކްޓަރ ޔޫސުފް ޝަފީއު (ޔޫއްޕެ) މައުލޫމާތު ދީފައިވެއެވެ.

"ޝޫޓިންގ އަށް ކުޑަ ޑިލޭއެއް އައީ ވިއްސާރަވެގެން. މިހާރު ގާތްގަނޑަކަށް ނިމިއްޖެ ޝޫޓިންގ" ފޯޓީ ޕްލަސްގެ ޝޫޓިންގ އާއިމެދު މައުލޫމާތު ދެމުން ޔޫއްޕެ ބުންޏެވެ.

ޔޫއްޕެގެ އަމިއްޕަ ސްކްރީންޕްލޭ އަަކަށް ތައްޔާރުކުރާ "ފޯޓީ ޕްލަސް" ގެ މެއިން ކާސްޓުންގެ ގޮތުގައި ފެނިގެން ދާނީ ނޯޓީ ފޯޓީ އިން ވެސް ފެނިގެން ގިޔަ އަޙުނަދު ސައީދު، ޔޫއްޕެ، މަނިކު އަދި އަލީ ސީޒަން އެވެ. އަދި އެފިލްމުން އެންމެންގެ ތަރުހީބު ލިބުން ފާތިމަތު އާޒިފާ (އަޒޫ) އާއި ޝީލާ ނަޖީބު، އަލާ އާޒިމް (ދޮން އައްޔަ)، މުޙައްމަދު ފައިސަލް އަދި ފިލްމީ ދާއިރާއަށް އަލަށް ތަޢާރަފްވާ ފަސް ތަރިން ހިމެނެއެވެ. އޭގެ ތެރެއިން އެކަކީ ޔޫއްޕެގެ "ދެވަންސޫރަ" އިން ވެސް ފެނިގެންދާނެ އެކަކު ކަމުގައިވާ މަރިޔަމް ޝިފާ އެވެ.

"ފޯޓީ ޕްލަސް" ރިލީސް ކުރާނެ ތާރީޚެއް އަދި ކަނޑަނާޅާ ކަމަށް ޔޫއްޕެ ބުނެފައިވެއެވެ.


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ