އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކަނޑިތީމުގައި ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި

ކަނޑިތީމުގައި ޓްރެފިކް އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 45 ސިކުންތު

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ށ.ކަނޑިތީމު ޕޮލިސް ސްޓޭޝަނުން އެރަށުގައި ޓްރެފިކް އޮޕަރޭޝަނެއް ހިންގައިފިއެވެ.

މި މަހުގެ 20 ވަނަ ދުވަހުގެ ހަވީރު ކަނޑިތީމުގައި ހިންގި މި ޓްރެފިކް އޮޕަރޭޝަނަކީ މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށް ކަނޑިތީމުގައި ދުއްވާ އުޅަނދުތަކަކީ ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ދުއްވާ އުޅަނދުތަކެއްތޯ ބެލުމުގެ ގޮތުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. މި އޮޕަރޭޝަންގައި ރަށުގެ އެކި ސަރަހައްދުތަކުގައި ޗެކްޕޮއިންޓްތައް ޤާއިމްކޮށް އުޅަނދުތަކުގެ އަހަރީފީ އާއި އިންޝުއަރެންސް ސްޓިކާއާއި ރޯޑްވާދިނަސް ސްޓިކާގެ އިތުރުން ޓްރެފިކްގެ އެހެނިހެން ވައިލޭޝަންތައް ބަލައި ޗެކްކޮށްފައިވެއެވެ.

މިގޮތުން މި އޮޕަރޭޝަނުގައި ކަނޑިތީމުގައި ދުއްވާ 12 އުޅަނދެއް ބަލައިފާސްކޮށްފައިވެއެވެ. މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން ދަނީ ސިލްސިލާކޮށް ޓްރެފިކް އޮޕަރޭޝަންތައް ހިންގަމުންދެއެވެ

ޙަބަރު ޕޮލިސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު