އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުލަގަދަ ރަސްމިއްޔާތަކާއެކު އެމްއެންޑީއެފް އިންޓަރ ޔުނިޓް 15 ވަނަ ފުޓްބޯޅަ މުބާރާތް ފަށައިފި

ކުލަގަދަ ރަސްމިއްޔާތަކާއެކު އެމްއެންޑީއެފް އިންޓަރ ޔުނިޓް 15 ވަނަ ފުޓްބޯޅަ މުބާރާތް ފަށައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 53 ސިކުންތު

ކޮމާންޑަރ އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވޭ އެމްއެންޑީއެފް 15 ވަނަ އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް ކުލަގަދަ ރަސްމިއްޔާތަކާއެކު ރޭ ފަށައިފި އެވެ.

މުބާރާތް ފެށުމުގެ ގޮތުން އެފްއޭއެމް އެއް ނަމްބަރު ޓާރފް ދަނޑުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފްޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަލްފާޟިލް ބައްސާމް އަދީލް ޖަލީލު އެވެ.މުބާރާތް ފެށުމުގެ ގޮތުން ރޭ ކުޅެވުނު މެޗުގައި ބައްދަލުކުރީ މި މުބާރާތުގެ އެއްވަނަ ޑިވިޜަންގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމް ފަޔަރ އެންޑް ރެސްކިއު ސާރަވިސްއާއި މެރިން ޑިޕްލޮއިވްމަންޓް ޔުނިޓް 2 ގެ ޓީމެވެ. މި މެޗު 2-0 ގެ ނަތީޖާއިން ކާމިޔާބުކުރީ ފަޔަރ އެންޑް ރެސްކިއު ސާރަވިސްގެ ޓީމެވެ.
ދެ ޑިވިޜަންއަކަށް ބަހާލެވިގެން ކުރިއަށްދާ މި މުބާރާތުގެ އެއް ވަނަ ޑިވިޜަންގައި 10 ޓީމް ހިމެނިފައިވާއިރު ދެ ވަނަ ޑިވިޜަންގައި 9 ޓީމް ހިމެނެއެވެ. ފުރަތަމަ ޑިވިޜަންގައި ހިމެނޭ ޓީމުތަކަކީ ފަޔަރ އެންޑް ރެސްކިއު ސަރވިސް، މެރިން ޑިޕްލޮއިމަންޓް ޔުނިޓް 2، ސްޕެޝަލް ޕްރޮޓެކްޝަން ގްރޫޕް، އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާސް، ޕްރެސިޑެންޝަލް ގާޑް، މާލޭ އޭރިއާ ހުޅުލެ ޕޯސްޓް، މެރިން ޑިޕްލޮއިމަންޓް ޔުނިޓް 3، ސެންޓްރަލް އޭރިއާ، މެރިން ޑިޕްލޮއިމަންޓް ޔުނިޓް 1ގެ އިތުރުން ކޯސްޓްގާޑެވެ. ދެވަނަ ޑިވިޜަންގައި ހިމެނޭ ޓީމުތަކަކީ ބޭންޑް އެންޑް މިއުޒިކް ވިންގް އަދި ސަޕްލައި ސަޕޯޓް ސާވިސް ކޮމްބައިން ޓީމް، ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަރޑީޒް އަދި ކްއާޓަރ މާސްޓަރ ސަރވިސްގެ ކޮމްބައިން ޓީމް، ޑިފެންސް އިންޓެލިޖެންސް ސަރވިސް އަދި ދިވެހި ސިފައިންގެ ކުލަބުގެ ކޮމްބައިން ޓީމް، މިލިޓަރީ އިންޖިނިއާސް، މިލިޓަރީ ޕޮލިސް، ސިގްނަލް އަދި މެޑިކަލް ސަރވިސްގެ ކޮމްބައިން ޓީމް، އޯޑަނަންސް ސަރވިސް، ޓްރާންސްޕޯޓް ސަރވިސް އަދި މީޑިއާ އެންޑް ޕަބްލިޝިންގ ސަރވިސްގެ ކޮމްބައިން ޓީމްގެ އިތުރުން އިންޓެގްރޭޓެޑް ހެޑްކުއޯޓާރޒްގެ ޓީމެވެ.މި މަހުގެ 28 ވަނަ ދުވަހުން ފެށިގެން އަންނަ މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ ހުރީހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ އެފްއޭއެމް އެއް ނަމްބަރު ޓާރފް ދަނޑު ގައެވެ.
މިރަސްމިއްޔާތުގައި މުބާރާތަށް ތައްޔާރުކޮށްފައިވާ ތީމް ލަވައެއް ވަނީ ހުށަހަޅައިދީފައެވެ. މީގެ އިތުރުން ހަވާ އެރުވުމުގެ ހަރަކާތްތަކާއެކު މުބާރާތުގެ ދެ ޑިވިޜަންގެ ތަށި ދަނޑަށް ގެނެސްފައިވަނީ އެމްއެންޑީއެފް ޑްރިލް ވިންގުންނެވެ. މި މުބާރާތުގެ ތައްޓަކީ އެމްއެންޑީއެފް އިލެކްޓްރިކަލް އެންޑް މެކޭނިކަލް އިންޖިނިއާޒްގެ ހުނަރުވެރި ސިފައިން ތައްޔާރުކޮށްފައިވާ ތައްޓެކެވެ.
ކޮމާންޑަރ އިސްމާޢީލް ދީދީގެ ހަނދާނީ ވާދައިގެ ތައްޓަށް ކުޅެވޭ އެމްއެންޑީއެފް 15 ވަނަ އިންޓަރ ޔުނިޓް ފުޓްބޯޅަ މުބާރާތް ފެށުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ އޮނަރަބަލް އާދަމް ޝަރީފް ޢުމަރާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަޙްމަދު ޝިޔާމާއި އެމްއެންޑީއެފްގެ ޖެނެރަލް އޮފިސަރުންނާއި އެހެނިހެން ރޭންކުތަކުގެ އޮފިސަރުންގެ އިތުރުން ގިނައަދަދެއްގެ ސިފައިންނާއި މުބާރާތުގެ ޓީމުތަކުން ބައިވެރިވިއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު