އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އޭއެފްސީ ކަޕަށް ޓީސީ ބަންގްލަދޭޝްއަށް ފުރައިފި

އޭއެފްސީ ކަޕަށް ޓީސީ ބަންގްލަދޭޝްއަށް ފުރައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 16 ސިކުންތު



މި އަހަރުގެ އޭއެފްސީ ކަޕްގެ ޕްލިރިމިނަރީ ބުރުގެ ފުރަތަމަ ލެގު ކުޅުމަށް ޓީސީ ސްޕޯޓްސް ކްލަބް ބަންގްލަދޭޝްއަށް ފުރައިފިއެވެ.

ޕްރިލިމިނަރީ ބުރުގައި ބަންގްލަދޭޝްގެ ސައިފް ސްޕޯޓިން ކްލަބާ ދެކޮޅަށް ޓީސީ ނުކުންނަން ޖެހޭއިރު، މިއީ އޭއެފްސީ ކަޕްގައި ޓީސީގެ ފުރަތަމަ ތަޖުރިބާއެވެ.
ޓީމު ފުރުމުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޓީސީގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) ބުނީ ބޮޑެތި ކްލަބްތައް ފަހަތަށް ޖައްސާލައި ޓީސީއަށް އޭއެފްސީގައި ވާދަކުރަން ލިބުމަކީ ވެސް ބޮޑު ކާމިޔާބީއެއް ކަމަށާއި އެހެން ނަމަވެސް މި ހިސާބުން ނިންމާލަން ބޭނުންނުވާ ކަމަށެވެ. ޓީސީގެ އަމާޒަކީ ގްރޫޕް ސްތޭޖުން ވެސް ޖާގަ ހޯދައި މުބާރާތުގެ ވީހާވެސް ދުރަކަށް ދަތުރުކުރުންކަމަށް ނިޒާމްބެ ބުންޏެވެ.

މި ސީޒަނަށް ޓީސީއާ އަލަށް ގުޅުނު ނައިޖީރިއާގެ ފޯވާޑު އަނިޔާގެ ސަބަބުން މި މެޗު ކުޅެން ޓީސީއާއެކު ބަންގްލަދޭޝްއަށް ނުދާނެކަމަށް މީޑިއާއާ ވާހަކަދައްކަމުން ނިޒާމްބެ ބުންޏެވެ.
ޕްރިލިމިނަރީ ބުރުގެ އަނެއް މެޗުގައި ބައްދަލުކުރާނީ އިންޑިއާގެ ބެންގަލޫރް އެފްސީއާއި ބޫޓާންގެ ޓްރާންސްޕޯޓް ޔުނައިޓެޑެވެ. ޕްރިލިމިނަރީ ބުރުން މޮޅުވާ ދެ ޓީމެއް ދެން ބައްދަލުކުރަން ޖެހޭނީ ޕްލޭއޮފް ބުރުގައެވެ. މުބާރާތުގެ ދެކުނު އޭޝިއާ ޒޯންގެ ގްރޫޕްގެ ޖާގައެއް ލިބޭނީ ޕްލޭއޮފް ބުރު ކާމިޔާބުކުރާ ޓީމަކަށެވެ.
ބަންގްލަދޭޝްގެ ސައިފް ސްޕޯޓްސް ކްލަބާ ދެކޮޅަށް ރަށުން ބޭރު ލެގުގައި ޓީސީ ނުކުންނަ މެޗު ފަށާނީ އަންނަ އަންގާރަ ދުވަހު ރާއްޖެ ގަޑިން މެންދުރު 2:00 ގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް