އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ހިންމަފުށީ އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު ފޯނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި

ހިންމަފުށީ އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު ފޯނުތަކަކާއެކު މީހަކު ހައްޔަރުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 8 ސިކުންތު

ކ.ހިންމަފުށީގައި ހުންނަ އައްސޭރި ޖަލަށް އެތެރެކުރަން އުޅުނު ފޯނުތަކަކާއި ބައެއް ސާމާނު ހޯދައި، މި މައްސާލަގައި މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އައްސޭރި ޖަލަށް ފޯނުތަކެއް އެތެރެކުރަން އުޅޭކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ކ.ހިންމަފުށީ ޕޮލިސް ސްޓޭޝަނާއި އައްސޭރި ޖަލުގެ މުވައްޒަފުންނާއި ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި މިދިޔަ ބުދަ ދުވަހުގެ ރޭ 30 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށެވެ.

މި މީހާއަށް އައްސޭރި ޖަލުގެ މުވައްޒަފުން ފެނުމާއެކު ފިލަން ދުވެފައި ގޮސް އައްސޭރި ޖަލުގެ އުތުރުފަރާތު މޫދަށް އޭނާގެ އަތުގައި އޮތް ކޮތަޅެއް އެއްލާލާފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. އަދި އެ މީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ކޮތަޅު އެއްލި ދިމާ ބަލައި ފާސްކުރިއިރު މޫދުން ފެނުނު ކޮތަޅެއްގެ ތެރެއިން 9 ފޯނު، 12 ހެޑްސެޓް، 7 ޗާޖަރު، އަދިވެސް ފޯނާ ގުޅޭ އެހެނިހެން ސާމާނު ފެނިފައިވާކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ކ.ހުރާ މެޖިސްޓްރޭޓް ކޯޓުން ވަނީ ހޯމް މިނިސްޓްރީން ކަނޑައަޅާ ތަނެއްގައި މި މީހާ ބަންދުގައި ބެހެއްޓުމަށް 15 ދުވަހުގެ މުއްދަތެއް ދީފައެވެ.

ކ.ހިންމަފުށި ޕޮލިސް ސްޓޭޝަނުން ދަނީ މި މައްސަލަ އިތުރަށް ތަހުޤީޤު ކުރަމުންނެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް