އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކު ޅ.ނައިފަރުން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު ކުޑަކުއްޖަކު ޅ.ނައިފަރުން ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 49 ސިކުންތު

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ނައިފަރު ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 17 އަހަރުގެ ފިރިހެން ކުއްޖަކު ޅ.ނައިފަރުން ހައްޔަރުކޮށްފިއެވެ.

މިކުއްޖާ ހައްޔަރުކޮށްފަައިވަނީ މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި މި ޖެނުއަރީ 18 ވަނަ ދުވަހުގެރޭ 00:55 ހާއިރު އެކުއްޖާ ދިރިއުޅެމުންދާ ގެއިންނެވެ.

އެކުއްޖާ ހައްޔަރުކޮށް ކޯޓުއަމުރެއްގެ ދަށުން އެކުއްޖާ ދިރިއުޅޭ ގެ ބަލައިފާސްކުރިއިރު އެގޭ ކޮޓަރިއެއްގައި ތަތްކޮށްފައިވާ ސްޓިކާއެއްގެ ތެރެއިން މަސްތުވާތަކެތިކަމަށްޝައްކުކުރެވޭ އެއްޗެއްހުރި 37 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ކުއްޖާގެ ބަންދާމެދު ގޮތެއް ނިންމުމަށް ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަށް ހާޟިރުކުރުމުން މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް 10 ދުވަހުގެ މުއްދަތެއް ދީފައިވެއެވެ.

މި މައްސަލަ ނައިފަރު ޕޮލިސް ސްޓޭޝަނުން ދަނީ ތަޙްޤީގް ކުރަމުންނެވެ.

ޙަބަރު ޕޮލިސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު