އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ހައްޔަރު ކޮށްފި

ގާސިމް އިބްރާހިމްގެ ދަރިކަލުން ސިޔާދު ހައްޔަރު ކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 32 ސިކުންތު

ވިލާ ގްރޫޕްގެ މެނޭޖިންގ ޑިރެކްޓަރ އަދި ގާސިމް އިބްރާހިމްގެ ދޮށީ ފިރިހެން ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ވިލާ ހައުސް ގައި ހުންނަވަނިކޮށް ހައްޔަރު ކޮށްފިއެވެ.

ފުލުހުން އިބްރާހިމް ސިޔާދު ގާސިމް ހައްޔަރުކުރީ ފުލުހުން މިހާރު ތަހްގީގު ކުރަމުންދާ މައްސަލަތަކާ ގުޅިގެންކަމަށް ފުލުހުން ބުނެއެވެ. ނަމަވެސް އެއީ ކޮން މައްސަލައެއް ކަމެއް އަދި ފުލުހުން ނުބުނެއެވެ.

ފުލުހުންގެ ޓީމެއް ކުއްލިގޮތަކަށް މިއަދުވަނީ ވިލާ ހައުސް އިމާރާތަށް ވަދެ، އެ އިމާރާތުގެ އެކި ފަންގިފިލާތައް ބަލައި ފާސްކޮށްފައެވެ. ނަމަވެސް ފުލުހުން އެއްވެސް އެއްޗެއް ގެންދިޔަކަމެއް ސާފެއް ނުވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު