އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރޮނާލްޑޯގެ ތާރީޚީ ރެކޯޑާއެކު ރިއާލްއިން ފުރަތަމަ ލެގު ކާމިޔާބުކޮށްފި

ރޮނާލްޑޯގެ ތާރީޚީ ރެކޯޑާއެކު ރިއާލްއިން ފުރަތަމަ ލެގު ކާމިޔާބުކޮށްފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 34 ސިކުންތު



ރިއާލް މެޑްރިޑްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ޗެމްޕިއަންސް ލީގުގެ އާ ރެކޯޑާއެކު ފްރާންސްގެ ވަރުގަދަ ޕީއެސްޖީ ބަލިކޮށް ރިއާލްއިން ފުރުތަމަ ލެގު ކާމިޔާބުކޮށްފިއެވެ.
ރިއާލްގެ ދަނޑުގައި ކުޅުނު މި މެޗު ރިއާލްއިން ކާމިޔާބުކުރީ 1-3 ގެ ނަތީޖާއިންނެވެ. މި މެޗުގައި ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޕީއެސްޖީއިންނެވެ. މި ލަނޑު ޕީއެސްޖީއަށް ކާމިޔާބުކޮށްދިނީ މެޗުގެ 33 ވަނަ މިނެޓުގައި މިޑްފިލްޑަރު އަޑްރިއެން ރަބިއޮޓްއެވެ.

ރިއާލްއިން މެޗުގެ ނަތީޖާ ހަމަހަމަކުރީ މެޗުގެ ފުރަތަމަ ހާފު ނިމެންދަނިކޮށް އެ ޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. މި ޕެނަލްޓީ ރިއާލަށް ކާމިޔާބުކުރީ އެ ޓީމަށް ކުޅޭ ޕޯޗުގަލް ތަރި ރޮނާލްޑޯއެވެ. މި ލަނޑާއެކު ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ރިއާލްގެ ޖާޒީގައި 100 ލަނޑު ހަމަކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އެއް ކްލަބަކަށް އެންމެ ގިނަ ލަނޑު ޖެހި ރެކޯޑް ވެސް މެއެވެ.


ޗެމްޕިއަންސް ލީގުގެ ތާރީޚުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑް ވެސް އޮތް ރޮނާލްޑޯ ވަނީ މެޗުގެ 83 ވަނަ މިނެޓުގައި އިތުރު ލަނޑެއް ޖަހައި ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ރޮނާލްޑޯ ރިއާލަށް ކާމިޔާބުކޮށްދިން 101 ވަނަ ލަނޑު ވެސް ކާމިޔާބުކޮށްފައެވެ.

މި މެޗުގައި ފެނިގެންދިޔަ ރިއާލްގެ ފަހު ލަނޑު ކާމިޔާބުކޮށްދިނީ މެޗުގެ 86 ވަނަ މިނެޓުގައި ބްރެޒިލް ވާތު ބެކް މާސެލޯ ވިއެއިރާއެވެ.


ފުރަތަމަ ލެގު ރިއާލުން ކާމިޔާބުކުރި ނަމަވެސް ކުއާޓާ ފައިނަލް ދާނެ ޓީމެއް ޔަޤީންވާނީ ދެވަނަ ލެގުގެ ނަތީޖާއާއެކުއެވެ. ކުއާޓާ ފައިނަލަށް ދަތުރުކުރާނީ ދެވަނަ ބުރުގައި ކުޅޭ ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން ކުރިހޯދާ ޓީމެކެވެ. މި ދެ ޓީމު ބައްދަލުކުރާ ދެވަނަ ލެގުގެ މެޗު އޮންނާނީ އަންނަ މާޗު މަހުގެ ހަތްވަނަ ދުވަހު ޕީއެސްޖީގެ ދަނޑުގައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް