އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ގެއިން ނިކުތުމުގެ ކުރިން ކީރިތި ޤުރްއާންގެ އެންމެ އާޔަތެއް ނަމަވެސް ކިޔަވާ!

ގެއިން ނިކުތުމުގެ ކުރިން ކީރިތި ޤުރްއާންގެ އެންމެ އާޔަތެއް ނަމަވެސް ކިޔަވާ!


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 2 މިނެޓް, 23 ސިކުންތު

މައްޝޫރު ދީނީ ޢިލްމުވެރިޔާ މުފްތީ އިސްމާއިލް މެންކު، އޭނާގެ ދަރުހެއްގައި ވިދާޅުވެފައިވެއެވެ.

ކީރިތި ޤުރްއާން ކިޔެވުމަށް އާދޭސް ކުރާކަށް ތިމަންނާއަށް ނުޖެހެއެވެ. އެހެންނަމަވެސް މާތް ރަސްކަލާނގެ ރަސްކަންފުޅަށްޓަކައި ތިމަންނާ ތިޔަބައިމީހުން ގާތު މިބުނަނީ އެވެ.

ތިޔަބައިމީހުން ދުވަހުގެ އެކިއެކި މަސައްކަތްތައް ކުރުމަށްޓަކައި ވިޔަސް، ގެއިން ނިކުތުމުގެ ކުރިން މާތް ﷲ ގެ ކަލާމްފުޅު ކިޔެވުމަށް ހަނދުމަ ކުރާށެވެ. އެއީ ކީރިތި ޤުރްއާންގެ އެންމެ އާޔަތެއް ނަމަވެސް މެއެވެ. ގެއިން ނިކުތުމުގެ ކުރިން ކިޔަވާށެވެ.

ކީރިތި ޤުރްއާން ކިޔެވުމުން މާތް ﷲ އާއި އެކަލާނގެ އަޅާއާއި ދެމެދު އޮންނަ ގުޅުން ވަރުގަދަވެއެވެ. އަހަރުމެންގެ ތެރެއިން އެތައް ބަޔަކު މާތް ﷲ އާއި ދެމެދު ގުޅުމެއް ބެހެއްޓުމަށް ވެސް މަސައްކަތެއް ނުކުރެއެވެ. ސުބްޙާނަﷲ
އަހަރުމެންގެ ތެރެއިން ބައެއް މީހުންނަކީ އެކަލާނގެ ޙަޟްރަތަށް ދުޢާ އެއްވެސް ނުކުރާ މީހުންނެވެ. އަހަރުމެންގެ ތެރެއިން ބައެއް މީހުންނަށް، ޢީދު ދުވަހުވެސް ކުރަން އިނގޭ ހަމައެކަނި ކަމަކީ "ޢީދު މުބާރަކް" އޭ ބުނުމެވެ. ސުބްޙާނަﷲ

އަހަރުމެންނާއި އިސްލާމްދީނާއި ދެމެދު ހުރި ހަމައެކަނި ގުޅުމަކީ މިއީ ހެއްޔެވެ؟

ނަމަވެސް މުސްލިމު އަޚުންނާއި އުޚްތުންނޭވެ. މާތް ﷲ އާއި ދެމެދު ގުޅުން ދެމެހެއްޓޭ ކޮންމެ ދުވަހަކުމެ އެކަލާނގެ އެމީހަކު ފާހަގަ ކުރައްވަވައެވެ.

އެމީހަކު އެމީހެއްގެ ދުވަސް ފެށީ، މާތް ﷲ ގެ ކަލާމްފުޅުން، އެކަލާނގެ ބަސްފުޅުންކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އަދި މުޅި އެދުވަސް އެއްކޮށް އެމީހަކާއިއެކު މާތް ﷲ ވޮޑިގެންވާނެއެވެ. ސުބްޙާނަﷲ
ގެއިން ނިކުތުމުގެ ކުރިން ކީރިތި ޤުރްއާން ކިޔަވާފައި ނިކުންނަ މީހާ، އެމީހަކު ދާންވާ ތަނަކަށް ދިޔުމުގެ މަގުމަތީގައި އެކްސިޑެންޓެއްވެ އެމީހަކު މިދުނިޔެއާއި ވަކިވެގެން ދާން ޖެހުން ކަމުގައިވިޔަސް، ދާނީ ކޮންތާކަށްކަން ދެން ވިސްނާލާށެވެ.

މިފަދަ ހެޔޮ ނިމުމަކުން ވަކި ވެގެންދާ މީހުން މަތިން، އެހެން މީސްތަކުން ވެސް ހަނދުމަ ކުރާނެއެވެ. އެމީހުން ބުނާނެއެވެ. މިމީހަކީ މިފަދަ ހެޔޮ ޢަމަލުތައް ކުޅަ އުޅުނު މީހެކެވެ. އަދި އެމީހުންނަށް ތިޔަބައިމީހުންގެ ފަރާތުން ހިތްވަރު ލިބި، ތިޔަފަދަ މީހަކަށް ވެވޭތޯ މަސައްކަތް ވެސް ކުރާނެއެވެ. އެއީ ވެސް ހަމަ ތިމާއަށް ލިބޭނެ ސަވާބެއް ނޫން ހެއްޔެވެ؟

ނަމަވެސް ގެއިން ނިކުތުމުގެ ކުރިން ޤުރްއާން ކިޔަވާއިރު، ސިއްރިއްޔާތުގައި ކޮޓަރީގައި އިނދެގެން ނުކިޔަވާށެވެ. ތިމާގެ މައިންބަފައިންނާއި އަނބި ދަރީންނަށް ވެސް އިވޭ ގޮތަށް، ނުވަތަ ޤުރްއާން ކިޔަވާތަން ފެންނަ ގޮތަށް ކިޔަވާށެވެ. އެއީ އެއެންމެންނަށް ކަންދެއްކުމުގެ ގޮތުންނެއް ނޫނެވެ. އެއީ އެމީހުންނަށް ވެސް އެފަދަ ރަނގަޅު އާދަތައް އުނގަންނާ ދިނުމަށެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








މަރިޔަމް ވަހީދާ