އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދޭން މަސައްކަތްކުރި ފަރާތްތަކަށް ގެންދަނީ ހުއްޓުމެއް ނެތި އަނިޔާ ދެމުން: ޑރ. ޖަމީލް

2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދޭން މަސައްކަތްކުރި ފަރާތްތަކަށް ގެންދަނީ ހުއްޓުމެއް ނެތި އަނިޔާ ދެމުން: ޑރ. ޖަމީލް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު

"2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ކާމިޔާބުކޮށްދެއްވުމަށް ޤާސިމް އިބްރާހީމް އާއި އެހެން ފަރާތްތަކުން ކުރެއްވި މަސައްކަތުގެ ބަދަލު ރައީސް ޔާމީން ދެއްވަނީ ހުއްޓުމެއް ނެތި އަނިޔާ ދިނުމުން. ވެރިކަން ނޭވާ ހޮޅިއަށް ދިއުމުން ވިޔަފާރިތަކަށް އަރައިގަތުމުގެ ޘަޤާފަތުން ލިބުނު މޮޅެއް އަދި ނުފެނޭ."

މިއީ މިސަރުކާރުގެ ފުރަތަމަ ނައިބް ރައީސް ޑރ. މުޙައްމަދު ޖަމީލް އަޙްމަދު މިއަދު ކުރައްވާފައިވާ ޓްވީޓެކެވެ.

ޑރ. ޖަމީލް މިމޭރުމުން ޓްވީޓް ކުރައްވާފައި މިވަނީ މިސަރުކާރު ވެރިކަމަށް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތްކުރެއްވި އަދި އެތައް މިލިއަން ރުފިޔާއެއް ހޭދަކުރެއްވި ޤާސިމް އިބްރާހީމް ރިޒޯޓުތަކަށް ކަސްޓަމްސް އިން ފުލުހުން ގޮވައިގެން އަރައި ޤާސިމް އިބްރާހީމްގެ 4 ރިޒޯޓުގައި ހުރި ބަނގުރަލާއި އޫރުމަސް އެއްވެސް ޤާނޫނީ ސަބަބެއް ނުދައްކައި ކޮންފިސްކޭޓްކޮށް ގެންދަން ކަސްޓަމާއި ފުލުހުން މަސައްކަތްކުރަމުން ގެންދާ ވަގުތެއްގައެވެ.



Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް