އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޔުވެންޓަސްއާއި ޓޮޓެންހަމްގެ ފުރަތަމަ ލެގަށް ހަމަހަމަ ނިމުމެއް

ޔުވެންޓަސްއާއި ޓޮޓެންހަމްގެ ފުރަތަމަ ލެގަށް ހަމަހަމަ ނިމުމެއް


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 41 ސިކުންތު


ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގައި ޔުވެންޓަސްއާއި ޓޮޓެންހަމް ބައްދަލުކުރި ފުރަތަމަ ލެގު ނިމުނީ 2-2 ގެ ނަތީޖާއިން ހަމަހަމަވެގެންނެވެ.

ޔުވެންޓަސްގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފު ފަށައިގެން ދެވަނަ މިނެޓުގެ ތެރޭގައި ލަނޑެއް ޖަހައި މެޗުގެ ލީޑު ނެގީ ވެސް ޔުވެންޓަސް އެވެ. މި ލަނޑު ޔުވެންޓަސްއަށް ކާމިޔާބުކޮށްދިނީ ގޮންޒާލޯ ހިގުއައިން އެވެ. މެޗުގެ 9 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ހިގުއައިން އަނެއްކާ ވެސް ލަނޑެއް ޖަަހައި ޔުވެންޓަސްއަށް ލީޑު ފުޅާކޮށްދިނެވެ.

ހިގުއައިންގެ ދެވަނަ ލަނޑަަށްފަހުގައި، ޓޮޓެންހަމްއިން ބޮޑަށް ކުރިއަށް ޖެހިގެން ލަނޑު ޖަހާނެ ފުރުސަތުތައް ތަނަވަސްކުރަމުން ދިޔައެވެ. ނަތީޖާއެއްގެ ގޮތުން، މެޗުގެ 35 ވަނަ މިނެޓުގައި ޓޮޓެންހަމްގެ ޓޮޕް ސްޓައިކަރު ހެރީ ކޭން ވަނީ ލަނޑެއް ޖަހައި މެޗުގެ ލީޑު ހަނިކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ލީޑު ފުޅާކޮށްލަން ޔުވެންޓަސްއަށް ދެވަނަ ޕެނަލްޓީއެއް ވެސް ލިބުނެވެ. އެހެން ނަމަވެސް ހިގުއައިން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ 1-2 ގެ ނަތީޖާއިން ޔުވެންޓަސް ލީޑުގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފު ފަށައިގެން ޔުވެންޓަސްގެ ފަރާތުން ފެނިގެން ގޮސްފައިވަނީ ބޮޑަށް ޑިފެންސިވް ކުޅުމެކެވެ. ޓޮޓެންހަމްއިން ދިޔައީ ބޮޑަށް ޓީމު ކުރިއަށް ޖެހިގެން މެޗުގެ ނަތީޖާ އަނބުރާލުމަށް މަސައްކަތްކުރަމުންނެވެ. މެޗުގެ 71 ވަނަ މިނެޓުގައި ނުރައްކާތެރި ހިސާބަކުން ޓޮޓެންހަމްއަށް ލިބުނު ހިލޭ ޖެހުމަކުން ކްރިސްޓިއަން އެރިކްސަން ލަނޑެއް ޖަހައި މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ.

ފުރަތަމަ ލެގުގެ ނަތީޖާ ހަމަހަމަވިއިރު، މުބާރާތުގެ ކުއާޓާ ފައިނަލަށް ދާނެ ޓީމެއް ޔަޤީންވެގެންދާނީ މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗުގެ ނަތީޖާއަށް ފަހުއެވެ. ކުއާޓާ ފައިނަލްގެ ޖާގައެއް ލިބޭނީ ދެ ލެގުގެ އެގްރިގޭތް ނަތީޖާއިން ކުރިހޯދައި ޓީމަކަށެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މާޗު މަހުގެ ހަތްވަަނަ ދުވަހު ޓޮޓެންހަމްގެ ދަނޑުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް