އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދިވެހި ސަރުކާރު ދެކެނީ ސަރުކާރަކީ އެންމެ މޮޅު ފަނޑިޔާރުކަމަށް- އިންޑިއާ ހަމަހިމޭނުން އޮވެގެން ނުވާނެ: ބީޖޭޕީ

ދިވެހި ސަރުކާރު ދެކެނީ ސަރުކާރަކީ އެންމެ މޮޅު ފަނޑިޔާރުކަމަށް- އިންޑިއާ ހަމަހިމޭނުން އޮވެގެން ނުވާނެ: ބީޖޭޕީ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 29 ސިކުންތު


ރާއްޖޭގެ ޙާލަތާއިމެދު އިންޑިއާ ހަމަހިމޭނުން އޮވެގެން ނުވާނެ ކަމަށް އިންޑިއާގެ ސަރުކާރު ހިންގާ ބީޖޭޕީގެ ލީޑަރު ޔަޝްވަތް ސިންހާ ވިދާޅުވެއްޖެއެވެ. އޭނާ މިމޭރުމުން ވިދާޅުވެފައިވަނީ ދިރިއުޅުއްވާ ގެކޮޅުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

އެނާ ވިދާޅުވީ ރާއްޖޭގެ ހާލަތާއިމެދު ކުޅިބަލާ ޤައުމެއްގެ ގޮތުގައި އިންޑިއާ އޮވެގެން ނުވާނެ ކަމަށާއި ޑިޕޮލޮލެޓިކް ފެންވަރުގައި ކުރާ މަސައްކަތްތައް ކާމިޔާބު ނުކުރެވިއްޖެނަމަ އިތުރު ފިޔަވަޅުތައް އަޅައިގެން ނަަމަވެސް ރާއްޖޭގެ ހާލަތު ބަދަލުކުރުވަންޖެހޭނެ ކަމަށެވެ.

ރާއްޖެއާއިމެދު އަޅާނެ ޑިޕޮލޮމެޓިކް ނޫން ފިޔަވަޅުތައް ސިންހާ ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ވިދާޅުވެފައިވަނީ ރާއްޖޭގައި ހަމަޖެހުން އޮތުމާއި ދިވެހި ރައްޔިތުންނަށް ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކޮށްދޭން އިންޑިއާއަށް ޖެހޭނެ ކަމަށެވެ.

ސިންހާ ވިދާޅުވީ ދިވެހި ސަރުކާރުން ދެކެނީ ސަރުކާރަކީ އެންމެ މޮޅު ފަނޑިޔާރުގެ ގޮތުގައި ކަމަށެވެ. އެހެންކަމުން ކޮންމެ ހިނދުކޮޅަކީވެސް މުހިންމު ވަގުތުކޮޅެއް ކަމަށެވެ.

ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންކަމުގެ ސަބަބުން އިންޑިއާގެ ޤައުމީ ސަލާމަތަށް ނުރައްކާ ވެދާނެކަން ހާމަކުރައްވަމުން ސިންހާ ވިދާޅުވީ ރާއްޖެއަކީ ޓެރަރިސްޓުންގެ ހާއްޔަކަށް ބަދަލުވުމުގެ ފުރުޞަތު އެބައޮތް ކަމަށާއި އެފަދަ ހާލެއްގައި އެންމެ ބޮޑަށް އެކަމުގެ ނުރައްކާވާނީ އިންޑިއާއަށް ކަމަށެވެ.

ރާއްޖެއަށް އިންޑިއާގެ އަސްކަރީ ފައުޖެއް ފޮނުވުމާއި ގުޅޭގޮތުން ނޫސްވެރިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ސިންހާ ވިދާޅުވީ އެއީ ވެސް އޮތް ގޮތެއް ކަމަށާއި އަޅަންވީ ފިޔަވަޅު އެނގޭނީ ސަރުކާރަށް ކަމަށެވެ. އަދި އެންމެ މުހިންމީ ވަގުތު ފާއިތުވުމުގެ ކުރިން ފިޔަވަޅު އެޅުން ކަމަށެވެ.

ޖީއެމްއާރު ރާއްޖެއިން ބޭރުކޮށްލުމުން ވެސް އިންޑިއާ އިން ފިޔަވަޅެއް ނުއެޅުމުން ރާއްޖެއިން ދެކެނީ އިންޑިއާ އަކީ ބަލިކަށި ޤައުމެއްގެ ގޮތުގައި ކަމަށްވެސް ސިންހާ ވަނީ ވިދާޅުވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް