އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ޑރ. މުޢިއްޒުގެ އަރަތް: އެއީ އުފައްދާފައިވާ ލިސްޓެއް- އެކަމަކު ހުރިހާ މައުލޫމާތުތަކެއް ދިމާވޭ!

ޑރ. މުޢިއްޒުގެ އަރަތް: އެއީ އުފައްދާފައިވާ ލިސްޓެއް- އެކަމަކު ހުރިހާ މައުލޫމާތުތަކެއް ދިމާވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 11 ސިކުންތު

ޕީޕީއެމުން މިއަދު ހަވީރު ބޭއްވި ނޫސްވެރިންގެ ބައްދަުވުމުގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ހުޅުމާލެއިން ފްލެޓް ދޫކުރި ލިސްޓްކަމަށް ބުނެ ލީކުވެފައިވާ ލިސްޓަކީ އަޞްލެއް ނޫންކަމަށާއި އެއީ އުފައްދާފައިވާ ލިސްޓެއް ކަމަށެވެ.

މިކަމުގައި އޮތް ބޮޑު އަރަތަކީ އުފައްދާފައިވާ ލީކުވި ލިސްޓާ މިނިސްޓްރީން ޢާންމުކުރި ލިސްޓް އެއްގޮތް ކަމެވެ. ހަމައެކަނި ތަފާތަކީ މިނިސްޓްރީން ހާމަކުރި ލިސްޓުގައި ނުދޭ މައުލޫމާތު ލީކުވި ލިސްޓުން އެނގޭ ކަމެވެ. ނަމްބަރުތައް ދިމާވާ ކަމެވެ.

ލިސްޓް ލީކުވުމުން ލިސްޓު ދިރާސާކުރި އެއްފަރާތަކީ އަވަސް އޮން ލައިިނެވެ. އެނޫހުގައި މިއަދު ޝާޢިރުކުރި ލިޔުމުގައި ބުނެފައިވަނީ:

"އެ ލިސްޓަކީ ސައްހަ ލިސްޓެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ބުނި ނަމަވެސް ލީކުވި ލިސްޓުގައި ހުރި ފޯމު ނަމްބަރުތަކާއި ހައުސިން އިން ގެޒެޓު ކުރި ލިސްޓުގައި ހުރި ނަމްބަރުތަކާ ދިމާވެ އެވެ. އަދި އެ ލިސްޓުގައި ހުރި މައުލޫމާތުތަކާ ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރެޖިސްޓްރޭޝަންގެ މައުލޫމާތުތަކާ ދިމާވެ އެވެ. އޭގެ އިތުރުން ފްލެޓު ލިބުނު ބައެއް ފަރާތްތަކަށް ގުޅާ މައުލޫމާތު ސާފު ކުރި އިރު އެ ފަރާތްތަކަށް ލިބުނު ޕޮއިންޓުތަކުގެ އަދަދުތައް ވެސް ލީކުވި ލިސްޓުގައިވާ އަދަދުތަކާ ދިމާވެ އެވެ.

ބޯހިޔާވެހިކަމުގެ މަޝްރޫއުގެ ދަށުން ސަރުކާރުން އަގު ހެޔޮކޮށް ދޫކުރި ފްލެޓުތައް ލިބުން މީހުންގެ ވަގުތީ ލިސްޓު އާންމު ކުރިއިރު ނަން ހާމަ ކުރަން ހައުސިން މިނިސްޓްރީން ދެކޮޅު ހެދުމާ ގުޅިގެން އެ މައްސަލަ އޭސީސީއަށް ހުށަހަޅާފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. ނަމަވެސް ފްލެޓު ދިން ގޮތުގެ މައުލޫމާތު އޭސީސީއާ ހިއްސާ ކުރުމަށް ފަހު ތަހުގީގު ނުނިމެނީސް އެ މިނިސްޓްރީން ވަނީ ފޯމު ނަމްބަރުތައް އެކަނި ހިމެނޭ ގޮތަށް ދާއިމީ ލިސްޓު ވެސް އާންމުކޮށްފަ އެވެ. އަދި ރައްޔިތުންގެ މަޖިލީސް މެދުވެރިކޮށް ވެސް މައުލޫމާތުތައް ހޯދަން ކުރި މަސައްކަތް ވަނީ ނާކާމިޔާބުވެފަ އެވެ."

ކަމެއް ގޯސްކޮށް ކުރެވިފައިވާނަމަ އެންމެ ރަނގަޅު ގޮތަކީ އެކަމަކަށް އިއުތިރާފްވެ އެކަމެއް ތަކުރާރު ނުކުރުން ކަމަށް ބުނެއެވެ. ނަމަވެސް ހައުސިންގ މިނިސްޓްރީ ތެރެއިން ފެންނަމުން މިދަނީ މުޅިން ތަފާތު ކަންތައްތަކެކެވެ.

މި މައްސަލައިގައި އެންމެ ރަނގަޅު ބަސްފުޅެއް ވިދާޅުވެފައިވަނީ ޕީޖީ ލީޑަރު އަހްމަދު ނިހާން އެވެ. ނިހާން ވިދާޅުވީ މިފަހަރު ފްލެޓް ނުލިބިގެން ކަނބޮޑު ނުވުމަށެވެ. ރާއްޖޭގައި ފްލެޓް ބޭނުންވެގެން ތިބި އެންމެންނަށް ރައީސް ޔާމީން ވަރަށް އަވަހަށް ފްލެޓް އަޅުއްވައި ދެއްވާނެ ކަމަށެވެ. ކުޑަ ވަގުތު ކޮޅަކަށް އިންތިޒާރުކޮށްލަން އެދިވަޑައިގަންނަވާ ކަމަށެވެ.

Advertisement

ކޮމެންޓް ކުރެއްވުމަށް








މޫސާ ވަހީދު