އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޤުރްއާން ކިޔަވާ އަޑުއައްސަވަން، ކައިރީގައި މަލާއިކަތް ބޭކަލުން ތިއްބަވާކަމާއި އެއީ ކީއްވެކަން އިނގޭތަ؟

ޤުރްއާން ކިޔަވާ އަޑުއައްސަވަން، ކައިރީގައި މަލާއިކަތް ބޭކަލުން ތިއްބަވާކަމާއި އެއީ ކީއްވެކަން އިނގޭތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 27 ސިކުންތު

ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޢުމަރު ސުލެއިމާންގެ ދަރުހެއްގައި އޭނާ ވިދާޅުވެފައިވެއެވެ.

"ތިމާ ކައިރިއަށް މަލާއިކަތް ބޭކަލުން ގެނެވޭނެ އެންމެ ފަސޭހަ ގޮތަކީ ކޮބާކަން އިނގޭ ހެއްޔެވެ؟ އެއީ ކީރިތި ޤުރްއާން ކިޔެވުމުންނެވެ. ކީރިތި ޤުރްއާން ކިޔަވާއިރު، ކިޔަވާ އަޑު އައްސަވަން ތިމާ ކައިރީގައި މަލާއިކަތް ބޭކަލުން ތިއްބަވާނެއެވެ.

އެއީ ކީއްވެކަން އިނގޭހެއްޔެވެ؟

އެއީ ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވުމުގެ ނިޢުމަތް، ބައެއް މަލާއިކަތް ބޭކަލުންނަށް ލިބިފައި ނުވުމުންނެވެ.

މިއީ ގިނަ މީހުންނަށް ޤަބޫލު ކުރަން ވެސް އުނދަގޫ ވާހަކައެކެވެ. ބައެއް މަލާއިކަތް ބޭކަލުންނަށް ކީރިތި ޤުރްއާން ނުކިޔެވި، ހަމައެކަނި އަޑުއެހޭކަމެވެ.

ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވެވެނީ މަދު މަލާއިކަތް ބޭކަލުންނަކަށެވެ. އޭގެ ތެރޭގައި ޖިބްރީލް އަލައިޙިއްސަލާމް ހިމެނި ވަޑައިގެން ވެއެވެ.

ގިނަ އަދަދެއްގެ މަލާއިކަތް ބޭކަލުންނަށް ކީރިތި ޤުރްއާން ކިޔަވާ ވިދާޅު ނުވުމުގެ ސަބަބުން، އިންސާނުން ޤުރްއާން ކިޔަވާއިރު، މަލާއިކަތް ބޭކަލުން ބިމަށް ފައިބާ ވަޑައިގެން، ނުހަނު ހިތްޕުޅާއިއެކީ ކީރިތި ޤުރްއާން ކިޔަވާ އަޑުއައްސަވާނެއެވެ.


ރަސޫލާ (ޞޢޥ) ގެ ޙަދީޘްފުޅުތަކުން ހާމަވާ ގޮތުގައި، ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވާނެ ހަތް ގޮތެއް ޖިބްރީލް އަލައިޙިއްސަލާމް ވަނީ އެކަލޭގެފާނަށް އުނގަންނަވާ ދެއްވާފައެވެ. ކީއްވެ ހެއްޔެވެ؟ އެއީ ކީރިތި ޤުރްއާން ކިޔަވާ ވިދާޅުވާ ގޮތްތައް އަޑު އިވުމުން، މީސްތަކުންގެ ތެރެއިން ގިނަބަޔަކު ފަސޭޙަ ކަމާއިއެކު އިސްލާމް ދީން ޤަބޫލު ކުރައްވާނެތީއެވެ."

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







Saadha Ibrahim 2018-02-14 22:55:02

Quran aai behey gothun gina mauloomathu libumaky varah muhimmu kameh. Adhives ithurah mauloomathu livened kamah ummeedhu kuran. Shukuriyyaa thi mauloomathu hissaa kurehvi kamah.


މަރިޔަމް ވަހީދާ