އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކޮމަންޑޫގެ ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި

ކޮމަންޑޫގެ ވިޔަފާރަވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 46 ސިކުންތު

ށ. ކޮމަންޑޫގައި ވިޔަފާރިކުރާ ފަރާތްތަކަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ކުރިއަށް ގެންގޮސްފިއެވެ.

ފެބްރުއަރީ 9 ވަނަ ދުވަހުގެރޭ ށ. ކޮމަންޑޫ ޕޮލިސް ސްޓޭޝަނުން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމުގައި އެރަށުގައި ވިޔަފާރިކުރާ ހުރިހާ ފިހަރާތަކަށް ޒިޔާރަތްކޮށް، ވިޔަފާރަވެރިން ސަމާލުކަން ދޭންވީ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ. އެގޮތުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދާ މައްސަލަތަކަށް މިހާރަށްވުރެ ބޮޑަށް ސަމާލުކަންދިނުމާއި 18 އަހަރުން ދަށުގެ ކުދިންނަށް ސިނގިރޭޓްފަދަ ތަކެތި ނުވިއްކުމަށް އިރުޝާދު ދީފައިވެއެވެ.

މީގެއިތުރުން ވައްކަމުގެ މައްސަލަތައް މަދުކުރުމުގެ ގޮތުން ވިޔަފާރަވެރިންނަށް އެޅިދާނެ މުހިންމު ފިޔަވަޅުތަކާއި ފިހާރައާއި މުދަލުގެ ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާ ގުޅޭގޮތުން މަޢުލޫމާތު ދީފައިވެއެވެ.

ކުށްމަދު އަމާން ވެއްޓެއް ޤާއިމްކުރުމުގެ ގޮތުން ރަށްރަށުގައި މަސައްކަތްކުރާ ފުލުހުން ދަނީ ހޭލުންތެރިކުރުމުގެ ގޮތުން ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަމުންނެވެ.

ޙަބަރު ޕޮލިސް

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު