އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދަށް ފަރިއްކޮޅު އަރުވަނީ މޮޑެން ނުޖެހޭގޮތަށް ބާލިދީއެއްގަ

އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދަށް ފަރިއްކޮޅު އަރުވަނީ މޮޑެން ނުޖެހޭގޮތަށް ބާލިދީއެއްގަ


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 15 ސިކުންތު

ރާއްޖޭގައި ކުއްލި ޙާލަތު އިއުލާނުކޮށް މިމަހުގެ 5 ވަނަ ދުވަހުގެ ރެއިން ފެށިގެން ދޫނިދޫ ޖަލުގައި ބަންދުކޮށްފައިވާ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދަށް އިއްޔެ މެންދުރު ފަރިއްކޮޅު އެރުވީ ގަރުދިޔަ އާއި ބާތް އެއް ބާލިދީއަކަށް އަޅައިގެން ކަމަށް އެމަނިކުފާނުގެ ޢާއިލާއިން ބުނެފިއެވެ.

އުއްތަމަ ފަނޑިޔާރު ބަންދުކުރިފަހުން ފައިންޕުޅު ދުށުމުގެ ފުރުޞަތު ޢާއިލާއަށް ފުރަތަމަ ފަހަރަށް މިއަދު ދިނުމުން ޢާއިލާއިން އެމަނިކުފާނާއި ބައްދަލުކުރުމަށްފަހު ބުނީ އުއްތަމަ ފަނޑިޔާރު ޢަބްދުﷲ ސަޢީދުއާއިމެދު އަމަލުކުރަމުން ގެންދަނީ ވަރަށް އިހާނެތި ގޮތްތަކަށް ކަމަށެވެ. އަދި މަޤާމުން އިސްތިއުފާ ދެއްވުމަށްވެސް މަޖުބޫރު ކުރުވަމުން ގެންދާ ކަމަށެވެ.

އުއްތަމަ ފަނޑިޔާރަކީ ހަކުރުބަލި ހުންނަ ބޭފުޅެއް ކަމަށާއި އެހެން ނަމަވެސް ސައިފޮދުވެސް ގެންދަނީ ވަރަށް ގިނައިން ހަކުރު އަޅައިގެން ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަށްވެސް ޢާއިލާއިން ވަނީ ބުނެފައެވެ. އަދި ބަންދުކޮށްފައިވަނީ ކުޑަ ގޮޅިއެއް ކަމަށާއި އެ ގޮޅިއަކީ ވަރަށް ނުބައި ވަސް ދުވާ ގޮޅިއެއް ކަމަށްވެސް ޢާއިލާއިން ވަނީ ބުނެފައެވެ.

ގޮޅިއަކީ ދުވާލުގެ ވަގުތުތަކުގައި އަވިއަރާ ވަރަށް ހޫނު ގަދަ ގޮޅިއެއް ކަމަށާއި އަވަހާރަފުޅު ލައްޕަވަން ޖެހިވަޑައިގަންނަވަނީ އަލިކަމެއް ނެތި އަނދިރީގައި ސިމެންތި އަށްޓެގެމަތީގައި ކުނަލެއް އަޅުއްވައިގެން ކަމަށްވެސް ޢާއިލާއިން ބުނެފައިވެއެވެ.

ގޮޅީގައި މަދިރިވެސް ވަރަށް ގިނަ ކަމާއި ރޭގަނޑު މަދިރި ދުންދަނޑިއެއް ލިބިވަޑައިގަންނަވާ ކަމަށާއި ފާޚާނާ ކުރެއްވުމުގެ ކަންކަން ކުރައްވަން ޖެހިވަޑައިގަންނަވަނީ ބާލިދީއަކުން ފެން އަޅުއްވައިގެން ކަމަށްވެސް ޢާއިލާއިން ބުނެފައިވެއެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް