އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

މަސްތުވާތަކެއްޗާއެކު 17 އަހަރު ގެ ކުޑަކުއްޖަކު އޭދަފުށިން ހައްޔަރުކޮށްފި

މަސްތުވާތަކެއްޗާއެކު 17 އަހަރު ގެ ކުޑަކުއްޖަކު އޭދަފުށިން ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 33 ސިކުންތު

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ފުލުހުން ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު 17 އަހަރުގެ ކުއްޖަކު ހައްޔަރުކޮށްފިއެވެ.

މި ކުއްޖާ ހައްޔަރުކޮށްފައިވަނީ އޭދަފުއްޓަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން އޭދަފުށީ ޕޮލިސް ސްޓޭޝަނާއި ފުލުހުންގެ އިންޓެލިޖެންސްގެ ގުޅިގެން ޖެނުއަރީ މަހުގެ 18 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި އެރަށު ބަނދަރު ސަރަޙައްދުންނެވެ. މި ކުއްޖާ ހުއްޓުވައި ބަލައިފާސްކުރިއިރު އޭނާގެ އަތުން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 74 ރަބަރު ޕެކެޓް ފެނިފައިވެއެވެ.

މިމައްސަލަ ބ. އޭދަފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.

ޙަބަރު ޕޮލިސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު