އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ދެއްވާފައިވާ އިއްޒަތުން ރައީސް މައުމޫން ޖަލުގަ ބާއްވަން ހިތްޕުޅު ހަމަ ޖެއްސޭނެބާ!

ދެއްވާފައިވާ އިއްޒަތުން ރައީސް މައުމޫން ޖަލުގަ ބާއްވަން ހިތްޕުޅު ހަމަ ޖެއްސޭނެބާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 44 ސިކުންތު

ރައީސް މައުމޫނަކީ 30 އަހަރުވަންދެން ޤައުމުގައި ވެރިކަން ކުރެއްވި ރައީސުލްޖުމްހޫރިއްޔާއެވެ. އެއިރު އަމަލުކުރަމުން އައި ޤާނޫނު އަސާސީ އޮތް ގޮތުން އެ މުއްދަތުގައި ސިފައިންގެ ވެސް އަދި ފުލުހުންގެ ވެސް އެންމެ އިސް ވެރިއަކީ ރައީސުލްޖުމްހޫރިއްޔާއެވެ.



ރައިސް މައުމޫންގެ 30 އަހަރުގެ ވެރިކަން ފެށުނީންސުރެ ނިމެންދެން ސިފައިންނާއި ފުލުހުންގެ އެންމެ މަތީ ވެރިންގެ ގޮތުގައި ތިއްބެވީ އަސްކަރިއްޔާގެ އެންމެ މަތީ ދަރަޖަތައް ލިބިވަޑައިގެން ތިއްބެވި އަންބަރީ ޢަބްދުއްސައްތާރާއި މުހައްމަދު ޒާހިރު (ޓޫޓޫ) އާއި އާދަމް ޒާހިރުއެވެ.



މިހުރިހާ ބޭފުޅުންނަށް ވެސް ވަނީ މިސަރުކާރުގައި ދާދިފަހުން ވަރަށް މަތީ އިއްޒަތާއި ޝަރަފު އަރުވާފައެވެ. އެއީ ހަމަ ހަޤީޤަތުގައިވެސް އެބޭފުޅުންނަށް ހައްޤު އިއްޒަތާއި ޝަރަފުކަން ޤައުމުވެސް ޤަބޫލުކުރެއެވެ. އެންމެ ބޮޑު ސަބަބަކީ ދިވެހި އަސްކަރިއްޔާ ވަރަށް އާދައިގެ ފެންވަރުން ޒަމާނީ ފެންވަރަށް ތަރައްޤީ ކުރެއްވީ ހަމަ އެބޭފުޅުންގެ މަސައްކަތްޕުޅުންނެވެ. ދިވެހި ފުލުހުންގެ ޒަމާނީ ކުރިއެރުމުގެ ބިންގާ އަޅުއްވައި ތަރައްޤީ ކުރެއްވީ އާދަމް ޒާހިރުގެ މޭސްތިރި ކަމުގައެވެ.



މިއަދު ގިނަ ބައަކު އުފައްދާ ސުވާލަކީ މިބޭބޭފުޅުންނަށް މިސަރުކާރުން އަރުވާފައިވާ އިއްޒަތާއި ޝަރަފުގެ ސަބަބުން އެބޭފުޅުންގެ ހިތްޕުޅުތައް ބަދަލުވެގެންދާނެތޯއެވެ؟ ރައީސް މައުމޫނު ޖަލުގެ ކުޑަގޮޅީގައި އޮންނަވާއިރު އަވަހާރަފުޅު ލައްޕަވަނީ ހަމަ ހިތްޕުޅު ހަމަޖެހިވަޑައިގެންތޯއެވެ؟

މި 3 ބަޠޮލުންގެ ވެސް އެންމެ ޚާއްޞަ އެއް ސިފަފުޅަކީ މަޤާމުން ވަކިވެވަޑައިގަތުމަށްފަހު އަބުރުވެރިކަމާއި ޝަރަފުވެރިކަމާއިއެކު ހިމޭނުން ތިއްބެވި ކަމެވެ. އަސްކަރީ ވެރިންގެ ކިބައިން ފެންނަންޖެހޭ މާތް އުޞޫލުތައް ދައްކަވަމުން ގެންދަވާ ކަމެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް