އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެއިބާ ބަލިކޮށް ބާސެލޯނާއިން ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފި

އެއިބާ ބަލިކޮށް ބާސެލޯނާއިން ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފި


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 9 ސިކުންތު


ސްޕެނިޝް ލީގުގައި އެއިބާ ބަލިކޮށް ބާސެލޯނާއިން ލީގުގައި ބަލިނުވުމުގެ ރެކޯޑް ދަމަހައްޓައިފިއެވެ.

އާނެސްޓޯ ވަލްވާޑޭގެ އިރުޝާދުގެ ދަށުން ބާސެލޯނާއިން މި ސީޒަންގެ ލީގުގައި މިހާތަނަށް ވަނީ ބަލިނުވެ 24 މެޗު ހަމަކޮށްފައެވެ. ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ބާސެލޯނާ އޮތްއިރު، އެ ކްލަބުން ވަނީ 2011/2010 ސީޒަންގެ ލީގުގައި ބަލިނުވެ މި އަދަދަށް މެޗު ހަމަކޮށްފައެވެ. އެހެންވުމުން، ލީގުގައި ބާސެލޯނާ ދެން ކުޅޭ މެޗު ބަލިނުވެ ފަރުޖައްސާލެވިއްޖެނަމަ ސްޕެނިޝް ލީގުގައި އެ ކްލަބްގެ އާ ރެކޯޑެއް ޤާއިމްކުރެވޭނެއެވެ. ލީގުގައި ބާސެލޯނާ ދެން ބައްދަލުކުރަން ޖެހޭނީ ގިރޯނާއެވެ.

އެއިބާގެ ދަނޑުގައި ކުޅުނު މި މެޗުން އެ ކްލަބްގެ މައްޗަށް ބާސެލޯނާއިން ކުރި ހޯދާފައިވަނީ 0-2 ގެ ނަތީޖާއިންނެވެ. ބާސެލޯނާއަށް މެޗުގެ ލީޑު ނަގައިދިނީ މެޗުގެ 16 ވަނަ މިނެޓުގައި ލުއިސް ސުއަރޭޒެވެ. މެޗުގެ ލީޑު ބާސެލޯނާއަށް ފުޅާކޮށްދިނީ މެޗުގެ 88 ވަނަ މިނެޓުގައި ޖޯޑީ އަލްބާއެވެ.

ރޭގެ މެޗުގެ ނަތީޖާއާއެކު، ލީގު ތާވަލުގެ އެއްވަނައިގައި ބާސެލޯނާ އޮތީ ކުޅުނު 24 މެޗުން 62 ޕޮއިންޓް ލިބިގެންނެވެ. ދެވަނައިގައި އޮތް އެތްލެޓިކޯ މެޑްރިޑަށް ކުޅުނު 23 މެޗުން ލިބިފައިވަނީ 52 ޕޮއިންޓެވެ. މަލަގާގެ އަތުން ލީގުގައި ރޭ ބަލިވި ވެލެންސިއާ އޮތީ ކުޅުނު 24 މެޗުން 46 ޕޮއިންޓް ލިބިގެން ތިންވަނައިގައެވެ. ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑް އޮތީ 42 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.


ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް