އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ރަމަޟާން މަހުގެ ބަރަކާތުން މަޙްރޫމް ވެއްޖެނަމަ... ޖިބްރީލު އަލައިޙިއްސަލާމްގެ ދުޢާފުޅު

ރަމަޟާން މަހުގެ ބަރަކާތުން މަޙްރޫމް ވެއްޖެނަމަ... ޖިބްރީލު އަލައިޙިއްސަލާމްގެ ދުޢާފުޅު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 9 ސިކުންތު

ރަމަޟާން މަހަކީ އެމަހެއްގައި ގިނަގުނަ ސަވާބާއި ދަރުމަ ލިބުން އެކުލެވިގެންވާ މައްސަރެވެ. އެމައްސަރުގެ ހެޔޮކަން އެއްހާސް މައްސަރުގެ ހެޔޮކަމަށް ވުރެ ބޮޑުވެގެން ވެއެވެ. ރަމަޟާން މަހަކީ ކީރިތި ޤުރްއާން ބާވާލެއްވި މައްސަރެވެ. މިމައްސަރުގެ ސަވާބާއި ދަރުމަ ފުރިހަމައަށް ލިބެނިވި ކޮންމެ މީހަކަށް ދެދުނިޔޭގައި ވެސް ހެޔޮކަން އަދި އާޚިރަތުގައި ވެސް ހެޔޮކަން ލިބޭނެކަމީ، އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ.

މުފްތީ މެންކު އޭނާގެ ދަރުހެއްގައި ވިދާޅުވެފައިވެއެވެ.

އެއްދުވަހަކު ޚުތުބާއެއް ދެއްވުމަށްޓަކައި ރަސޫލާ މުޙައްމަދު (ޞޢޥ) މިންބަރުކޮޅަށް އަރައިވަޑައި ގަތުމަށް ހިނގައި ގެންނެވިއެވެ.

މިންބަރުކޮޅަށް އަރައިވަޑައިގަންނަވަމުން އެކަލޭގެފާނު، އޭގެ ކުރިން ކުރައްވަފައި ނުވާ ކަމެއް ކުރެއްވެވިއެވެ. އެއާދަޔާ ޚިލާފު ކަންތައް ކުރެއްވި މަންޒަރު، އަސްޙާބު ބޭކަލުންނަށް ފެނިވަޑައިގަތުމުން އެބޭކަލުން ވެސް ހައިރާންވެ އެކަން ފާހަގަ ކުރެއްވިއެވެ.

މިންބަރުކޮޅަށް އެރުމަށް ބަހައްޓާފައި ހުރީ ތިން ހަރުފަތުގެ ކުޑަ ސިޑިއެކެވެ. ފުރަތަމަ ހަރުފަތަށް އެރުމަށްފަހު އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ.

"އާމީން"

އެއަޑުފުޅު އިވުމުން އަސްޙާބު ބޭކަލުން ހައިރާންވިއެވެ. އެއީ އެވަގުތު އެތަނުގައި ތިބި އެއްވެސް ބޭކަލެއް އެއްވެސް އެއްޗެއް ވިދާޅުނުވެ ތިއްބާ ރަސޫލާ (ޞޢޥ) އާމީން އޭ ޙަދީޘްފުޅު ކުރެއްވުމުންނެވެ.
ދެވަނަ ހަރުފަތަށް އެރުމަށްފަހު ވެސް އެކަލޭގެފާނު ޙަދީޘްފުޅު ކުރެއްވެވިއެވެ.

"އާމީން"

އަސްޙާބު ބޭކަލުންގެ ހައިރާންކަން އިތުރުވިއެވެ. އަދި ތިންވަނަ ހަރުފަތަށް އެރުމަށްފަހު ވެސް އެކަލޭގެފާނު ހަމަ އެފަދައިން ޙާދީޘްފުޅު ކުރެއްވުމުން، އެކަލޭގެފާނު އަމިއްލަފުޅަށް އެޙަދީޘްފުޅު ކުރެއްވީ ކޮން ދުޢާއެއްބާއޭ އެބޭކަލުންގެ ހިތްޕުޅަށް އަރާ އެކަމާއިމެދު ސުވާލު ކުރައްވަން އެބޭކަލުން ނިންމެވިއެވެ.

ޚުތުބާ ނިމުމުން އަސްޙާބު ބޭކަލުން އެކަލޭގެފާނު އަރިހަށް ވަޑައިގެން ވިދާޅުވިއެވެ.

"މާތް ﷲ ގެ ރަސޫލާ (ޞޢޥ) އެވެ. ކަލޭގެފާނު މިއަދު މިންބަރުކޮޅަށް އަރައިވަޑައިގަތުމުގެ ކުރިން، އާދަޔާ ޚިލާފު ކަމެއް ކުރެއްވެވިއެވެ. ކަލޭގެފާނު ތިން ފަހަރަށް އާމީން އޭ ޙަދީޘް ކުރެއްވި އަޑު އެހީމެވެ. އެއީ ކީއްވެތޯއެވެ؟"
މާތް ނަބިއްޔާ (ޞޢޥ) ޙަދީޘްފުޅު ކުރެއްވެވިއެވެ.

"ފަހެ ޖިބްރީލް އަލައިޙިއްސަލާމް ތިމަން ކަލޭގެފާނު އަރިހަށް ވަޑައިގެންނެވިއެވެ. އަދި އެކަލޭގެފާނު ތިން ދުޢާ އެއް ކުރެއްވެވިއެވެ. ފުރަތަމަ ދުޢާއަކަށް ޖިބްރީލުގެފާނު ދެންނެވިއެވެ. 'ރަމަޟާން މަހުގެ ހެޔޮ ނިޢުމަތް ލިބިގަތުމަށް ދުނިޔޭގައި ހުންނަ މީސްތަކުންގެ ތެރެއިން، އެބައެއްގެ ހުރިހާ ފާފަތައް ނުފުއްސެވޭ މީސްތަކުން، މާތްﷲ ގެ ރަޙީމްވަންތަކަމުން ދުރުކޮށްފައި ބަހައްޓަވާފާނދޭވެ. ކަލޭގެފާނު އާމީން އޭ ޙަދީޘް ކުރައްވާށެވެ.' އެހެންކަމުން ތިމަން ކަލޭގެފާނު އާމީން އޭ ޙަދީޘް ކުރެއްވެވީމެވެ."

މިދުޢާއިން ދޭހަވާ މާނައަކީ، އެންމެ ބަރަކާތްތެރި މައްސަރުގައި (ރަމަޟާން މަހުގައި) ވެސް އެމީހެއްގެ ފާފަތައް ނުފުހެވޭ މީސްތަކުންނަކީ، އެމީހުންގެ ދުނިޔެވީ ޙަޔާތުގައި ނުހަނު ބޮޑެތި ފާފަތައް ކޮށްފައިވާ މީސްތަކުން ކަމެވެ.

އެހެންކަމުން، އެފަދަ މީސްތަކުން މާތް ﷲ ގެ ރަޙީމްވަންތަކަމުން ވެސް ދުރުކޮށްފައި ބެހެއްޓުމަށް ޖިބްރީލް އަލައިޙިއްސަލާމް، މާތް ﷲ ޙަޟްރަތުން ދުޢާ ދަންނަވައެވެ. ޖިބްރީލުގެފާނަކީ މަލާއިކަތް ބޭކަލުންގެ ތެރެއިން އެންމެ މަތިވެރި މަލާއިކަތާއެވެ. އަދި އެކަލޭގެފާނުގެ ދުޢާފުޅަށް އިޖާބަދެއްވާ "އާމީން" އޭ ޙަދީޘްފުޅު ކުރެއްވެވީ މާތް ނަބިއްޔާ (ޞޢޥ) އެވެ. އެކަލޭގެފާނަކީ ރަސޫލުންނާއި ނަބީންގެ ތެރެއިން އަދި އެކަލާނގެ ހެއްދެވި އެހެން ހުރިހާ އާލަމްތަކުގެ ތެރެއިން ވެސް އެންމެ މަތިވެރި އިންސާނާއެވެ.

ހަމަޔަގީނުންވެސް މިދުޢާފުޅަކީ ﷲ ސުބްޙާނަހޫ ވަތައާލާ އިޖާބަ ކުރައްވަވާނެ ދުޢާފުޅެއްކަން ކަށަވަރެވެ.








ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ