އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ވައްޟުޙާ: ޑިޕްރެޝަންގެ ޙާލަތުގާ ﷲ ރަސޫލާ (ޞޢވ) އަށް ދެއްވި ފަރުވާ- އެންމެންނަށްވެސް ފަރުވާއެއް!

ވައްޟުޙާ: ޑިޕްރެޝަންގެ ޙާލަތުގާ ﷲ ރަސޫލާ (ޞޢވ) އަށް ދެއްވި ފަރުވާ- އެންމެންނަށްވެސް ފަރުވާއެއް!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 32 ސިކުންތު

މާތް ﷲ ގެ ޙަޟްރަތުން ކަންކަމަށް އެދި ދަންނަވަމުންދާއިރުވެސް އެއްވެސް ކަމެއް ފުރިހަމަނުވާނަމަ، އަދި ތަކުރާރުކޮށް ދެރަގޮތްތައް އެމީހަކަށް މެދުވެރިވަމުން ދާނަމަ މާތް ﷲ އެމީހަކު ދޫކޮށްލެއްވެވީކަމަށް ހީކޮށް މާޔޫސް ވެވުމަކީ ގިނަބައަކަށް ވަމުން އަންނަ ކަމެކެވެ. އެހެން ނަމަވެސް އެއީ ހަޤީޤަތެއް ނޫނެވެ.

ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) އަށްވެސް މިފަދަ ހާލަތެއް ކުރިމަތިވެފުޅުވެވަޑައިގެންނެވިއެވެ. ވަހީ އާއި ހުވަފެން ފުޅުތައް 6 މަހެއްހައި ދުވަހަށް މެދުކެނޑިގެންދިއައުމުންނެވެ. އެހާލަތުގައި އިތުރު މާތް ނަބިއްޔާ އަށް ހީވުފުޅުވެވަޑައިގަތީ މާތް ﷲ އިތުރު މާތް ނަބިއްޔާ ދޫކޮށްލެއްވެވީ ކަމަށެވެ. މާތް ﷲ އަށް އިތުރު މާތް ނަބިއްޔާގެ ބޭނުންފުޅު ކެނޑިވަޑައިގަތީ ކަމަށެވެ.



އެ ޙާލަތުގައި އިތުރު މާތް ނަބިއްޔާ ވަނިކޮށް މާތް ﷲ ބާއްވަވައިލެއްވެވީ ވައްޟުހާ ސޫރަތެވެ. އެސޫރަތުގައި މާތް ﷲ ވަނީ އިތުރު މާތް ނަބިއްޔާ ދޫނުކުރައްވަވާ ކަމަށް ވަޙީ ކުރައްވަވައިފައެވެ. އަދި މާޔޫސްވެވަޑައި ނުގަތުމަށްވެސް އަންގަވައިފައެވެ.

ވައްޟުހާ ސޫރަތުގައިވާ އާޔަތްތަކުގެ މާނަ ރަނގަޅަށް ކިޔައިލާށެވެ. ޑިޕްރެޝަންގެ ހާލަތުގައި ހުރި ކޮންމެ މީހަކަށްވެސް އެންމެ ރަނގަޅު ފަރުވާއަށް ވެގެންދާނެއެވެ.

ިތިމާއަށް ލިބިފައިވާ ނިކަމެތިކަމަށް ކަންބޮޑުވެ މާޔޫސްވަމުންދާއިރު އެއަށްވުރެ މާނިކަމެތިހާލުގައި ތިބާ ވަނިކޮށް ތިބާއަށް ދެއްވަވާފައިވާ ނިޢުމަތްތަކަށް ވިސްނައިލުމުގެ ފުރުޞަތު ފަހިވެގެންދާނެއެވެ. އެކަންކަމަށް ވިސްނައިލުމުން މާޔޫސްވެ ކަންބޮޑުވުމެއް ނެތްކަން ވެސް އެނގިގެންދާނެއެވެ.

ގުޅުންހުރި ލިޔުން:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







2018-01-22 19:43:52

Tharujamaa ves liyuvvinama varah Salhi vees.


އަބްދުއްލަތީފް