އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސްޕްރީމް ކޯޓަށް ސަރުކާރުން މައްސަލައެއް ވެއްދުމުން ދުވަހުން ދުވަހަށް އަމުރު ނެރެދިނުން - ގިނަ ބައަކު ކަންބޮޑުވޭ!

ސްޕްރީމް ކޯޓަށް ސަރުކާރުން މައްސަލައެއް ވެއްދުމުން ދުވަހުން ދުވަހަށް އަމުރު ނެރެދިނުން - ގިނަ ބައަކު ކަންބޮޑުވޭ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 53 ސިކުންތު

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް ދައުލަތުގެ ފަރާތުން މައްސަލައެއް ވެއްދުމުން ދުވަހުން ދުވަހަށް އެކަމަކާއި ގުޅޭ އަމުރު ސްޕްރީމް ކޯޓުން ނެރެދޭކަމަށް ބުނެ ގިނަ ބައަކު ދަނީ ކަންބޮޑުވުން ފައުޅުކުރަމުންނެވެ.

ރާއްޖެއަށް ކުރިމަތިވެފައިވާ މި ނުރައްކައުތެރި ޙާލަތުގައި ވެސް ސްޕްރީމް ކޯޓުން މިއަދު އެފަދަ ގޮތަކަށް އަމަލުކުރުމުން ގިނަ ބައެއްގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.

ރައްޔިތުންގެ މަޖިލިސް މިއަހަރަށް ހުޅުވަންޖެހޭ ދުވަސް ފާއިތުވެގެން ދިއައިރުވެސް ނުހުޅުވައި ޖަލްސާތައް ފަސްކުރުމަށްފަހު މާދަމާ ޖަލްސާއެއް ބާއްވަން ނިންމާފައި ވަނިކޮށް އަދި ޖަލްސާ ފެށެން އެންމެ 12 ވަރަކަށް ގަޑިއިރަށް ކައިރިވެފައިވަނިކޮށް 12 މެންބަރުންނަށް މާދަމާގެ ޖަލްސާއަށް ނުވަދެވޭ ގޮތަށް ދައުލަތުގެ އެދުމަށް ސްޕްރީމް ކޯޓުން ވަގުތީ އަމުރެއް ދުވަހުން ދުވަހަށް ނެރުމުން މިކަންކަން ހިނގަމުންދާ ގޮތާއިމެދު ޤާނޫނީ އިސްފަރާތްތަކުން ގެންދަނީ ތަފާތު ތުހުމަތުތައް ކުރިމަތިކުރަމުންނެވެ.

ޤާނޫނީ ވަކީލް މައުމޫން ޙަމީދުވެސް ވަނީ ކަންކަން ހިނގަމުންމިދާ ގޮތާއިމެދު އެމަނިކުފާނުގެ ރައުޔު ބަޔާންކުރައްވައި ޓްވީޓް ކުރައްވައިފައެވެ. އިތުރު ލޯޔަރުންވެސް ގެންދަވަނީ ތަފާތު ޝުޢޫރުތައް ފައުޅުކުރައްވަމުންނެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް