އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސުވަރުގެ ވަންނަ އަންހެނުންނާއި ހޫރަލްޢީނުންގެ މެދުގައި ހިނގާނެ "ޒުވާބެއްގެ" ވާހަކަ- ކުރި ހޯދާނީ ދުނިޔެއިން ގޮސް ވަންނަ އަންހެނުން!

ސުވަރުގެ ވަންނަ އަންހެނުންނާއި ހޫރަލްޢީނުންގެ މެދުގައި ހިނގާނެ "ޒުވާބެއްގެ" ވާހަކަ- ކުރި ހޯދާނީ ދުނިޔެއިން ގޮސް ވަންނަ އަންހެނުން!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 49 ސިކުންތު

ދުނިޔެ ބޭނުންވެގެން ސުވަރުގޭގެ ޙޫރަލްޢީނުން ބޭނުން ނުވާބައަކު އެބައުޅެއެވެ. އެމީހުން ބޭނުންވަނީ ސުވަރުގެއާއި ޙޫރަލްޢީނުންނެއް ނޫނެވެ. ދުނިޔެއެވެ. ދުނިޔޭގައި ވަގުތީ އުފާތައް ޙާޞިލްކުރުމަށެވެ. ހަޑިމުޑުދާރު ވެގެންވާ ފާހިޝް އަމަލުތައް ކުރުމަށެވެ.

ނަތީޖާއަކީ ދުނިޔޭގައި ތިބެގެން ކުރާ އަމަލުތަކުގެ ސަބަބުން ސުވަރުގެ ނުލިބެނީއެވެ. ސުވަރުގެ ނުލިބުމުން ޙޫރަލްޢީނުންވެސް ނުލިބެނީއެވެ. ނަމަވެސް ނިކަން ވިސްނައިލަބަލާށެވެ.

ދުނިޔެ ބޭނުންވެގެން ޙޫރަލްޢީނުން ދޫކޮށްލާއިރު އެއިން ބޭކަނބަލެއްގެ އިނގިލިފުޅުގެ ކޮޅުގެ އަލިކަންވެސް އިރާއި ހަނދަށްވުރެ މާބޮޑެވެ. އިރާއި ހަނދު އެއްކޮށްލުމުން ލިބޭނެ އަލިކަމަށްވުރެ މާ އަލި ގަދައެވެ. އެނގޭހެއްޔެވެ؟ ތިބާއަށް މާތްﷲ ޙޫރަލްޢީނަކު ދެއްވެވުމުން އެކަނބަލުންގެ ރީތިކަމާއި ފުރިހަމަކަމަށް ބަލަން ތިބާ 40 އަހަރު ދުވަހު ހުންނާނެއެވެ.

އެއިން ބޭކަނބަލެއްގެ ހަށިކޮޅުން ދުވާ މީރުވަސް ދުނިޔެއަށް ފޯރައިފިނަމަ މުޅި ދުނިޔެ މީރުވަހުން ފުރިގެންދާނެއެވެ. އެއިން ބޭކަނބަލަކު ދުނިޔޭގެ ކަނޑުތަކަށް، 7 އޯޝަން ހިމެނޭ ގޮތަށް ކުޅެއް ޖައްސަވައިފިނަމަ ހުރިހައި ކަނޑުތަކެއް މީރުފެނަށް ބަދަލުވެގެންދާނެއެވެ.

އެހެންކަމާއިއެކުވެސް މީސްތަކުންނަކަށް މިކަންކަން ޤަބޫލެއް ނުކުރެވެއެވެ. ޝައިޠާނާއަށް ހެއްލެވެނީއެވެ. އާޚިރަތާއި ސުވަރުގެއާއި ޙޫރުލްޢީނުން ވެސް ދޫކޮށްލަނީއެވެ.

މާތްﷲ ސުވަރުގެ ވައްދަވާ އަންހެނުންވެސް ވައްދަވަނީ ހަމައެހައިމެ ފުރިހަމަކަމާއިއެކުގައެވެ. އެކަނބަލުންގެ ހަށިތައް ފޮރުވިފައިވާނީ ސިލްކާއި އަގުބޮޑު ގަހަނާތަކުންނެވެ. މޫނުތައް ފެންނާނީ އަލިގަދަ ނޫރުތަކެއްގެ ގޮތުގައެވެ.

އެނގޭހެއްޔެވެ. ޙޫރަލްޢީނުން އެމީހުންގެ މަތިވެރިކަމުގެ ވާހަކަ ޅެންބަހުން އެކަނބަލުންގެ ފިރިންނަށް ކިޔައިދޭނެއެވެ. އެކަނބަލުން ފިރިންނާއި ދުވަހަކުވެސް ވަކިނުވާނެ ވާހަކައާއި އަބަދުވެސް ތިބޭނީ ޚިދުމަތުގައި ކަމަށް ބުނާނެއެވެ.

އެކަނބަލުންގެ ޅެން ނިމުމުން ދުނިޔެއިން ގޮސް ސުވަރުގެވަދެ ތިބި އަނބިން ރައްދު ދޭނެއެވެ. ހަމަ އެފަދަ ލަވައެއް ކިޔާނެތެވެ. އަހަރެމެންގެ މާތްކަން މާބޮޑެވެ. ކިޔާނެތެވެ. އަހަރެމެން ވުޟޫ ކުރީމެވެ. ނަމާދުކުރީމުއެވެ. ރޯދަހިފީމުއެވެ. އަހަރެމެންގެ ގަހަނާތަކުން މާތް ﷲ ގެ މަގުގައި ޞަދަޤާތްކުރީމުއެވެ. މިފަދަ އެތައް ކަމެއް ކިޔާނެއެވެ. ކޮންމެ ކަމަކާއި ގުޅިގެން ބުނާނެއެވެ. މިއިން އެއްވެސް ކަމެއް ކަލޭމެން (ޙޫރަލްޢީނުން) ނުކުރެއެވެ. އެހެންވީމާ އަހަރެމެންގެ މަތިވެރިކަން މާބޮޑެވެ.

(މިއާއިއެކު ވިސްނައިލުން މުހިންމު އިތުރު ކަމެއްވެސް އެބައޮތެވެ. ޙޫރަލްޢީނުންނަކީ މާތް ﷲ ވަކި ބައެއްގެ ޚިދުމަތުގައި އުފައްދަވާ ބައެކެވެ. އިތުރު ކަމެއް ކުރުމުގެ އިޚްތިޔާރެއް ނުދެއްވަވައެވެ. ނަމަވެސް މާތް ﷲ އަންހެނުން އުފެއްދެވީ އިތުރު އިޚްތިޔާރުތަކެއް ދެއްވަވައިފައެވެ. އެހެންކަމާއިއެކުވެސް ފިރިމީހާއަށްޓަކައި ވަފާތެރިވި އަންހެނުންގެ މަތިވެރިކަމުގެ ބޮޑުކަމެވެ.)

އެކަކަށްވުރެ ގިނަ ފިރިންނާއި ކައިވެނިކުރަންޖެހުނު އަންހެނެއްގެ ހުރިހާ ފިރިން ސުވަރުގެ ދެއްވަވައިފިނަމަ އެ އަންހެނަކު އިޚްތިޔާރުކުރާނީ ކޮން ފިރިއެއް ހެއްޔެވެ؟ މިސުވާލުގެ ޖަވާބުގައި ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ޙަދީޘްފުޅު ކުރެއްވެވީ އެ އަންހެނަކަށް އެންމެ އޯގާތެރިކޮށް ހިތި ފިރިމީހާ ކަމަށެވެ.

ސުވަރުގޭގެ އެންމެ ދަށުދަރަޖައިގާ ތިބޭ މީހުންނަށްވެސް ކޮންމެ ދުވަހެއްގެ ހެނދުނާއި ހަވީރު މާތްﷲ "ފެނުމުގެ" ނަބީބު ލިބޭނެއެވެ. އެއަށްވުރެ ބޮޑު ނިއުމަތަކީ ކޮބައި ހެއްޔެވެ؟

މީސްތަކުންނޭވެ. އަވަހަށް އަޒުމް ކަނޑައަޅާށެވެ. ސުވަރުގެއިން މިފަދަ ނިޢުމަތްތައް ހާސް ނިއުމަތްތައް ލިބިގަތުމަށެވެ. އުޅުން އިޞްލާޙްކުރާށެވެ. މިދުނިޔޭގައި މިފެންނަ ކަންކަމަށް ހެއްލި ސުވަރުގެއިން ލިބެން ހުރި ނިޢުމަތްތައް ދޫކޮށްނުލާށެވެ.

ގުޅުންހުރި ވީޑިއޯ:

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް