އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

"ވެލަންޓައިންސް ޑޭ" ފާހަގަކުރުން ޙަރާމް- އެކަންކުރާމީހުން ވަނީ މުސްލިމުންގެ ތެރެއަކުން ނޫން: ޝައިޚް މުޙައްމަދު ލަޠީފް

"ވެލަންޓައިންސް ޑޭ" ފާހަގަކުރުން ޙަރާމް- އެކަންކުރާމީހުން ވަނީ މުސްލިމުންގެ ތެރެއަކުން ނޫން: ޝައިޚް މުޙައްމަދު ލަޠީފް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 34 ސިކުންތު

"ވެލަންޓައިންސް ޑޭ" ފާހަގަކުރުމަށް އެއްވެސް ކަމެއް ކުރުމަކީ ޙަރާމް ކަމެއް ކަމަށާއި އެކަންކުރާ މީހުން ވަނީ މުސްލިމުންގެތެރެއިން ނޫން ކަމަށާއި އެމީހުންވަނީ އެކަންކުރާ މީހުންނާއިއެކު ކަމަށް މަސްޖިދު މުޙައްމަދު ތަކުރުފާނުލްއަޢުޒަމްގެ އިސް އިމާމް އައްޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ.

(ޤިޔާމަތް ދުވަހުން މީހުން މަޙްޝަރު ކުރެވޭނީ ބައިބައަށެވެ. އެމީހަކު ދުނިޔޭގައި އުޅުނު ގޮތަށް އުޅުނު އެހެން މީހުންނާއިއެކުގައެވެ. އެހެންކަމުން ވެލަންޓައިންސް ޑޭ ފާހަގަކުރާ މީހުން މަޙްޝަރުކުރެވޭނީ އެކަން ކުރެވޭ މީހުންނާއިއެކުގައެވެ.)

ވެލެންޓިއަންސް ޑޭގެ ޙަރަކާތްތައް ފެށިގެން އައި ގޮތް ބަޔާންކޮށްދެއްވަމުން ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ މިއީ މީލާދީން 270 ވަނަ އަހަރު ނަޞާރާ އިން ކުރަން ފެށި ކަމެއް ކަމަށާއި އެއްވެސް ގޮތަކުން އިސްލާމް ދީނާއި ގުޅުންހުރި ކަމެއް ނޫން ކަމަށެވެ. މުސްލިމުން ފާހަގަކުރަންޖެހޭނީ މުސްލިމުންގެ ޢީދުތައް ކަމަށާއި އެހެން ދީންތަކުގެ މީހުން ފާހަގަކުރާ ޢީދުތަކާއި ދުވަސްތައް ފާހަގަކުރުން މުސްލިމުންނަށް ހުއްދަވެގެން ނުވާ ކަމަށެވެ.

ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ އެހެން ދީންތކުގަ އާއި އެ ދީންތަކުގެ ޘަޤާފަތުގައި ހިމެނޭކަންކަން މުސްލިމުން ކޮށްގެން ނުވާނެ ކަމަށާއި ޖެހޭނީ އެކަންކަމާއި ދުރުހެލިވާން ކަމަށެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑުމެންގެ ތެރެއިން ބައަކު އެފަދަ ކަންކަމުގައި ބައިވެރިވާކަން ކަމަށެވެ. ބައެއް ވިޔަފާރިވެރިންނާއި މުއައްސަސާތަކުން ވެސް އެފަދަ ދުވަސްތަކާއި ގުޅުވައިގެން ކުރިއާލައި ތައްޔާރުވެ ދުވަސް ފާހަގަކުރަން ކަންކަން ކުރަމުން ގެންދާކަން ކަމަށެވެ.

"އަޅުގަނޑުމެންނަށް ޖެހޭނީ ކާފަރުން ކުރާ ކަންކަމާއި ދުރުހެލިވާން. ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ) ހަދީޘްފުޅު ކުރައްވަވާފައިވަނީ އެމީހުންނާ (ކާފަރުންނާ) އެއްގޮތް ވެއްޖެނަމަ އެމީހަކު ވާހުށީ އެމީހުންގެ ތެރެއިން ކަމަށް. އެހެންވީމާ އަޅުގަނޑުމެންގެ ތެރެއަށް ޣައިރު މުސްލިމުންގެ ކަންކަން ވައްދަން މަސައްކަތްކުރާ މީހުން ބިރުވެތިވާންޖެހޭ، މާތްﷲ މިކަންކަމާ ސުވާލުކުރައްވާނެ. ޖަވާބަކަށް ތައްޔާރުވާންޖެހޭނެ."
ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވީ ވެލެންޓައިންސް ޑޭ ފާހަގަކުރުމާއިމެދު ސައުދިއަރބިޔާގެ ދީނީ އިލްމުވެރިންގެ މަޖިލީހުން ޝައިޚް ބިން ބާޒްގެ ދުވަސްވަރު އިއްތިފާޤްވެވަޑައިގެންފައިވަނީ އެއީ ހަރާމް ކަމެއް ކަމަށެވެ. އަދި އިބްނު އުސައިމީ (ރޢ) ވަނީ ވެލަންޓައިންސް ޑޭ ފާހަގަކުރުމުގައި ހުރި ކަންބޮޑުވުންތައް އެތައް ގޮތަކުން ހާމަކުރައްވަވާފައި ކަމަށެވެ.

"އެއީ އިސްލާމީ ޝަރީއަތުގައި އެއްވެސް އަސާސެއް ނެތް ބިދުޢަވެރި ގޮތަކަށް ހަދާފައިވާ ޢީދަކަށްވާތީ އާއި އެދުވަހު އިސްލާމް ދީން ހުއްދަ ނުކުރާ ގޮތްގޮތަށް ލޯތްބަށް ދަޢުވަތުދޭތީ އާއި ތާކުން ނުޖެހޭ ގޮތަށް އިސްލާމީ ޝަރީއަތާ ޚިލާފަށް މީހުންގެ ހިތްތަކާއި ކުޅެލަން ހަދާފައި އޮތް ދޮރަކަށްވުމާއި ޣައިރު މުސްލިމުންގެ ކަމަކަށްވުމާއި މިކަންކަމާއިހުރެ މިއީ އެއްވެސް ގޮތަކުން ހުއްދަ ނުވާނެ ކަންކަން ކަމަށް."

"މިފަދަ ދުވަހަކު ހަދިޔާ ބަދަލުކުރުމާއި އެކުގައި ކައިބޮއި ކުޅުމާއި ގޮތް ގޮތަށް ހެދުން ލުމާއި މިފަދަ ކަންކަން އެއްވެސް ގޮތަކަށް ކޮށްގެން ނުވާނެ ކަމަށް." ވެސް ޝައިޚް މުޙައްމަދު ލަޠީފް ވިދާޅުވިއެވެ.

ގުޅުންހުރި ވީޑިއޯ:

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް