އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުން ލަސްކުރަނީ އަމުރު ބަދަލުކުރުވަންތަ؟

ސްޕްރީމް ކޯޓުގެ އަމުރު ތަންފީޒުކުރުން ލަސްކުރަނީ އަމުރު ބަދަލުކުރުވަންތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 37 ސިކުންތު

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުން މިމަހުގެ 1 ވަނަ ދުވަހުގެ ރޭ އެ ކޯޓުގެ 5 މެންބަރުންގެ އިއްތިފާޤުން ނެރެފައިވާ އަމުރު ތަންފީޒުކުރުން ސަރުކާރުން ލަސްކުރަމުން އަންނަ ސަބަބާއިމެދު ގިނަ ބައަކު ގެންދަނީ ތަފާތު ސުވާލުތައް އުފެދިފައެވެ.

އެއްބައަކު ބުނަނީ ސަރުކާރުން ބޭނުންވަނީ އެއަމުރު ބަދަލުކުރުވަން ކަމަށެވެ. އަނެއް ބައަކު ބުނަނީ ސަރުކާރުން ބޭނުންވަނީ އެ އަމުރަކީ ނުކުރާ އަމުރަކަށް ހަދަން ކަމަށެވެ. ސަރުކާރުން ބޭނުންވަނީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދު މަޤާމުން ވަކިކޮށް އުއްތަމަ ފަނޑިޔާރަކަށް ޢާއިޝަތު ޢާޒިމާ ޝުކޫރު ހަމަޖައްސަން ކަމަށްވެސް ބައެއް މީހުން ބުނެއެވެ.

އުއްތަމަ ފަނޑިޔާރަކަށް ޢާއިޝަތު ޢާޒިމާ ޝުކޫރު ހަމަޖެއްސުމުގެ ވާހަކައަކީ ވަރަށް ކުރިންސުރެ ގިނަ ބައަކު ދައްކަމުން އަންނަ ވާހަކައެކެވެ. ސްޕްރީމް ކޯޓުގެ އަމުރު ނުނެރުނު ނަމަ މާދަމާ (އާދީއްތަ ދުވަހަކީ) ޝަރުޢީ ނިޒާމަށް ބޮޑެތި ބަދަލުގެންނާނެ ދުވަހެއް ކަމަށްވެސް ގިނަ ބައަކު ޤަބޫލުކުރެއެވެ.

ކުރިން ވަކާލާތުކުރި ގޮތް ނޫން ގޮތްގޮތަށް ޢާޒިމާ މިހާރު ވަކާލާތުކޮށް އަދި ބަޔާންތައް ނެރެމުން ގެންދަނީވެސް މިފަދަ އުންމީދުތަކެއްގައި ކަމަށްވެސް ބައެއް މީހުން ޤަބޫލުކުރެއެވެ. އެފަދަ ބައެއް މީހުން ވަނީ ސޯޝަލް މީޑިއާގައި އެކަން ހާމަވެސް ކޮށްފައެވެ.

މިފަ ސުވާލުތައް އުފެއްދުމުގެ ފުރުޞަތު ލިބެމުން ދަނީ މިމަހުގެ 1 ވަނަ ދުވަހުގެ ރޭ ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ އެންމެ މަތީ ކޯޓު ކަމަށްވާ ސްޕްރީމް ކޯޓުން ކުރި ޙުކުމަށް ސަރުކާރުން އަދިވެސް އަމަލުނުކޮށް ތަފާތު ބަހަނާތައް ދައްކަމުން ގެންދާތީއެވެ.

އެހެން ނަމަވެސް ސަރުކާރުން ތަކުރާރުކޮށް ބުނަމުން ގެންދަނީ ސްޕްރީމް ކޯޓުގެ އަމުރުގައި ޤާނޫނީ ގޮތުން ކަންބޮޑުވާންޖެހޭ މައްސަލަތަކެއް އެބަހުރި ކަމަށާއި އެ މައްސަލަތައް ޙައްލުކުރުމަށް އުއްތަމަ ފަނޑިޔާރާއިއެކު މަޝްވަރާ ކުރަމުން ގެންދާ ކަމަށެވެ. ޕީޖީ އޮފީހުން އިއްޔެ ބުނެފައިވަނީ ޤާނޫނީ ގޮތުން ހުރި ކަންބޮޑުވުންތައް ސްޕްރީމް ކޯޓަށް ހުށަހަޅަން ތައްޔާރުވަމުން އަންނަ ކަމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް