އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓަން އެއްވެސް މެންބަރަކު ތާއީދުކޮށްފާނެތަ؟

ކުއްލި ނުރައްކަލުގެ ހާލަތު ދަމަހައްޓަން އެއްވެސް މެންބަރަކު ތާއީދުކޮށްފާނެތަ؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 45 ސިކުންތު

ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދަމަހައްޓަން ބޭނުންވާނަމަ އަދި ޤާނޫނުގެ އިމުގެ ތެރެއިން އެކަން ކުރަން ބޭނުންވާނަމަ އެކަމަށް މާދަމާ މަޖިލީހުގެ ހުއްދަ ހޯދަންޖެހޭނެއެވެ.

މާދަމާ މަޖިލީހުގެ ޖަލްސާއެއް ތާވަލުކޮށްފައިވަނީ އެކަމުގެ ބޭނުމުގައި ކަމަށް ބެލެވޭއިރު އުފެދޭ ސުވާލަކީ ކުއްލި ނުރައްކަލުގެ ޙާލަތު އިތުރަށް ދަމަހައްޓަން ހަމަ އެންމެ މެންބަރަކު ނަމަވެސް ވޯޓުދީފާނެ ކަމާއިމެދު އުފެދޭ ސުވާލެވެ.

މާލޭގެ މަގުތަކުގައި ރައްޔިތުންނަށް ޢާންމު ބޭނުންތަކަށް ހަރަކާތްތެރިވެވޭތީ ރާއްޖޭގެ ކަންކަން ޢާންމު ޙާލަތުގައި ކުރިއަށްދާކަމަށް ސަރުކާރުން ބުނި ނަމަވެސް އެކަން އިޤްޠިޞާދީ ބޭފުޅުން ޤަބޫލުފުޅެއް ނުކުރައްވައެވެ.

ފަތުރުވެރިން އައުން މަދުވުމުގެ ސަބަބުން ގެސްޓް ހައުސް ވިޔަފާރި އިނދަޖެހެމުން ދަނީއެވެ. ފަތުރުވެރިކަމުގެ ސިނާއަތަށް ވަރީ ރަތްބޮކި ދިއްލިފައެވެ. ބޮޑެތި ރިޒޯޓުތަކަށް ދުވާލަކު 300،000 ޑޮލަރު ގެއްލުންވަމުން ދަނީއެވެ. އެންމެ އާދައިގެ ރިޒޯޓުތަކުން ދުވާލަކު 6،000 ޑޮލަރު ގެއްލުންވަމުންދަނީއެވެ. ބުކިންގްސްތައް ކެންސަލްވަމުންދާތީއެވެ.

މީރާއަށް ޖަނަވަރީ މަހު ލިބުނު އާމްދަނީ 2.2 ބިލިއަން ރުފިޔާއަށް އަރައި އެކަން ވަނީ ރެކޯޑް އަދަދެއްގެ ގޮތުގައި ފާހަގަކޮށްފައެވެ. ނަމަވެސް ފެބްރުއަރީ މަހުގެ ޓީޖީއެސްޓީއަށް ވާނީ ކިހިނެއްބާވައެވެ! ފަތުރުވެރިކަމާއި ގުޅުންހުރި ޢާންމު ވިޔަފާރިތަކަށް ވާނީ ކިހިނެއްބާވައެވެ! އެ ވިޔަފާރިތަކުގެ ޖީއެސްޓީ މަދުވާނީ ކިހައި މިންވަރަކަށް ބާވައެވެ!

މި ބޮޑު ގެއްލުމުގެ އަސަރު ރަނގަޅަށް ފެންނަން ފަށާނީ އަންނަ މަހުން ފެށިގެންނެވެ. މިކަމުން ލިބުނު ބޮޑު ގެއްލުން ފޫބައްދަން ކިހައި މުއްދަތެއް ނަގާނެބާވައެވެ!

މިކަންކަމުގެ އަސަރު އެންމެ އާދައިގެ ރައްޔިތުންނަށްވެސް ކުރާނެއެވެ. އެހެންކަމަށްވާއިރު ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކޮށްފައި ތިބި ރައްޔިތުންގެ މަންދޫބުން މިކަންކަމަށް ނުބަލައި ސަރުކާރުގެ ރުހުން ހޯދަން ހަމަ ސަރުކާރު ބޭނުންވާހައި ގޮތަކަށް ވޯޓުދީފާނެތޯއެވެ! ދީފިނަމަ އެކަން ރައްޔިތުން ބަލައިގަންނާނީ ކިހިނަކުންބާވައެވެ!

މިފަދަ ގިނަ މައްސަލަތަކެއް ކުރިމަތިވެފައި ވަނިކޮށް މާދަމާ ހެނދުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ހަަމަޖެހިފައިވާކަން މަޖިލީހުގެ އިދާރާއިން މިހާރު ވަނީ އިއުލާނުކޮށްފައެވެ. ރައްޔިތުން ތިބީ މާދަމާގެ ޖަލްސާގައި ކަންކަން ވާނެ ގޮތެއް ބަލަން ކެތްތެރިކަން ކުޑަވެފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް







ައައްސޭރި 2018-02-18 18:10:15

ދަމަހަށްޓަން ވޯޓު ދޭނެ.އެއީ އެއްބަޔަކު ބެނުން ވަނީ ރާއްޖެއަށް ގެއްލުންވާން


އަބްދުއްލަތީފް