އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ލީގު ތާވަލުގެ ފުލުގައި އޮތް ސްވެންސީ އަތުން ލިވަޕޫލް ބަލިވެއްޖެ

ލީގު ތާވަލުގެ ފުލުގައި އޮތް ސްވެންސީ އަތުން ލިވަޕޫލް ބަލިވެއްޖެ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 2 ސިކުންތު



އިނގިރޭސި ޕްރެމިއާ ލީގުގެ ތާވަލުގެ އެންމެ ފުލުގައި އޮތް ސްވެންސީ ސިޓީއާ ކުޅެ ލިވަޕޫލް ބަލިވެއްޖެއެވެ.

ސްވެންސީގެ ދަނޑުގައި ކުޅުނު މި ލީގު މެޗުން ލިވަޕޫލް ބަލިވީ 0-1 ގެ ނަތީޖާއިންނެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ސްވެންސީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 40 ވަނަ މިނެޓުގައި އެ ޓީމުގެ ޑިފެންޑަރު އަލްފީ މޭސަންއެވެ.

މި މެޗުގައި ސްވެންސީގެ ގޯލާ ދިމާއަށް 21 ހަމަލާއެއް ލިވަޕޫލްއިން ފޮނުވާލި ނަމަވެސް މެޗު ނިމުމުގެ ކުރިން ލިވަޕޫލްއަށް ސްވެންސީގެ ގޯލު ފޫއަޅުވާލެވޭނެ ގޮތް ވަނީ ނުވެފައެވެ. ލިވަޕޫލްގެ ފޯވާޑުން ފޮނުވާލި ގިނަ ހަމަލާ ގޯލާ ސީދާ ނުވެފައިވާއިރު، ސްވެންސީގެ ގޯލްކީޕަރު ލޫކަސް ފަބިއަންސްކީގެ ފަރާތުން މުހިންމު ދިފާއުތަކެއް ފެނިގެން ގޮސްފައިވެއެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު ސްވެންސީ ސިޓީ އޮތީ ލީގު ތާވަލުގެ އެންމެ ފުލުގައި 20 ޕޮއިންޓާއެކުއެވެ. ރޭގެ މެޗުން މޮޅުވެގެން ރެލިގޭޝަނުން ސަލާމަތްވުމަށް ސްވެންސީ ކުރަމުންދާ މަސައްކަތަށް ވަނީ އިތުރު ހިތްވަރެއް ލިބިގެން ގޮސްފައެވެ. ލިވަޕޫލް އޮތީ ލީގު ތާވަލުގެ ހަތަރުވަނައިގައި 47 ޕޮއިންޓާއެކުއެވެ.

އިނގިރޭސި ލީގުގައި ލިވަޕޫލް ދެން ބައްދަލުކުރާނީ ހަޑާސްފީލްޑްއާއެވެ. ސްވެންސީ ނުކުންނާނީ އާސެނަލްއާ ދެކޮޅަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް