އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑިފެންޑަރު ފަރޫޤު މާޒިޔާއަށް ސޮއިކޮށްފި

ޑިފެންޑަރު ފަރޫޤު މާޒިޔާއަށް ސޮއިކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 55 ސިކުންތު

މިދިޔަ ސީޒަންގައި ގްރީން ސްޓްރީޓްސްއަށް ކުޅުނު ޑިފެންޑަރު ފަރޫޤު އިސްމާއިލް މި ފެށޭ ސީޒަނަށް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބަށް ސޮއިކޮށްފިއެވެ.

މާޒިޔާއަށް ފަރޫޤު ސޮއިކުރުމާ ގުޅިގެން މާޒިޔާއިން ބުނެފައިވަނީ ފަރޫޤަކީ ރާއްޖޭގެ ފުރަތަމަ ޑިވިޝަންގެ ތަޖުރިބާ ހުރި އުއްމީދީ ޑިފެންޑަރެއްކަމަށެވެ. މިދިޔަ ސީޒަންގައި ގްރީންއަށް މާލޭ ލީގުގެ ދެވަނަ ހޯދުމުގައި ޑިފެންޑަރު ފަރޫޤުގެ ރޯލު ވެސް ވަރަށް ބޮޑެވެ.

އަންނަ ސީޒަނަށް ތައްޔާރުވުމަށް މާޒިޔާއިން އަންނަނީ ގިނަ ކުޅުންތެރިން ހޯދަމުންނެވެ. އެ ގޮތުން މާޒިޔާއިން ވަނީ ޓީސީއަށް ކުޅުނު އެޓޭކިން މިޑްފިލްޑަރު ނާއިޒު ހަސަން (ދާދު)، ގްރީންއަށް ކުޅުނު މިޑްފިލްޑަރު އަހުމަދު ހަސަން، ގްރީންއަށް ކުޅުނު އަހުމަދު ނިޒާމް (ނިޒާމްބެ)، އަދި އީގަލްސްއަށް ކުޅުނު ޑިފެންޑަރު މުޖްތާޒު މުހައްމަދު (މުޖޭ) ގެނެސްފައެވެ.

އެހެން ނަމަވެސް، މިދިޔަ ސީޒަންގައި މާޒިޔާގެ މެދުތެރޭގައި މުހިންމު ރޯލެއް އަދާކުރި މިޑްފިލްޑަރު މުހައްމަދު އުމައިރު ވަނީ މާޒިޔާ ދޫކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ސޮއިކޮށްފައެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް