އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކެވިން ޑެ ބްރައިން ސިޓީގެ ކޮންޓްރެކްޓް އާކޮށްފި

ކެވިން ޑެ ބްރައިން ސިޓީގެ ކޮންޓްރެކްޓް އާކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 10 ސިކުންތު



މެންޗެސްޓާ ސިޓީއަށް ކުޅެމުން އަންނަ ބެލްޖިއަމްގެ ހުނަރުވެރި މިޑްފިލްޑަރު ކެވިން ޑެ ބްރައިން، އެ ކްލަބާއެކު ހަދާފައިވާ ކޮންޓްރެކްޓް އާކުރަން އެއްބަސްވެ، އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
ސިޓީއާއެކު ހަދާފައިވާ ކޮންޓްރެކްޓް ކެވިން ޑެ ބްރައިން އާކުރީ ފަސް އަހަރާއި ހަ މަހުގެ މުއްދަތަކަށެވެ. މި ކޮންޓްރެކްޓް ހަމަވެގެންދާނީ ޖޫން 2023 ގައެވެ.

ޖަރުމަނުގެ ވޮލްފްސްބާގްއުން 55 މިލިއަން ޕައުންޑްގެ ޓްރާންސްފާ ފީއެއްގައި މެންޗެސްޓާ ސިޓީއަށް ކެވިން ޑެ ބްރައިން ބަދަލުވީ 2015 އަހަރުއެވެ. އެއަށްފަހުގައި، މިހާތަނަށް ސިޓީއަށް ކުޅުނު 122 މެޗުގައި ކެވިން ޑެ ބްރައިން ވަނީ 31 ލަނޑު ކާމިޔާބުކޮށްފައެވެ.

އުމުރުން 26 އަހަރުގެ މި ކުޅުންތެރިޔާ ސިޓީއާ ގުޅުނު ފަހުން މިހާތަނަށް ޕްރެމިއާ ލީގުގައި އެންމެ އެސިސްޓް ހަދާފައިވާނީ އޭނާއެވެ. ކެވިން ޑެ ބްރައިން ވަނީ މިހާތަނަށް ސިޓީގެ 38 ލަނޑު ޖަހާދޭން އެސިސްޓްކޮށްފައެވެ.

ކެވިން ޑެ ބްރައިންގެ އިތުރުން ދާދިފަހުން ސިޓީއިން ވަނީ އެ ކްލަބަށް ކުޅެމުން އަންނަ މިޑްފިލްޑަރު ފާނަންޑީނިއޯ، އަދި އާޖެންޓީނާ ޑިފެންޑަރު ނިކޮލަސް އޮޓެމެންޑީގެ ކޮންޓްރެޓް ވެސް އާކޮށްފައެވެ.
ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން މެންޗެސްޓާ ސިޓީއިން އަންނަނީ މި ސީޒަންގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. އެ ގޮތުން، އިނގިރޭސި ޕްެރެމިއާ ލީގުގެ ތާވަލުގެ އެއްވަނައިގައި ސިޓީ އޮތީ ދެވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށްވުރެ 12 ޕޮއިންޓްގެ ލީޑުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް