އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ފުލުހުން ހިންގި ދެއޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި

ފުލުހުން ހިންގި ދެއޮޕަރޭޝަނެއްގައި މަސްތުވާތަކެއްޗާއެކު ދެމީހަކު ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 38 ސިކުންތު

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ގދ.ގައްދޫ އާއި ގއ.ކޮލަމާފުށީގައި ހިންގި އޮޕަރޭޝަނެއްގައި މަސްތުވާތަކެތި ހޯދައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން ހިންގި މި ދެ އޮޕަރޭޝަނުގެ ތެރެއިން ގދ.ގައްދޫގައި ހިންގި އޮޕަރޭޝަނަކީ، މަސްތުވާތަކެތި ގެންގުޅޭކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުގެރޭ 19:30 ހާއިރު ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ 28 އަހަރުގެ ފިރިހެނެކެވެ. މިމީހާ ހައްޔަރުކޮށް އޭނާ ބަލައިފާސްކުރަން އުޅުމުން އޭނާގެ އަތުގައި އޮތް އެއްޗެއް ވަނީ އެއްލައިލާފައެވެ. އޭނާ ހައްޔަރުކޮށް އޭނާގެ ހާޟިރުގައި އެސަަރަޙައްދު ބަލައިފާސްކުރިއިރު އޭނާ ހުރިދިމާ ބިންމަތިން ނެގި ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ބުލެޓް ސައިޒްގެ 5 ރަބަރު ޕެކެޓާއި ކުދި 7 ރަބަރު ޕެކެޓު ފެނިފައިވެއެވެ.

ގއ.ކޮލަމާފުށީގައި ފުލުހުން ހިންގި އޮޕަރޭޝަނަކީ އެރަށުގައި މަސްތުވާތަކެތި ގެންގުޅެ އެތަކެތީގެ ވިޔަފާރިކުރަމުންދާކަމަށް ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި ޖަނަވަރީ މަހުގެ 22 ވަނަ ދުވަހު ހިންގި އޮޕަރޭޝަނެކެވެ.

މި އޮޕަރޭޝަނުގައި ކޯޓުއަމުރެއްގެ ދަށުން ކޮލަމާފުށި ގެއެއް ބަލައިފާސްކޮށްފައިވާއިރު އެގޭގެ ކޮޓަރިއެއްގައިހުރި މޭޒެއްގެ މަތިން ފެނުނު ސިނގިރޭޓް ފޮއްޓެއްގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި ރަބަރު ޕެކެޓަކާއި 10 ސެލޯފިންކޮޅު ފެނިފައިވެއެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 23 އަހަރުގެ ފިރިހެނެކެވެ.މި ދެމައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާ ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޟިރުކުރުމުން، މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކަނޑައަޅާ ތަނެއްގައި ބަންދުގައި ބެހެއްޓުމަށް ވަނީ މުއްދަތު ދީފަވެއެވެ.

މިގޮތުން 28 އަހަރުގެ މީހާއަށް ގދ.ގައްދޫ މެޖިސްޓްރޭޓް ކޯޓުން 7 ދުވަހުގެ މުއްދަތެއް ދީފައިވާއިރު 23 އަހަރުގެ މީހާއަށް ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓުން ވަނީ 12 ދުވަހުގެ މުއްދަތެއް ދީފަވެއެވެ..

މި ދެ މައްސަލަ ގދ.ގައްދޫ ޕޮލިސް ސްޓޭޝަނާއި ގއ.ކޮލަމާފުށި ޕޮލިސް ސްޓޭޝަނުން ދަނީ ތަޙުޤީޤު ކުރަމުންއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު