އެންމެފަސް (current) ޚަބަރު ރިޕޯޓް ދީން ކުޅިވަރު ދުނިޔޭގެ ޙަބަރު ޙަޤީޤީ ޙާދިސާ މުނިފޫހިފިލުވުން ކުޑަކުދީން އިޢުލާން ސާރޗް

ސިޔާސީ ބޭނުމަށް ދީނުގެ މަފްހޫމްތައް އޮޅުވާލުން ހުއްޓާލާ- އަދާލަތު

ސިޔާސީ ބޭނުމަށް ދީނުގެ މަފްހޫމްތައް އޮޅުވާލުން ހުއްޓާލާ- އަދާލަތު


އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 0 މިނެޓް, 43 ސިކުންތު

ސިޔާސީ އެކިއެކި ބޭނުންތަކަށްޓަކައި އިސްލާމްދީނުގެ މަފްހޫމްތައް އޮޅުވާލުން ހުއްޓާލުމަށާއި އެފަދަ ވާހަކަތައް އާންމުންނަށް އޮޅުން އަރާފަދަ ގޮތްގޮތަށް ބަޔާންކޮށް ކަމުގެ ހަގީގަތް އޮޅުވާލުމަށްޓަކައި ކުރާ މަސައްކަތް ހުއްޓާލުމަށް އަދާލަތު ޕާޓީއިން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ އަމިއްލަ އެދުމަށާއި ސިޔާސީ މަންފާއަށްޓަކައި ހިންގަމުންދާ ބޮޑެތި ޖަރީމާތަކާ ދެކޮޅަށް ސުލްޙަވެރިކަމާއެކު ރައްޔިތުން ކުރަމުންގެންދާ އިހުތިޖާޖުތަކަށް ނިސްބަތްކޮށް ސަރުކާރާއި ސަރުކާރަށް ނިސްބަތްވާ ފަރާތްތަކުން އެއޯ "ބަޣާވާތްކުރުން" ކަމުގައި ބުނަމުންދާ ދިޔުމަކީ އެޕާޓީ އިން ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ.

ސިޔާސީ މަންފާއާއި އަމިއްލަ އެދުމަށްޓަކައި އިސްލާމްދީނުގެ މިފަދަ މުހިންމު މަފްހޫމްތައް އާންމުންނަށް އޮޅުންއަރާފަދަ ގޮތްގޮތަށް ބަޔާންކޮށް ކަމުގެ ޙަޤީޤަތް އޮޅުވާލުމަށްޓަކައި ކުރަމުންގެންދާ މަސައްކަތް ވަގުތުން ހުއްޓާލުމަށް ވެސް އަދާލަތު ޕާޓީއިން ވަނީ ގޮވާލާފައެވެ.

ޚަބަރާއިގުޅޭ އިތުރު ލިޔުންތައް


Advertisement

ކޮމެންޓް ކުރެއްވުމަށް








އަބްދުއްލަތީފް