އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

އެންމެ މުއްސަނދިވާނީ ރަންވަޅެއް ފެނުނު މީހާހެއްޔެވެ؟ ނޫނީ....؟

އެންމެ މުއްސަނދިވާނީ ރަންވަޅެއް ފެނުނު މީހާހެއްޔެވެ؟ ނޫނީ....؟


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 1 މިނެޓް, 47 ސިކުންތު

ތިބާއަށް ރަންވަޅެއް ފެނިދާނެއެވެ. ފެނިއްޖެ ނަމަ ދެން ހަދާނީ ކިހިނެއްހެއްޔެވެ؟ ތިބާގެ ހުރިހާ ވަގުތެއް ހޭދަކޮށްލާނީ އެވަޅުން ރަން ނަގަން ހެއްޔެވެ؟ ވީހައި ގިނަ ރަން ނަގައި ޖަމާކުރަންހެއްޔެވެ؟

މިކަން ތަފާތު ގޮތްގޮތަށް ބަލައިލަމާ ހެއްޔެވެ؟ އެއްގޮތަކީ ހަމަ ހަޤީޤަތުގައިވެސް ރަންވަޅެއް ފެނުމެވެ. ރަންވަޅެއް ފެނިގެން ރަން ނަގަން ފުރުޞަތު ލިބުނު ނަމަވެސް އަދި ކިތަންމެ ބުރަކޮށް އެ މަސައްކަތްކުރި ނަމަވެސް ވަގުތު ހުސްކުރަންޖެހޭ އެއްކަމެއް އެބައޮތެވެ.

އެއީ ފަރުޞު ފަސް ނަމާދުގެ ވަގުތުގައި އެކަން ކުރުމަށެވެ. އެއީ ކީއްވެގެން ހެއްޔެވެ؟ ސަބަބުވެސް ބުނެދޭނަމެވެ.

ރަން ނަގަމުން ގޮސް ވަޅުން ރަން ހުސްވާނެއެވެ. އެހުރިހާ ރަންތައް ގެއަށް ގެންގޮސް ތިޖޫރީއަށްލައި ހަމަޖެހި ނުލެވެނީސް މަރުވެދާނެއެވެ. ދެން ހަދާނީ ކިހިނެއްޔެވެ؟ އެހައި ބުރަ މަސައްކަތުން ގެނެސް ފޮރުވި ރަންތައް އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލާފައި ތިބާއަށް ޖެހޭނީ ހަމަ ކައްވަޅަށް ދާށެވެ.

އެހިސާބުން ތިބާ ދެރަވާނީ ރަންތައް ދުކޮށްލާފައި އަންނަން ޖެހިގެނެއް ނޫނެވެ. ތިބާއަށް އެންމެ ބޮޑަށް ދެރަވާންޖެހޭނީ ނަމާދު ނުކުރެވި ހުރިނަމަ އެކަމާއެވެ.

ދުނިޔޭގައި ރަންވަޅެއް ނުފެނުނު މީހާގެ މުއްސަނދިކަން މާބޮޑުވެދާނެއެވެ. އެއީ އެމީހާއަށް ފަރުޟު ނަމާދުތައް ފުރިހަމައަށް ކުރެވިފައިވާނަމައެވެ. އެމީހާ ވަންނާނީ ސުވަރުގެއަށެވެ.

ސުވަރުގޭގައި އޭނާ ބޭނުންވަރަކަށް ބޭނުން ކޮންމެ އެއްޗެއްވެސް ލިބޭނެއެވެ. ހަމަ ހިތަށް އަރުވައިލާއިރަށެވެ. ރަން ބޭނުން މީހާ ވަޅަކުން ރަން ނަގަން އޫޅޭކަށްވެސް ނުޖެހޭނެއެވެ. އެކަމަށް އެއްވެސް ވަރަކަށް އެއްވެސް މަސައްކަތެއް ކުރާކަށްވެސް ނުޖެހޭނެއެވެ. ރަނުގެ ފަރުބަދަ ތަކަށް އެދުނު ނަމަވެސް ހުންނާނީ ހަމަ ބޭނުންވާހައި ވަރަކަށް ލިބިލިބިއެވެ.

ވިއިރު މުއްސަނދިވާނީ މިދުނިޔޭގައި ރަންވަޅެއް ފެނުނު މީހާ ހެއްޔެވެ؟ ނޫންނަމަ ފަރުޟު ނަމާދުތައް ފުރިހަމައަށް ކުރެވުނު މިހާ ހެއްޔެވެ؟

މިކިޔައިދިނީ ވަރަށް ގިނަ ވާހަކަތަކެކެވެ. ވިސްނައި ފިކުރުކޮށްފިނަމަ ވަރަށް ފައިދާކުރާނެ ވާހަކަތަކެކެވެ. ބޭނުމީ ކޮން ރަންވަޅެއްކަން ނޫނީ ދެވަޅު އެކުގައިކަން އިޚްތިޔާރުކުރުމުގެ ބާރު މިއަދު ތިބާއަށް އެބައޮތެވެ. ވަގުތު ފާއިތު ނުވަނީސް ފުންކޮށް ވިސްނައި އަމަލުކުރުން އަވަސްކުރާށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް