އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސައުތެމްޓަން ބަލިކޮށް ލިވަޕޫލް ލީގުގެ ތިންވަނައަށް

ސައުތެމްޓަން ބަލިކޮށް ލިވަޕޫލް ލީގުގެ ތިންވަނައަށް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 57 ސިކުންތު


އިނގިރޭސި ޕްރެމިއާ ލީގުގައި ސައުތެމްޓަން ބަލިކޮށް ލީގު ތާވަލުގެ ތިންވަނައަށް ލިވަޕޫލް އަލުން ޖެހިލައިފިއެވެ.

ސައުތެމްޓަންގެ ދަނޑުގައި ކުޅުނު މި މެޗު ލިވަޕޫލްއިން ކާމިޔާބުކުރީ 0-2 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެންދިޔަ ލިވަޕޫލްގެ ދެ ލަނޑު ވެސް ފެނިގެން ގޮސްފައިވަނީ މެޗުގެ ފުރަތަމަ ހާފުގައެވެ. ލިވަޕޫލްގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ ހަވަނަ މިނެޓުގައި ރޮބާޓޯ ފަމީނިއޯއެވެ. ދެވަނަ ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 42 ވަނަ މިނެޓުގައި މުހައްމަދު ސަލާހުއެވެ.

އިނގިރޭސި ލީގުގައި ރޭ ނިއުކާސަލް އަތުން މެންޗެސްޓާ ޔުނައިޓެޑް ވަނީ ބަލިވެފައެވެ. މި މެޗު ނިއުކާސަލް މޮޅުވީ 0-1 ގެ ނަތީޖާއިންނެވެ. މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު ނިއުކާސަލަށް ކާމިޔާބުކޮށްދިނީ މެޗުގެ 65 ވަނަ މިނެޓުގައި މެޓް ރިޗީއެވެ.

ރޭގެ މެޗުތަކުގެ ނަތީޖާއާއެކު، ލީގު ތާވަލުގެ ތިންވަނައަށް ލިވަޕޫލް ޖެހިލާފައިވަނީ ކުޅުނު 27 މެޗުން 54 ޕޮއިންޓް ލިބިގެންނެވެ. މެންޗެސްޓާ ޔުނައިޓެޑް އޮތީ ކުޅުނު 27 މެޗުން 56 ޕޮއިންޓް ލިބިގެން ލީގު ތާވަލުގެ ދެވަނައިގައެވެ. ލީގު ތާވަލުގެ އެއްވަނައިގައި ކުޅުނު 27 މެޗުން 72 ޕޮއިންޓް ލިބިގެން އޮތީ މެންޗެސްޓާ ސިޓީއެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް